Sunday, 23 November 2008
ލިޔެސްއަށް، އިތުރު ވޮލީބޯޅައާއި ނެޓެއް ލިބިއްޖެ
ލިޔުނީ ޚަފްޞީ ޢަބުދުﷲ / ލަންދޫ
ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އަށް އިތުރު ވޮލީބޯޅައާއި ނެޓެއް ލިބިއްޖެއެވެ. މާލޭ ފޯކަލް ޕޮއިންޓުން ކުރި މަސައްކަތުން މިފަހަރު ލިބުނީ ފަސް ވޮލީ ބޯޅައާއި ވޮލީ ނެޓެކެވެ. މިއީ ވޮލީ ބޯލް އެސޯސިއޭޝަނާ ވާހަކަދައްކައިގެން ކުރި މަސައްކަތުން ލިބުނު އެހީއެކެވެ. މިތަކެތި މިއަދު ވަނީ ޖަމްއިއްޔާއާ ހަވާލުކުރެވިފައެވެ. އެއްމަސްދުވަހުގެ ތެރޭގައި ލިޔެސް ޖަމްއިއްޔާއަށް ވަނީ އަށް ވޮލީ ބޯޅަ ލިބިފައެވެ. ވޮލީ އަކީ މިހާރު ފުޓްބޯޅައިގެ އިތުރުން ލަންދޫގައި ފޯރިގަދަވަމުން އަންނަ ކުޅިވަރެކެވެ
ކުޅިވަރުގެ ދާއިރާއިން، ލިޔެސް ޖަމްއިއްޔާގެ އަމާޒަކީ ރަށުގެ ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދީ، ކުރިމަގުގައި ތަފާތު ކުޅިވަރުތަކުގައި ޤައުމީ ފެންވަރެއްގައި ވާދަކުރުމެވެ

Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment