ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 31 December 2008

ސ 2009 ވަނައަހަރުގެ ދިރާސީ އަހަރަށް ބޭނުންވާ ބިދޭސީޓީޗަރުން އަންނަން ފަށައިފި

ސ 2009 ވަނައަހަރު ލަންދޫސްކޫލްގެ ސާނަވީ ގްރޭޑްތަކަށް ކިޔަވައިދެއްވާ ބިދޭސީ ޓީޗަރުންގެ ތެރެއިން 8 ޓީޗަރުން އިއްޔެ ލަންދުއަށް އަތުވެއްޖެއެވެ. ލަންދޫސްކޫލުން މަޢުލޫމާތު ދެއްވިގޮތުގައި މިފަހަރު ލަންދޫސްކޫލް ގައި ބިދޭސީ އިތުރުޓީޗަރުން މަސައްކަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސަބަބަކީ މިއަންނައަހަރު މިސްކޫލްގެ ގްރޭޑް 8 ގެ ދަރިވަރުން ކިޔަވާނީ މިކްސް ސްޓްރީމެއް ކަމަށް ވާތީ ކަމަށް އެސްކޫލުން މަޢުލޫމާތު ދެއްވައެވެ.

މިކްސް ސްޓްރީމްގައި ކޮމާސް ސްޓްރީމްގެ ތެރެއަށް ސައިންސް ސްޓްްރީމް ގެ ބައެއްމާއްދާތައް ވައްދައިގެން މިއަންނައަހަރު ކުރިއަށް ގެންދާ ގޮތަށް މިހާރުވަނީ ފޮތްލިސްޓްގައި އެމާއްދާގެ ފޮތްތައް ވެސް ހިމަނާފައިކަމަށް އެސްކޫލުން މައުލޫމާތުދެއްވައެވެ.
އެސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި މިއަންނައަހަރު ލަންދޫގެ 2 ޓީޗަރަކުވެސް ސެކެންޑަރީ ކްލާސްތަކަށް ހިސާބު ކިޔަވައިދެއްވާ ގޮތަށް ވަނީހަމަޖެހިފައެވެ. މިދެޓީޗަރުންނަކީ މިއަހަރު ފެކްލްޓީއިން ހިންގެވި ސެކެންޑަރީ މެތްސް ޑިޕޮލަމާ ނިންމާފައިވާ ދެޓީޗަރުން ކަމުގައިވެސް މައުލޫމާތު ދެއްވައެވެ.
އެސްކޫލުން ހާމަކުރައްވާ ގޮތުގައި ލޯކަލް ޓީޗަރުން އިތުރުވުމަކީ ދަރިވަރުން ކިޔެވުމާއި ތަރުބިއްޔަތު ރަގަޅުވުމަށް އެޅޭ ވަރަށް ރަގަޅުހެޔޮފާލެކެވެ

3 ޚިޔާލު:

Anonymous said...

can u leave ur phone number to me???

Anonymous said...

After reading the information, I may have different views, but I do think this is good BLOG!

Anonymous said...

Good Blog, I think I want to find me, I will tell my other friends, on all
fishing net factory