ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 29 December 2008

ލަންދޫ ހުސްނުހީނާގެ ޙަސަން މުޙައްމަދު ( ޙަސަނުބެ ) ނިޔާވެއްޖެ

ނ.ލަންދޫ ހުސްނުހީނާގޭ ޙަސަން މުޙައްމަދު ( ޙަސަނުބެ ) މިއަދު ހަވީރު ގާތްތަޑަކަށް 4:00 ހާއިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ޙަސަނުބެ ނިޔާވީ ދުވަސްކޮޅެއްގައި ބަލިވެއުޅުމަށްފަހުއެވެ. ނިޔާވިއިރު ޙަސަނުބޭގެ 2 އަންހެންދަރިންނާއި، ފިރިހެންދަރިއަކާއި އަތްބަކު ދުނިޔޭގައި އެބަތިއްބެވެ.

ލަންދޫސިއްހީމަރުކަޒުގެ ޑޮކްޓަރ މާލިކު މުޙައްްމަދު އާއި ޙަސަނުބޭގެ މަރުގެ ސަބަބަކީ ކޮބައިތޯ ދަންނަވާލުމުން ޑޮކްޓަރ ވިދާޅުވީ ސިރިއަސް މައްސަލައެއް ނެތްކަމަށާއި، ހަމައެކަނި މުސްކުޅިވެ ޢުމުރުން ދުވަސްވުންނޫން އެހެންކަމެއް ޙަސަނުބޭގެ މަރުގެ ސަބަބެއްކަމުގައި ޑޮކްޓަރަށް ފާހަގަކުރެއްވިފައިނުވާކަމަށެވެ.
ޙަސަނުބޭގެ ޖަނާޒާގެ ކަންތައް ނިމުނީ ގާތްގަޑަކަށް އިރުއޮށްސުމާއި ގާތްވެފައިވަނިކޮށެވެ.
ޙަސަނުބެއަކީ ޙަޔާތުގެ ޒުވާންދުވަސްވަރުން ފެށިގެން ދާދި ފަހަކާޖެހެންދެންވެސް އަމިއްލަމަސައްކަތުން ދިރިއުޅުން ކުރިއަށްގެންދެވި ހީވާގިމުރާލި މީހެކެވެ.
މަހުގައި ލޮނުއަޅައިގެން މަސްހިއްކައިގެން ކުރެއްވި މަސައްކަތަކީ ހަސަނުބޭގެ އެންމެ ޚާއްޞަމަސައްކަތެވެ. މިނޫނަސް ފަނުން މުޅޯށިވިޔުމާއި، ފަންގިވިނުން ، ވެސް ދިރިއުޅުމަށް އާމްދަނީއެއްގެ ގޮތުން ޙަސަނުބެ ކުރެއްވިއެވެ.

2 ޚިޔާލު:

Anonymous said...

Very good!

Anonymous said...

I think I come to the right place, because for a long time do not see such a good thing the!