ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Friday, 12 December 2008

މުބާރާތްހުޅުވައިދޭނީ "އެފްސީ އޮކާޗީ" އާއި "ވެލޯސިޓީ"

މޫސާ ހުސެއިން / މިހާސް




ލަންދޫގައި މިހާތަނަށް ބޭއްވޭ އެންމެފޯރިގަދަ މުބާރާތް ހުޅުވައިދިނުމުގެ ގޮތުންމިއަދު ބައްދަލުކުރާނީ އެފްސީ އޮކާޗީއާއި ވެލޯސިޓީއެވެ.
މީގެކުރިން ހޮލިޑޭ ކަޕްގައި ބާއްވަމުން އައި މިމުބާރާތް މިއަހަރު " ލިޔެސް ހޮލިޑޭކަޕް " ގެ ނަމަށް ބަދަލުކޮށް މިމުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް " ލިޔެސް " ޖަމްޢިއްޔާއިން ފަށާފައިވަނީ މިއަހަރުގެ މެދާކަތް ހާހިސާބުގައެވެ. އެހާހިސާބުން މިމުބާރާތަށް ޓީމްތައް ވަނީ ތައްޔާރުވާން ފަށާފައެވެ.


މިއަހަރުގެ އަލްޙާޢީދު އައުމުގެ އެތައްދުވަހެއްކުރިންވަނީ ފުޓްބޯޅައިގެ ޢީދެއްލަންދުއަށް އައިސްފައެވެ. ކުދިބޮޑު އަންހެންފިރިހެން އެންމެއްކަހަލަގޮތަކަށް ދައްކަމުން ދަނީ ލިޔެސް ހޮލިޑޭ ކަޕްގެ ވާހަކައެވެ.
މިއަދު މި މުބާރާތް ފެށިގެންދާއިރު މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ އިތުރަށް މުޅިލަންދޫވެސް މިވަނީ މިމުބާރާތަށް ތައްޔާރުވެފައެވެ. ރަށުގެ މަގުތަކުގައިވަނީ ޓީމްތަކުގެ މެސެޖްތައްލިޔެ ބެނާތައް ދެމިފައެވެ. ރަށުގެ ހުރިހާ ގެއަކަށްވަނީ ޓީމްތަކުގެ ދިދަތައްބެހި ޢަމަލީގޮތުން މުބާރާތުގެ ބައިވެރިއަކަށް ވުމަށް ދަޢުވަތު ދެވިފައެވެ.
މިއަދު މި މުބާރާތް ހުޅުވާމެޗްގައި އެފްސީ އޮކާޗީއާއި ވެލޯސިޓީ ބައްދަލުކުރާއިރު ވެލޯސިޓީ ވެފައިވަނީ މުބާރާތުގެ ފެވަރިޓަށެވެ. މި މުބާރާތުގައި ވާދަކުރާ ޓީމްތަކަށް ބަލާއިރު އެންމެވަރުގަދަ ސްކޮޑެއްއޮތް އެއްޓީމަކީވެސް ވެލޯސިޓީއެވެ. މިޓީމްގައި ތިބި ނަންމަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ކެނދިކޮޅަށް އުފަން ޞައްފަތު މުޙައްމަދު ( ޞޮއްޕޭ ) ، މިރަށަށް އުފަން އަޙްމަދު ރަޝީދު ( ލައިބް )، ޞޮލާޙް ، ޒަރީރު، ނިޔުގެ ކޮކީގެ ބޭބެ ކައްޓީ، ޒަންޑަ، އަރަމުން އަންނަ ޒުވާން ސުޖާދު، ހަލީމް، ޝިމާއު، ޢާރިފް ފާހަގަކޮށްލަން ޖެހެއެވެ. މިޓީމްގެ ގޯލްބެލެހެއްޓުމަށްޓަކައި މަގްލަސް ޓީމްގެ ގޯލްކީޕަރު ކުރިކުޅުންތެރިޔާ ފަރިތަކުރަމުން އަންނަތާ ދެތިން ހަފްތާވެސް ވެއްޖެއެވެ. މިޓީމްގެ ކޯޗްކަންކުރާނީ ރަށުގެ 1 ނަމްބަރު ޓީމްގެ ވެސް ކޯޗް ގާނާ އެވެ.
މިއަދު ވެލޯސިޓީއާއި ބައްދަލުކުރާ އެފްސީ އޮކާޗީއަކީ ތަޖްރިބާކާރު ކުޅުންތެރިން ތަކެއްގެ މައްޗަށް އެކުލެވިގެންވާ ޓީމެކެވެ. ނަމަވެސް މިވަގުތު ރަށުގައިހުރި އެންމެ މޮޅުކުޅުންތެރިޔާކަމަށް އެންމެވެސް ޤަބޫލުކުރާ ޔޫއްޓޭ ހުރީ މިޓީމުގައެވެ. މީގެއިތުރުން މިޓީމްގައިތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ޖަވާ، ކުޑައައްޔަ، ސައިންޓޭ، އަޙްމަދު ޝަރީފް، ޢަލީ ދާއޫދު ، އަދި ނޯތޭ އާއި މަޝްހޫރު ގޯލްކީޕަރ ވައްސޭ ފާހަގަކޮށްލެވެއެވެ.
މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ކްލަބް ޗެލެންޖާސް އާއި ޕަސަންޓް ސްޕޯޓްސް ކްލަބެވެ.

0 ޚިޔާލު: