Tuesday, 20 January 2009
މަޖޫ ކައުންސިލަރ ކަމާއި ޙަވާލުވުމުން މަޖޫގެ މަޤްޞަދު ޙާސިލްވީބާ؟
ލިޔުނީ: ކުއްޅަވައްފުތު

ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) ރިޔާސީ ކެމްޕޭނުގައި ބުނަމުން ދިޔަ އަނެއްދިވެހިރާއްޖެއަށް ދެވުނުތާ 3 މަސްދުވަސްވެސް ނުވެގެން އުޅެނިކޮށް އަޅުގަނޑުމެންނަށް ލިބިގެންމިދިޔަ ޒުވާންކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤު ( މަޖޫ ) ރަށަށްދުރުވެ ރަށުގެ އެންމެ އިސްވެރިޔާގެ މަޤާމާއި ޙަވާލުވެލައްވާހިނދު އަޅުގަނޑުމެންގެ ފަރާތުން ނުހަނު އިޚްލާޞްތެރި ކަމާއި އެކު ވަރަށް ހޫނު މަރުޙަބާއަކާއި މުބާރަކް ބާދީއެއް ދަންނަވަމެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަޖޫއަކީ އެމްޑީޕީއަށް ވެންނެވީންސުރެވެސް ދެވަރެއް ނުވެ އެމްޑީޕީއަށް ޓަކައި ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި މިއަދުވެސް ކުރައްވަމުން ގެންދަވާ އެޕާޓީގެ އެކްޓިވިސްޓެކެވެ.
ސިޔާސީ ޢާއިލާއަކަށް އުފަން އާދެ! މުޅި ނ.ލަންދޫ އެމީހަކަށް ޓަކައި ފަޚުރުވެރިވާ ނ.ލަންދޫގެ ކަތީބު އަލްމަރުހޫމް ޢަބުދުއްރައްޒާޤު މޫސާގެ 2 ވަނަ ފިރިހެންދަރިފުޅު މަޖޫ މީގެކުރިންފާހަގަވެގެން ދިޔައީ ސީޔާސީ އެއްވެސް ކަމެއްގެ ބައިވެރިވެ ނުލައްވާ ބޭފުޅެއްގެ ގޮތުގައެވެ.
މިއަދު ލަންދޫގެ އެންެމެއިސްމަޤާމާއި ޙަވާލުވެލައްވާ ޢުމުރުން 34 އަހަރުގެ މަޖޫ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވެންނެވީ މިއަދު ލަންދޫބޮޑުކަތީބު ކަމުގައި ހުންނެވި މަޖޫއާއި ދެބެންގެ ދެދަރި އަލްފާޟިލް ޙަސަން ނަޞީރުގެ ވެރިކަމުގައި މަޖޫގެ އެއްބަނޑުއެއްބަފާ ދެބޭން ނަށާއި ކުށެއްނެތް ލަންދޫގެ އެތައްދަރިންތަކަކަށް ލިބެމުން ދިޔައަނިޔާތަކަކުން އެމީހުންސަލާމަތްކުރުމުގެ މަޤްޞަދުގައެވެ. މިއަދު މަޖޫއަށް މިވަނީ މިކަންތައް ކިތަންމެ ރަގަޅަކަށްވެސް ޙާޞިލްވެފައެވެ.
ރަށުގެ ކައުންސިލަރގެ މަޤާމާއި މަޖޫޙަވާލުވާއިރު މަޖޫއަށް އޮތް ގޮންޖެހުންތައް ވަރަށްގިނައެވެ. ބައިބައިވެފައިވާ ލަންދޫގެ ރައްޔިތުންގެ އެކަތިގަނޑކަށް ހަދާ މިއަދު ހުއްޓުންއަރާފައިވާ ލަންދޫގެ ތަރައްޤީގެ ދުވެލިބާރުކޮށް މަރުހޫމް ބައްޕާފަދަ ހިންގުންތެރި އެންެމެހައި ރައްޔިތުންނާއި ގުޅޭ އޯގާތެރި، ވަފާތެރި، ވެރިއެއްކަން ސާބިތުކޮށްދޭންޖެހުމެވެ.
އެންމެހައި ރައްޔިތުންނާއިމެދު ހަމަހަމަ އުޞޫލެއްގެންގުޅޭ ރައްޔިތުންގެ އަޑު އަހައިގެން މަޝްވަރާގެ އުޞޫލުން ކަންތައްތައް ކުރެވިއްޖެނަމަ މަރުހޫމް ބައްޕާއަށް ރަށުގެ ރައްޔިތުން ދިންޤަދަރާއި އިޙްތިރާމާއި ލޯބި މަޖޫއަށްވެސް ލިބުމަކީ ދުރުގައިވާ ކަމެއްނޫނެވެ.
މިއަދު ލަންދޫރައްޔިތުންބޭނުންވަނީ ރައްޔިތުންގެ އަޑުއަހާ ، ރައްޔިތުންދެކެލޯބިވާ ، ރައްޔިތުންނާއިއަޅާލާ، ރައްޔިތުންނަށް އޯގާތެރި ރައްޔިތުންނަށްވަފާތެރި ތެދުވެރި ހިންގުންތެރި ވެރިއެކެވެ. މިފަދަ އިސްވެރިއަކަށް މަޖޫވާނެކަމަށް އަޅުގަނޑު ވަރަށްބޮޑަށް އުންމީދުކަރަމެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment