ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 27 November 2008

މަވެސް ކުރިމަތިލާނަން......! ސ

ލިޔުނީ : އަޙްމަދު ދާއޫދު

ނަސީބުދިމާކުރި ގޮތުން މިމަހުގެ 15 ން 22 އަށް އަޅުގަނޑު ހުންނަންޖެހުނީ މާލޭގައެވެ. ގާތްގަޑަކަށް އަހަރެއްހާ ދުވަހު މާލެނުގޮސް ރަށުގައި ހުރެފާ މާލެ ދިޔުމުގެ ފުރުޞަތު ލިބުމުން އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް އުފާ އިޙްސާސް ކުރީމެވެ. ކުޑަދުވަސް ކޮޅަކަށްނަމަވެސް މާހައުލު ބަދަލުކޮށްލުމުން މައިންޑަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބިދޭނެކަމުގެ އުންމީދުގައެވެ.
އަޅުގަނޑު މާލެ މި ދިޔައީކީ މުޅިން އަލަކަށްވެސް ނޫނެވެ. ޢުމުރުގެ ބޮޑުބައެއް ރަށުގައި ހޭދަވީ ކަމުގައިވިޔަސް ކުޑަދުވަސްކޮޅެއްގައިނަމަވެސް މާލޭގައިވެސް އުޅެވިފައިވާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް މިފަހަރު މާލޭގައި މިހޭދަކުރި 7 ދުވަހުގެ ތެރޭގައި އަޅުގަނޑަށް ދިމާވީ އަދި މިހާތަނަށް އަޅުގަނޑުގެ ޙަޔާތުގައި ދިމާވެފައި ނުވާ ކަހަލަ އާދަޔާ ޚިލާފު ކަމެކެވެ.

މަގުމަތިން ދިމާވާ ގިނަރައްޓެހިން ސަލާމް ކޮށްލުމަށްފަހު ފުރަތަމަވެސް އަޅުގަނޑާ މުޚާޠަބުކޮށް ބޭރުކޮށްލާ ބަހަކީ " މަވެސް ކުރިމަތިލާނަން......!" މިހެންނެވެ. އަދި އެޖުމުލަ މުޅިންނުނިންމާ، މިފަހަރު އެހީތެރިކަމެއް ދޭންވާނޭ ވެސް ބުނެލައެވެ.
އަޅުގަނޑު ހިތާހިތުން ސުވާލު ކޮށްލެވެއެވެ. މީނަވެސް ހަމަ މިކަމަށް ޝަރުތު ހަމަވޭ ހެއްޔެވެ. ދެން އަހާލެވެއެވެ. މަޖްލިސް އަށް ތަ؟ ޖަވާބު ގައި އެބޭފުޅުން ބުނުއްވަނީ ކީއްތަވާނީ މަށަށްވެސް ހަމަ ނިޒާމީ ނުކުތާ ނެގޭނެ ނޫންތަ؟ އަތް އުފުލާލީމާ ޗާންސް ދޭނެންނޫންތަ؟
މިހިރީ އަޅުގަނޑުމެންގެ ތެރޭގައި މިއަދު ހާލުހުރި ގޮތެވެ. ކޮންމެ މީހަކުވެސް އެއީ އެންމެ މޮޅުމީހާކަމަށް މިއޮންނަނީ ވިސްނިފިފައެވެ. ނުވަތަ ކޮންމެ މީހަކީވެސް ހަމަ ކޮންމެ ކަމަކަށްވެސް ލާއިޤު މީހެއްކަމަށް މިއޮންނަނީ ވިސްނިފައެވެ. ކިހާދެރަކަމެއްހެއްޔެވެ. ރައްޔިތުންގެ މަޖްލީހަށް ނުވަތަ އަތޮޅު ކައުންސިލަށް ނުވަތަ ރަށުކައުންސިލަށް ކުރިމަތިލާއިރު ތިމާއަކީ ސޮސައިޓީގައި ކިހާ މަޝްހޫރު ކަމެއް ލިބިފައިވާ މީހެއްކަމާމެދު އާއި ތިމާކުރިމަތިލާ ދާއިރާއިން ވޯޓްހޯދިދާނެކަމާއި ، ތިމާއަތުގައި އެފަދަ ތަނަވަސް ކަމެއް ހުރިތޯ ވިސްނާލުމަކީ ވަރަށްމުހިއްމު ކަމެއްކަމުގައި އަޅުގަނޑުދެކެމެވެ.
މިފަހަރު ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލުމުގައި ނ. އަތޮޅު 3 ދާއިރާއަކަށް ބަހާލައިފާ ވިޔަސް ލަންދޫ މިހިމެނޭ ސަރަޙައްދަށްވެސް ފުދޭވަރެއްގެ މަޝްހޫރު ، ކޮލިޓީ ބޭބޭފުޅުން ކުރިމަތިލައްވާނެކަންޔަޤީނެވެ. އަދި މީގެ ކުރީގައި އާދައިގެމީސްމީހުންނަށް ނުކުރެވޭ ނުވަތަ ކުރަން ޖެހިލުންވެފައި ހުރި ރައްޔިތުންގެ ޙައްޤުގައި ކޮންމެހެން ކުރަންޖެހިފައިހުރި ކަންތައްތަކުގައި ކޮޑުއަޅައި ފުރާނައަތްމައްޗަށް ލައިގެން ކޯޓްތަކުގައި ވަކާލާތު ކޮށްފައިވާ ވަރަށް ހިތްވަރުގަދަ ބޭބޭ ފުޅުންވެސް ކުރިމަތިލައްވާނެކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. އަދި މިނޫންވެސް ގިނަ ވޯޓް ތަކެއް މިސަރަޙައްދުން ކާމިޔާބު ކުރެވިދާނެ ބޭބޭފުޅުން ކުރިމަތިލައްވާނކަމީވެސް ޤަބޫލުކުރަންޖެހޭ ޙަޤީގަތެކެވެ. އެހެންކަމަށްވާއިރު ވޯޓިންކަރުދާސްކޮޅު ގައި ގިނަނަންތަކެއް ހިމެނުމުގެ ބޭނުމުގައި ކޮންމެހެން މަޖްލީހަށް ކުރިމަތިލުމަކީ އެންމެ ބުއްދިވެރިގޮތް ކަމުގައި ނުވުމަކީ ވަރަށް ގާތް ކަމެކެވެ.
އެހެންނަމަވެސް މީގެކުރިން މަޖްލިސްގެ މެމްބަރުކަން އަދާކޮށްފައިވާ ބޭފުޅުންގެ ކަންތައްތައް ހުރިގޮތަށް ބަލާފައި އާދައިގެބޭފުޅުން ކަމުގައިވިޔަސް ، އެކްޓިވް ބޭބޭފުޅުން މިފަހަރު ގެ މެމްބަރުނަށް ހޮވުމަށް ރައްޔިތުން ގެ ވިސްނުން ބަދަލުކުރުމަކީ ވަރަށްގާތްކަމެކެވެ.
ހަމަގައިމުވެސް މިފަހަރު ގެ ޢާއްމު އިންތިޚާބުގައި ވޯޓުދޭނެ ފަރާތެއް އަޅުގަނޑުމެން ކަނޑައަޅާނީ މާޒީގައި އެބޭފުޅެއްގެ ޙަރަކާތްތައް ހުރީ ކޮންގޮތަކަށްތޯ ބަލާ އަދި އެބޭފުޅަކީ މިފަދަ ކަމަކަށް ތަސައްރަފު ފުދޭ ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެވޭ ފަދަ ފެންވަރެއްގެ ބޭފުޅެއްތޯ ބަލާފައެވެ.

0 ޚިޔާލު: