Wednesday, 21 January 2009
ޕްރީސްކޫލްގެ ދެ ޓީޗަރުންނަށް އަސްފާނާއާއި، ޔުމްނާ ހަމަޖައްސައިފި.

ލަންދޫޔޫތު އެންކަރޭޖިން ސޮސައިޓީ (ލިޔެސް) ޖަމްޢިއްޔާގެ ފަރާތުން ލަންދޫގައި މިއަހަރުންފެށިގެން ޕްރީސްކޫލްގެ ޚިދުމަތް ދޭންފައްޓާއިރު ޕްރީސްކޫލްގައި ކިޔަވައިދޭނެ ޓީޗަރުންގެ ގޮތުގައި ލަންދޫ ދޫރެސް އައިޝަތު ޔުމްނާ އާއި ލަންދޫ ގަސްކަރަ އާމިނަތު އަސްފާނާ އެޖަމްޢިއްޔާގެ ފަރާތުން ހަމަޖައްސައިފިއެވެ.
ޕްރީސްކޫލްގެ ޓީޗަރުކަމަށް އިޢުލާނުކުރުމުން 10 ފަރާތަކުން ކުރިމަތިލެއްވިކަމަށާއި، މިދިހަފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖްރިބާއަށްބައްލަވާފައި މިދެކުދިން ނެންގެވީކަމުގައި ލިޔެސްގެ ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހީމް ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވިއެވެ. މޯޑު އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަދި މުސާރަހަމަޖެހިފައިވަނީ މިތަނުން އެކަކަށް ކަމަށާއި، އަނެއްޓީޗަރަށް ވެސް މުސާރަ ހަމަޖެއްސޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
މަހަކު -/2000 ރ. ގެ މަގުން މުސާރަލިބޭ ޕްރީސްކޫލްގެ ޓީޗަރުންނަށް މުސާރަދެއްވަނީ އީޑީސީ އިން ކަމަށާއި، މުސާރަދެއްވުމުގައި އީޑީސީއިން ގެންގުޅުއްވާ މިންގަޑުތަކުގެ ތެރޭގައި ކުދިންގެ ޢަދަދު ހިމެނޭކަމަށްވެސް ރައީސް މޯޑު ވިދާޅުވިއެވެ. ޕްރީސްކޫލްގެ އެންރޯލްމެންޓްގައި 50 ކުދިންނަށްވުރެ އިތުރުވުމުން ދެ ޓީޗަރުންނަށްވެސް މުސާރަދެއްވާނެކަމަށް އޭނާ ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އެހެންކަމުން މިހާރުވާނީ ޕްރީސްކޫލްގެ ރަޖްިސްްޓްރީގައި މިހާރު ތިބި ކުދިންގެ ފުރިހަމަ ޢަދަދު އީޑީސީއަށް ފޮނުއްވާފައި ކަމުގައިވެސް މޯޑު ވިދާޅުވިއެވެ.
ވަރަށްއަވަހަށް ފެށުމަށް ހަމަޖެހިފައިވާ ޕްރީސްކޫލްގެ ޚިދުމަތް ދޭންމިހާރު އެޖަމްޢިއްޔާއިން ނިންމާފައިވަނީ ލަންދު އަންހެނުންގެ ކޮމިޓީގެ އިދާރާ "ކަމަނާވެހި" ގައެވެ. ކުރިން އާމިރީ ޕްރީސްކޫލް ހިންގަމުން ގެންދިޔަ ޢިމާރާތުގައި މިއަހަރު ނުހިންގީ އެއިމާރާތުގައި އެކަށީގެންވާ ފާޚާނާއެއްނެތުމާއި ، ގިނަޢަދަދެއްގެ ބެލެނިވެރިން ގެ އެދުމުގެ މަތިން ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.
ކަމަނާވެހި ގައި ކުދިން ކުޅެލަން ނުކުމެލާނެ ހުސްބިންކޮޅެއް ނެތިގެން ޕްރީސްކޫލްގެ ޕްލޭގްރައުންޑު ހަދާފައިވަނީ ކަމަނާވެހި ގެ ކުރިމަތިން ހުންނަ ގެ ( ނާސިރާބަކުރުގެ ) ގޯތީތެރޭގައެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment