ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 12 January 2009

ލަންދޫގައި ތިބީ 65 އަހަރުން މަތީގެ 36 މީހުންކަމުގައި ސަރވޭޓީމުން ބުނެފި


ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް، އެންމެ ގިނައިން ވިދާޅުވި އެއްވާހަކަފުޅަކީ ޢުމުރުން ދުވަސްވީ މީހުންނަށް އެލަވަންސެއް ދެއްވާނެވާހަކައެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅުން މިއަދަކު މާދަމާއަކު މިޤައުމުގައި ތިބި ޢުމުރުންދުވަސްވީ މީހުންނަށް އެވިދާޅުވި އެލަވަންސް ލިބެންފަށާނެއެވެ.
ލަންދޫގައި ތިބި މީހުންގެތެރެއިން އެލަވަންސް ލިބެންޖެހޭ މީހުންނަކީ ކޮބައިތޯ ބެލުމަށް ލަންދޫ އޮފީހުން ސަރވޭ ޓީމެއް އެކުލަވާ ލައްވާ މިއަދުވަނީ އެފަދަމީހުންގެ ލިސްޓެއް ނަންގަވާ ފައެވެ. ސަރވޭ ޓީމުގެ ލިސްޓްގައި ވާގޮތުން މިވަގުތު ލަންދޫގައި ތިބީ އެލަވަންސް ލިބެންޖެހޭ36
މީހުންނެވެ.
ސަރވޭޓީމުގެ ބޭފުޅެއް ކަމުގައިވާ ލަންދޫ ދޫރެސް އަލްފާޟިލް ޢަބުދުﷲ އަމްޖަދު ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވިގޮތުގައި މިމަސައްކަތުގައި ލަންދޫގެ ގޭގެއިން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވާފައިވެއެވެ. އަދި ވަކިންޚާއްޞަކޮށް ޢުމުރުން ދުވަސްވީ ބޭފުޅުން ގެ ފަރާތުން ލިބިފައިވާ އެއްބާރުލެއްވުމަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ. އަދި އިތުރަށް އަމްޖަދު ކިޔައިދެއްވިގޮތުގައި ޢުމުރުން ދުވަސްވީ ބޭފުޅުންގެ ތެރެއިން ޢުމުރުން 65 އަހަރާ ގާތްކުރާ މީހުން ޢުމުރު ހަމަނުވާތީ ވަރަށްބޮޑަށް ދެރަވެގެން އުޅުއްވިއެވެ. އަދި އެފަދަބައެއްބޭފުޅުން ގެ އައިޑީކާޑު ޞައްޙަނޫންކަމަށްވެސް އެފަދަ ބޭފުޅުން ތުހުމަތު ކުރައްވާ ކަމަށްވެސް އަމްޖަދު ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވިއެވެ.
ލަންދޫއިންފޯއިން އެދެނީ މި އެލަވަންސް ދާއިމީ ގޮތެއްގައި ޝަރުތުހަމަވާ އެންމެހައި ބޭފުޅުންނަށް ލިބިގެން ދިޔުމެވެ.

0 ޚިޔާލު: