Tuesday, 2 December 2008
ހުރިހާވަގުތެއްގައިވަދެ ނުކުމެވޭ ގޮތަށް ސަލްޓަންޕާކް ހުޅުވާލަނީ
ލިޔުނީ : އަޙްމަދު ދާއޫދު

ސަލްޓަންޕާކަށް ޢާއްމުކޮށް ހުރިހާވަގުތުތަކެއްގައިވެސް ޢާއްމުންނަށް ވަދެނުކުމެވޭގޮތަށާއި، އެތަނުގެ ބޭނުންކުރެވޭ ގޮތެއްހެއްދެވުމަށް ޓަކައި އެތާންގެ ވަށައިގެން ދަމާފައިވާ ކަށިނަރުތައް ނަންގަވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަރައްސްމިއްޔާތުގައި ، ކަށިނަރުތައް ކަނޑުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތްއެންޑްފެމިލީ ޑރ.އާމިނަތު ޖަމީލާއި، މިނިސްޓަރއޮފް ހައުސިން އެންޑްޓްރާންސްޕޯޓް އެންޑް އެންވަޔަރމެންޓް އަލްފާޟިލް މުޙައްމަދު އަސްލަމާއި، އެޓަރނީޖެނެރަލް އަލްއުސްތާޛާ ދިޔާނާ ސަޢީދުއެވެ.
މިރަސްމިއްޔާތަށް ފަހު ރާއްޖޭގެމީޑިޔާއަށްމަޢުލޫމާތު ދެއްވަމުން ހައުސިންމިނިސްޓަރ އަލްފާޟިލްމުޙައްމަދު އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ދެތިންދުވަހުގެ ތެރޭގައި ސަލްޓަންޕާކް ޢާއްމުކޮށް ހުރިހާވަގުތަކު ރައްޔިތުންނަށްވަދެވޭގޮތަށް ހުޅުއްވާލައްވާނެކަމަށެވެ. އަދި އެޕާކް ދިވެހިންނާއި ފަތުރުވެރިން ޝައުޤުވެރިވާނެގޮތަށް ބަދަލުކޮށް ޕާކްގެ މައިގޭޓްގެ އިތުރުން ސީއެޗްއެސްސީއާއި ދިމާލުންވެސް ޕާކަށް ވަދެނުކުމެވޭގޮތަށް ދޮރެއް ކަނޑުއްވާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ގުޅިގެން ޚާއްޞަގޮތެއްގައި ޕާކް ބެލެހެއްޓެވުމުގެ ކަންތައް ކުރިއަށް ގެންދަވާނެކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ރައްސްމިއްޔާތަށް ފަހު މީީޑިއާއަށް މަޢުލޫމާތުދެވަމުން ޑރ. އާމިނަތު ޖަމީލް ވިދާޅުވީ ސަލްޓަން ޕާކް މިގޮތަށްހުރިހާވަގުތަކު ހުޅުވާލެއްވުމުން މިފުރުޞަތުގެ ބޭނުން ޢާއްމުން ހެޔޮގޮތުގައި ހިފުމަށް އެކަމަނާ ބޭނުވެވަޑައިގަންނަވާކަމަށެވެ.
މީގެކުރިން ސަލްޓަންޕާކަށް ވަދެވޭގޮތަށް އޮންނަނީ ބަންދުދުވަސްތަކުގައި ކަނޑައެޅިފައިވާ ވަކިގަޑިތަކެއްގައެވެ. އަދި ޕާކު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގޮސްފައިނުވާތީ އެތަނުގެ ރީތިކަން މިއަދުމިވަނީ ވަރަށްބޮޑަށް ގެއްލިފައެވެ. ޢާއްމުންނާއި ފަތުރުވެރިންގެ ސަމާލުކަން ނުލިބިއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment