ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 29 December 2008

....އިސްލާމީ އާއަހަރަކަށް މަރު



ﷲ ތަޢާލާ އިސްލާމްދީނުގެ ދައުވަތާއިގެން ފޮނުއްވެވި އެންމެ ފަހުގެ ނަބިއްޔާ(ސއވ) ގެ ދައުވަތު އުއްމުލްގުރާ މައްކަތުލް މުކައްރަމާއިން ކުރިލައިގެންހެދި 13އަހަރު ހޭދަކުރުމަށްފަހު މަދީނަތުލް މުނައްވަރާގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނުފަހުން ސާދަ ޤަރުނާއި އެތައް އަހަރު ވޭތުވެދިޔައީއެވެ. ރަސޫލާ(ސއވ) ގެ ހަޔާތްޕުޅުގެ 10 އަހަރުފުލާއި ޚުލަފާއުއްރާޝިދޫންގެ ދުވަސްވަރުންފެށިގެންކުރިލައި ހެދެމުންއައި އިސްލާމީ ދައުލަތުގެ ގަސް ކުރިލަމުން ފުޅާވަމުންއައިސް ހިޖާޒުގެ ހޫނު ސަހަރާތައް ހުރަސްކޮށް ހިންދުސްތާނާއި އެފްރިކާއާއި އަދި ޔޫރަޕަށް ފެތުރިގެންދިޔައީ ކުޑަދުވަސްކޮޅެއްގެތެރޭގައެވެ.އިސްލާމީ ޚިލާފަތްތަކުގެ ރަންޒަމާނުގައި ހަޟާރާތާއި ތަމަށްދުނާއި ތަޙްޒީބްގެ އާކުރިބޯށިތަކަށް މުސްލިމުން ވާޞިލްވަމުންދިޔައިރު ދުނިޔޭގެ ސުޕަ-ޕަވަރގެ ގޮތުގައި އިނިޔާވެރީން ބިރުގަންނަވަމުންދިޔައީވެސް މުސްލިމުންނެވެ. އިރުމަތިން އަސޭކަރައާއި އިންޑޮނޭޝިޔާއާއިހަމައިން ހުޅަނގުން މަޣްރިބްއާއިހަމަޔަށް ދިޔައިރު ދެކުނުން އެފްއިކާގެ އެންމެ ދެކުނަށް އަދި އުތުރުން ޔޫރަޕްގެ ފިނި ފަރުބަދަތރަކާއި ހަމަޔަށް އިސްލާމީ ދައުލަތް ފުޅާވެގެން ހިނގައްޖެއެވެ.

ނަމަވެސް މުސްލިމުންގެ އެރަންޒަމާން މިއަދު ފެންނަނީ ހުވަފެނެއްގެ ގޮތުގައެވެ. އަންދުލުސްގެ ގެއްލުނު ސުވަރުގެތަކާއިއެކު އަސްލާމީ ދައުލަތްވެސް ހުވަފެނަކަށްވީއެވެ. ރަސޫލާ (ސއވ) ގެ ހަޔާތްޕުޅުގައި ބިންގާއެޅުއްވި އިސްލާމީ ދައުލަތް ސާދަ ޤަރުނަށްފަހު ތުރުކީގެ އަތާތުރުކުގެ އަތްދަށުވެ ފުޑުފުޑުވެ ދިޔައީއެވެ. މިއަދަކު އިސްލާމީ ޚިލާފައެއްނެތެވެ. މުސްލިމުުންގެ ހުރުމަތްތެރި ބިންތަކާއި އަމިއްލަ ބިންތައްވެސް އަޅުވެތިވެ ހިނގައްޖެއެވެ. އިސްލާމީ ވަންތަކަމާއި އިސްލާމީ ޘަގާފަތާއި އިސްލާމްދީންވެސް ބީވެހިނގައްޖެއެވެ. އެންމެބޮޑު އިސްލާމީ ގައުމުކަމުގައިވާ އިންޑޮނޭޝިޔާގައި 2004ވަނައަހަރުގެ ކްރިސްމަސްދުވަހު އެކަނިވެސް 2ލައްކައަށްވުރެގިނަ މުސްލިމުން ޢީސާޢީދީނަށް ވަނެވެ. އަދި 2020ވަނައަހަރު އައުމުގެ ކުރިން އެގައުމުގެ އިސްލާމީ ވަންތަކަންްނެތި ޢީސާޢީ ލޭބަލްކުރެވިފައިވާ ގައުމަކަށް ވާނެކަމަށް ޢީސާއީ މިޝަނަރީން އުންމީދުކުރެއެވެ. އަވައްޓެރި ބަަންގްލަދޭސް މިނިވަންވުމަށްފަހުގައި މިވީހާތަނަށް 5މިލިޔަނަށްވުރެގިން މުސްލިމުން ޢީސާޢީ ކުރެވިފައިވެއެވެ. އިސްލާމީ ތައުލީމުގެ އެއް މުންނާރުކަމުގައިވާ މިސްރަކީ އެންމެ ބާރަށް ޢީސާޢީ ދީން ފެތުރެމުންދާ އެއްގައުމެވެ. އިސްލާމީ ޚިލާފަތުގެ އެންމެފަހުގެ މައިމަރުކަޒު އަދި 400އަށްވުރެ ގިނަދުވަސްވަންދެން އުޘްމާނީ ޚިލާފަތުގެ މައިމަރުކަޒުގެ ގޮތުގައިއޮތް ތުރުކީގެ ވާހަކަ ނުދައްކަމާތޯއެވެ. އަނދިރިކަމުގެ ކޮޅެއްވެސްނެތެވެ. ހިޖްރީ އާއަހަރަކަށް ދުނިޔެ ލޯހުޅުވަމުންދާއިރު އަޅުގަނޑުމެން ކިޔަންވީ މަރުޙަބާތޯއެވެ. ނުވަތަ އިސްލާމީ އުންމަތުގެ ތައުޒިޔާތޯއެވެ.

6 ޚިޔާލު:

Anonymous said...

i think the archive you wirte is very good, but i think it will be better if you can say more..hehe,love your blog,,,

Anonymous said...

Although there are differences in content, but I still want you to establish Links, I do not know how you advice!

Anonymous said...

Good Blog, I think I want to find me, I will tell my other friends, on all

Anonymous said...

If you could give more detailed information on some, I think it is even more perfect, and I need to obtain more information!
Personalized Signature:金陵热线棋牌游戏中心,名城苏州游戏中心,云南信息港游戏,彭城视窗棋牌游戏中心,江苏互联星空棋牌游戏中心,广西休闲游戏中心,安徽棋牌游戏中心

Anonymous said...

It seems my language skills need to be strengthened, because I totally can not read your information, but I think this is a good BLOG
landing net

Anonymous said...

Although from different places, but this perception is consistent, which is relatively rare point!
Rope,Twine