ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 16 November 2008

އެހެން ދިވެހިރާއްޖެއަކަށް މިސްރާބުޖަހާފައިވާއިރު

ލިޔުނީ : ނުހިނގާ ގަލަމުން



އަނެއްދިވެހިރާއްޖެޔަށް ދިޔުންކަމުގައިވިޔަސް، އާއުސްމިންތަކަށް ވާސިލްވުން ކަމުގައިވިޔަސް، ރައްޔިތުންގެ ދުވަހަކަށް އިރުއެރުންކަމުގައިވިޔަސް، އަދި ރައްޔަތުން އެދޭ ބަދަލެއް ގެނައުންކަމުގައިވިޔަސް ދިވެހިން މިދެކެނީ އެއްހުވަފެނެކެވެ. ސިޔާސީ ލީޑަރުން އެވިދާޅުވަނީ ހަމަ އެއް ފަރިއްސެކެވެ. ދިވެހިރާއްޖެ މިހާރު މިއޮތް ޙާލަތުން އެހެން ޙާލަތަކަށް ބަދަލުވުމުގެ ވާހަކައެވެ. ނަޝީދަކަސް މައުމޫނަކަސް ހަސަނަކަސް އަދި ގާސިމަކަސް ކުރައްވަމުން ގެންދެވި މަސައްކަތަކީ ހަމަ އެއްމަސައްކަތެކެވެ. ދިވެހިންގެ ހިތްތަކާއި ލެޔާއި ކުޅުއްވުމެވެ. ހަނަފަސް ސަހަރާއެއްގެ މެދުގައި މަގުގެއްލިފައިވާ ބަޔަކަށް ބަހާރުމޫސުމުގެ ހިތްފަސޭހަ ބަގީޗާއެއްގެ ހުވަފެން ދެއްކެވުމެވެ. ސާފުސީދާ މަގަކުން އެބައިމީހުންގެ މަންޒިލް ދެއްކެވުމެވެ. ކަނޑުގެ ގަދަފަދަ ރާޅުތަކުގެ މެދުގައި މިސްރާބު ގެއްލިފައިވަނިކޮށް އޮމާން އަމާން އައްސޭރިއެއްގެ މޭގަ ދެއްކުމެވެ. ހަގީގަތަކީ މުޅިން އެހެން އެއްޗަކަށްވެ، ވެވަޑައިގެންނެވި ވަޢުދުތަކާއި ދެއްކެވި ހުވަފެންތަކަކީ އަވާމެންދުރެއް ކަމުގައި ވެއްޖެނަމަ މިރާއްޖެ ރާއްޖެއަކަށް ނުއޮންނާނެއެވެ. ޒަމާންގަނޑަކުން މެނުވީ ނުއެރޭފަދަ ފުން އަނދަވަޅަކަށް މިގައުމު ވެއްޓޭނެއެވެ. މަރުކާ ބަދަލުވިކަމުގައި ވިޔަސްމެޔެވެ. ނަޝީދުވާ ހޮވިއްޖެއެވެ.

