Tuesday, 20 January 2009
މިކަންހުއްޓޭނެބާ..........!؟
ލިޔުނީ: އިބްރާހީމް ފާއިޒު

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ސިއްޙަތަށް ހުރި ވަރަށްބޮޑު ނުރައްކަލެއްކަމަށް ލިޔެފައިވާލިޔުންތައް ސިނގިރޭޓްވިއްކާ ހުރިހާތަނެއްްގައިވެސް އަދި އެނޫންވެސް ބައެއްއެހެނިހެން ތަންތަނުގައި ބަހައްޓާފައި ހުރެއެވެ. އަދި އެވަރުން ނުފުދިގެން ސިގިރޭޓްފޮށިތަކުގެ ބޭރުގައިވެސް އެމޭރުމުންއޮންނަ ޢިބާރާތްތައް " ދުންފަތް ބޭނުންކުރާމީހުންނަށްލިބޭދަރިން އައިބުވުމުގެ ފުރުޞަތު ވަރަށްބޮޑު " " ދުންފަތުން ކެންސަރުޖެހުމަށް މަގުފަހިވޭ " ދުންފަތުން ލޭހޮޅިތައްބެދި ހިތްހުއްޓޭގޮތް މެދުވެރިވޭ " މިކަންމިހެން ހުރިއިރު، ސިނގިރޭޓްބޯ މަދުނުވަނީ ކީއްވެހެއްޔެވެ؟
ކުރީގައިލިޔެވުނު ޢިބާރާތްތަކުން ދޭހަވާގޮތުން ރާއްޖޭގައިވެސް މިވަނީ ދުންފަތާއި ދެކޮޅަށް ހަނގުރާމަފެށިފައެވެ. ސުވާލަކީ މިހަނގުރާމައިގެ ސަބަބުން ދުންފަތްބޭނުންކުރާމީހުންގެ ޢަދަދު މަދުވޭހެއްޔެވެ؟ ޖަވާބުގައި ބުނެލަން އޮތީ ހަމަޔަޤީނުންވެސް މަދުނުވާ ވާހަކައެވެ. ކުރިންދުންފަތްކައި ގުޑުގުޑާފަދަ ތަކެތި ބޭނުންކުރިމީހުންވެސް މިއަދުމިވަނީ ސިނގިރޭޓްބޯންފަށާފައެވެ.
ބައެއްމީހުންދެކޭގޮތުންނަމަ ސިނގިރޭޓްބޯމީހުން މަދުނުވަނީ ސިނގިރޭޓް އެތެރެކޮށްވިއްކުމާއި، ބުއިން ސަރުކާރުން މަނާނުކުރާތީއެވެ. އެބައިމީހުން ދެކޭގޮތުގައި އެއަށްދެވިހިފާފައި ތިބޭމީހުން ކޮންމެއަގެއް ދައްކައިގެން ވެސް ދުންފަތުގެ އިސްތިޢުމާލު ކުރާނެއެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެކެވެ. ނަމަވެސް މިތަކެތި ބޭނުންކުރުންވެސް މިވަނީ އާއްމު ކަމަކަށްހަދާފައެވެ. ދެންއޮތީ ސިނގިރޭޓެވެ. ސިނގިރޭޓަކީ ހުއްދަކޮށްފައިވާ އެއްޗެކެވެ. މަނާކޮށްފައިވާ އެއްޗެތީގެ ހާލު އެގޮތަށްހުރިއިރު ހުއްދަކޮށްފައިވާ ސިނގިރޭޓްގެ ހާލުހުންނާނެގޮތް ތިޔަބޭފުޅުން ވިސްނާލައްވާށެވެ.
ސިނގިރޭޓް ބޯމީހުންބުނަނީ ސިގިރޭޓްގަންނަނީ އެމީހުންގެ އަމިއްލަފައިސާއަށެވެ. އޭގެ އިސްތިޢުމާލުކުރަނީ އެކަހެރިވެ ހުރެއެވެ. އެކަމުން އެއްވެސް މިހަކަށް އުނދަގުލެއްތުރާލެއްނުފޯރާނެއެވެ. ގެއްލުމެއްވެސް ތުރާލެއްވެސް ވާނީ އެބައިމީހުންދެކޭގޮތުގައި ހަމަ އެބައިމީހުންނަށެވެ. ކަންމިހެން ހުރިއިރު ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓިދާނެބާއެވެ.
ދުންފަތުގެ ސަބަބުން އިންސާނުންނަށް ލިބެމުންދާ ގިނަގުނަ ގެއްލުންތައް ގެ ސަބަބުން ދުންފަތް މަނާކުރާނީތޯ ނުވަތަ ނޫންތޯ މިއީ މިއަދު އުފެދިފައިވާ ވަރަށްބޮޑު ސުވާލެކެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
1 ޚިޔާލު:
oh! my god....faix u knw all those thingz...dhn y r u smoking...1st stop smok n dhan write all those things itz more batter to u... i hope u will.....nywz itz really nice ingey...kyp it up...
Post a Comment