Friday, 2 January 2009
މާބޮޑަށްވެސް ވިސްނަންވެއްޖެ

ލިޔުނީ: މޫސާ ޙުސެއިން / މިހާސް

މިއަދުއަޅުގަނޑުމެންގެ މިކުޑަކުޑަ ފަސްގަނޑަކީ އަތޮޅުގެ ނިސްބަތުން ބަލާއިރު އެންމެގިނަ އަދަދަކަށް ސައިކަލް ދުއްވަމުން ގެންދާއެއް ރަށެވެ. ބިމުގެގޮތުން ބަލާއިރު މާބޮޑު ރަށަކަށް ނުވިނަމަވެސް އާބާދީގެ ގޮތުން ސައިކަލް ދުއްވުމަށް ޝަޢުޤުވެރިވާ ރައްޔިތަކު ދިރިއުޅެމުންގެންދާ މިފަސްގަޑުގައި މިހާރުވެސް ގާތްގަޑަކަށް ވިއްސަކަށް ސައިކަލް އެބަހުއްޓެވެ. އަދި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާރުވެސްވަނީ ދެތިންސައިކަލްއަށް އޯޑަރުކުރެވިފައެވެ.
ވިސަނާލަންވީ ކަމަކީ ރަށަށް ސައިކަލް އިތުރުވަމުން ދިޔަވަރަކަށް ރައްޔިތުންވެސް މިކަމަށް ހޭލުންތެރިވާން ޖެހޭނެކަމެވެ. ކެޑިނޭޅި ކަމާބެހޭ ފަރާތްތަކުން ލައިސަންސްނެތި ސައިކަލް ނުދުއްވުމަށް އިލްތިމާސްކުރަމުން ދާއިރު މިކަމަށް ސަމާލްކަން ދޭންޖެހޭން ކަމެވެ.
ނަމަވެސް ހިތާމައަކީ މިއަދުވެސް ނިސްބަތުން ގިނަ ބަޔަކު ލައިސަންސްނެތި ސައިކަލް ދުއްވަމުން ގެންދާކަމެވެ. އަދި މިކަމުގެ ސަބަބުން މިއަދުމިވަނީ ތަފާތު އެކްސިޑެންޓްތައްވެސް ހިގަންފަށާފައެވެ.
މިހާތަނަށް ރަށުގައި ހިގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ ލައިސަންސް ނެތި ސައިކަލްދުއްވާ ފަރާތްތަކެއްގެ ސަބަބުން ހިގާފައިވާ ތަފާތު އެކްސިޑެންޓް ތަކެވެ. މިފަދަ އެކްސިޑެންޓް ތަކުގެ ސަބަބުން ބައެއްފަރާތްތަކަށް ވަނީ ނަފްސާނީ ގެއްލުމުގެ އިތުރަށް ޖިސްމާނީ ގޮތުންނާއި މާލީގޮތުން އެތައް ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރެއިން 1 ސައިކަލް މިހާރުވަނީ ނުދުއްވޭވަރަށްހަލާކުވެފައެވެ.
ރަށަށް ސައިކަލް އެތެރެ ކުރައްވާ އެންމެހާ ފަރާތްތަކުން ވިސަނަވަންވީ ލައިސަންސް ނެތްއެއްވެސް ފަރާތަކަށް އެފަރާތެއްގެ ސައިކަލް ދުއްވާލުމަށްވެސް ނުދިނުމަށެވެ. ރަށުގެ އެންމެހާ ރައްޔިތުންނަކީ މިކަމަށް ހޭލުންތެރި ރައްޔިތަކަށް ވުމަށެވެ.
ސައިކަލް ދުއްވުމަށް ޝަޢުޤުވެރި ވެލައްވާ އެންމެހާ ފަރާތްތަކުން ވިސްނަވަންވީ ސަރުކާރުގެ ފަރާތުން ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލެބުމަށެވެ. ލައިސަންސްނެތި ސައިކަލް ނުދުއްވުމަށެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
3 ޚިޔާލު:
i think the archive you wirte is very good, but i think it will be better if you can say more..hehe,love your blog,,,
If you could give more detailed information on some, I think it is even more perfect, and I need to obtain more information!
Personalized Signature:金陵热线棋牌游戏中心,名城苏州游戏中心,云南信息港游戏,彭城视窗棋牌游戏中心,江苏互联星空棋牌游戏中心,广西休闲游戏中心,安徽棋牌游戏中心
Although from different places, but this perception is consistent, which is relatively rare point!
Post a Comment