Tuesday, 30 December 2008
ފަޅުގެ ބައެއްމަސައްކަތް މުޅިން ނުނިމޭތީ، މަސައްކަތުގެ އާލާތް ރަށުން ނުގެންދެވޭނެކަމަށް ލަންދޫ ރައްޔިތުންގެ ތެރޭން ބަޔަކުބުނެފި

ލަފާފުރުމުގެ ދަތިކަން ފިލުވައިދިނުމުގެ މަޝްރޫޢުގެ ދަށުން ލަންދޫގައި ހަދަމުންގެންދާ ފަޅުގެ މަސައްކަތް މުޅިންނިމިއްޖެކަމަށްބުނެ މަސައްކަތާއި ޙަވާލުވެގެން އުޅޭ އެމްޓީސީސީގެ ބޭފުޅުން ރަށުން ފުރުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.
އެގޮތުން މަސައްކަތުގައި ބޭނުންކުރި 2 އެކްސްކަވޭޓަރާއި، 2 ލޯރިއާއި، އެހެނިހެން ސާމާނު މާދަމާ ރަށުން ބޭރުކުރުމުގެ ތައްޔާރީތައް މިހާރުވަނީކޮށްނިންމާފައެވެ.
އެމްޓީސީސީގެ ބޭފުޅުން ފުރަންއުޅޭކަމުގެ މަޢުލޫމާތު ރަށުއޮފީހަށް ލިބުމާއި ގުޅިގެން ފަޅުކޮމިޓީއާއި، ރކ.ކޮމިޓީގެ ބައްދަލުވުމެއް ފަޅުގެ ސަރަޙައްދުގައި މިއަދުވަނީބާއްވާ ފައެވެ. މިބައްދަލުވުމުގައި ބައިވެރިވެލެއްވި ގިނަބޭފުޅުން ހާމަކުރަމުން ގެންގޮސްފައިވަނީ ފަޅުގެމަސައްކަތް އަދި ނުނިމޭކަމަށާއި، ހުރިހާމަސައްކަތެއް މުޅިންނިމިގެންނޫނީ އެއްވެސް އެއްޗެއް ރަށުން ބޭރުނުކުރެވޭނެކަމަށެވެ.

މިކަމާއިގުޅިގެން މަސައްކަތާއި ޙަވާލުވެގެން އެމްޓީސީސީގެ ފަރާތުން ދުރެވެހުންނެވި އެންމެއިސްބޭފުޅާ މުއާޒު ވަނީ ނުނިމޭ މަސައްކަތްތަކަކީ ކޮބައިކަން އެބޭފުޅާއަށް ދެއްކުމަށް ފަޅުކޮމިޓީގެ ކިބައިން އެދިފައެވެ. މުއާޒުގެ އެދުމުގެ މަތިން ކުޑަބޮއްކުރައެއްގައި ކަނޑިމައްޗަށްނިކުމެ ކަނޑިންމައިގައި ހުރިފުންމިންވެސް ވަނީ މިއަދު ބަލާހަދާފައެވެ.
ލަންދޫރައްޔިތުންތިބީ ހުރިހާ މަސައްކަތެއް މުޅީންނުނިމެނީސް އެއްވެސް އެއްޗެއް ގެންދިޔަނުދިނުމަށް ނިންމާފައެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
3 ޚިޔާލު:
can you email me: mcbratz-girl@hotmail.co.uk, i have some question wanna ask you.thanks
Good Blog, I think I want to find me, I will tell my other friends, on all
Read your article, if I just would say: very good, it is somewhat insufficient, but I am
still tempted to say: really good!
Personalized http://www.jsfishnet.com
Post a Comment