30 އަހަރުގެ ދިގުވެރިކަމަކާއި މީންޒަމާނަކުވެސް ދިވެހިން ވަކިފަރުދަކުދެކެ ލޯބިނުވާވަރަށް ވީލޯތްބާއި ކުރިއިތުބާރާއި ހިތި ކަމޭހިތުން ދޫކޮށްލައި ކުރީގެރައީސް މައުމޫން އަބަދުލްގައްޔޫމަށް ދިވެހި ރައްޔަތުން ފުރަގަސްދީފިއެވެ. ބޭރުދުނިޔެއައް ދިވެހިރާއްޖެ ތަޢާރަފްކުރެއްވުމާއި، ބައިނަލްއަގްވާމީ މަސްރަޙްގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުންއަންނަ ގައުމުތަކުގެބަޔަށް ދިވެހިރާއްޖެ އުފުލިގެންދިޔުމާއި، އަހަރެއްގެމައްޗަށް ބޮލަކަށްޖެހޭ ޢާމްދަނީ 3000 ޑޮލަރަށްވުރެ މައްޗައްދިޔުމާއި، މަތީތަޢްލީމްގެ ފުރުޞަދު ދިވެހި ޒުވާނުންނަށް ތަނަވަސްވެގެންދިޔުމާއި، ދިވެހިރާއްޖޭގެ ލިޔަންކިޔަން ނުދަންނަ މީހުންގެ ނިސްބަތް %5 އަށްވުރެ ދަށްވުމާއި މިފަދަ އެތައް އެތައް ކަންތައްތަކަކާއިއެކު ދިވެހިރާއްޖޭ ތަރައްގީގެ އެންމެ އުސް ކުރިބޯއްޓައްއަރާ އާއުސްމިންތަކަކަށް އުދުއްސައިގަންނަން ތައްޔާރުވެފައިވަނިކޮށް މިދީބުގެ އަހުލުވެރިން އެމަނިކުފާނު ދޫކޮށްލީ ކީތްވެގެންބާވައެވެ؟
އެމަނިކުފާނު މިގައުމަށް ކިތައްމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވީކަމުގައިވިޔަށް ހަމަޔާއި އިންސާފަށް ލޯބިކުރާ ހަމަ ކޮންމެދަރިޔަކުވެސް ގަބޫލްކުރަންޖެހޭ ހަގީގަތަކީ ކޮންމެވެސް ސަބަބުތަކަކާއިހުރެ ދިވެހިން އެމަނިކުފާނަށް ކުރި އިތުބާރު ދޫކަށްލައިފިކަމެވެ. ދެން ބޭނުމެއްނެތޭ ބުނެފިކަމެވެ. ކަމުގެ ސަބަބުތައްވެސް ވަރަށްވެސް ސާފެވެ. އެމަނިކުފާނުގެ ސަރުކާރާއި އަދި ސިޔާސަތު ބޮއްސުންލީއެވެ. ބޭރުދުނިޔެއަށް މިރާއްޖެ ތަޢާރަފްވީއިރު މިވަތަނެއް ވަތަނަކަށްނެތެވެ. އަންޒަމާނުންސުރެ ސުލްޙަވެރި އަމާން އޮމާން މިނިވަން ސާފު ސީދާ ދީބެއްގެ ގޮތުގައިއޮތް މިރާއްޖެ ހުރިހާ މުސީބާތެއްގެ ހާއްޔަކަށްވެއްޖެއެވެ. މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމާއި ވައްކަންކުރުމާއި ޒިނޭކުރުމާއި ލިވާތްކުރުމާއި މަގެފޭރުމާއި މީހުންމެރުމާއި ދުނިޔޭގައިލެއްވި ހުރިހާ ނުބައިކަމެއްގެ މައިމަރުކަޒަކަށް މިތަން ވެއްޖެއެވެ. ރެޔެއް ދުވާލެއްނެތި ހިންގަމުންދާ އުދުވާންތަކުގެ ސަބަބުން މިގައުމުގެ ރައްޔަތުން ހަމަނިދި ނުނިދައި ތިބެންޖެހިއްޖެއެވެ. އަމްނު އަމާން ބަލަހައްޓާނެ ފަރާތެއްނެތެވެ. ކުއްވެރިންނަކަށް ޖަލެއް ކޯޓެއް ހުކުމެއް ނެތެވެ. ކުށެއް ނުކުރާމީހުންނަކަށް އަމާނެއްނެތެވެ. ސަރުކާރުގެ ބާރުނުހިގާ ދާރުފޫރާއި ގަބީލާތަކުގެ ބާރުހިންގާ ވަޒީރިސްތާނާއި، އަދި ތަމަޅައިން ކޮންޓްރޯލްކުރާ ވަންނި ސަރަހައްދުގެ ރޭގަނޑު މެންދަމުގެ އަމާންކަމަށްވުރެ މިދީބުގެ ވެރިކަންކުރާ ދިގުމިނުގައި ދެމޭލުހަމަނުވާ ފުރަމާލޭގެ ދުވާލު މެންދުރުގެ ނާމާންކަން ބޮޑުވެއްޖެއެވެ. ކުއްކުރުން ހުއްޓުވޭނީ ކުއްކުރާމީހުން އެކަން ހުއްޓާލުމުންކަމަށްބުނެ ނިންމާލައިގެން ވާކަށްނެތެވެ. "އަމާން މާލެއެއް"ގައި ދުނިޔޭގައި ހެއްދެވިހާ ހުރިހާކުށެއް އޭގެ ހައްދުފަހަނައަޅައި ގޮސްފައިވަނިކޮށް ހަމަ އެއްވެސް ސަބަބަކާނުލައި ކުއްކުރުން ހުއްޓާލަފާނެކަމަށާއި، ކުއްވެރިންނަކީ މިނިވަންކަމާއިއެކު ބޭނުންވަގެތަކު ބޭނުންކަމެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރުގައިތިބި އަދި ބޭނުންދުވަހަކުން މާލަމަށްއަރާ ކުއްކުރުން ހުއްޓާލައިފިކަމަށް އިޢްލާންކޮށް ބޭނުންވުމުން ކުއްކުރަން އަލުން ފަށާހިސާބުގައިތިބި ބަޔަކުކަމުގައިވާނަމަ މިނިވަން ދައުލަތެކޭ މުސްތަގިއްލު ސަރުކާރެކޭކިޔައިގެން މިތަނުގައި ގާއިމުކުރެވިފައިމިވަނީ ހިނިއަންނަޒާތުގެ ސަމާސާއެކޭ ބައެއްފަހަރު ހީވެއެވެ.
އަޑަށް ބާރުލައިފައި ބައެއް ފަރާތްތަކުން ކުއްކުރުން ގިނަވެ ކުއްވެރިންގެ ހައްގުތަކޭކިޔައިގެން ކުއްވެރިން ހިމާޔަތްކުރެވެންފެށީ ޕާޓީ ސިސްޓަމް އައުމުގެ ސަބަބުންނޭ ވިދާޅުވާއިރު ވިސްނާލުންހުއްޓެވެ. ޒިޔާ އައްބާސް ނުކިޔަސް "ބޭފުޅުން"ނާއި "ބޭފުޅުންގެ ދަރިން" ކުއްކުރެއްވުމުން ހިމާޔަތްކުރެވިފައިވަނީ ޕާޓީ ސިސްޓަމް އައުމުގެވެސް މާކުރިންނެވެ. އަދި އެއްވެސް ހައްގަކާއިނުލައި އެތައްބަޔަކަށް ނުހައްގުން ބޮޑަތިބޮޑަތި އަނިޔާދީފައިވަނީވެސް މާކުރިންފެށިގެންނެވެ. ކުށެއް ކޮއްފިމީހަކަށް ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކަށް އިންސާނިއްޔަތާއި ޚިލާފަށް ހިތައެރި އަނިޔާއެއްދިނުން އެއީ ދިވެހިރާއްޖޭގައި މިހާތަނަށް ގާއިމުކުރެވުނު އެއްވެސް ގާނޫންއަސާސީއަކުން ހުއްދަކުރާ ކަމެއްނޫނެވެ. ހަމަމިފަދައިން ކުރީގެ ސަރުކާރުގެ ބައެއް އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ ކުއްވެރިންތަކެއް ހައްޔަރުނުކުރެވުމާއި، އެއްދޮރުންވައްދާ އަނެއްދޮރުން ނެރެ ދޫކޮށްލުމާއި ކޯޓައް ހާޟިރުކުރެވޭނެ ގޮތެއްނެތުމާއި މިކަންކަމުގެ ތުހުމަތު ގާނޫންއަސާސީގެ ބޮލުގައި އަޅުވަމުންދާއިރު ކުއްކުރާމީހުން ހައްޔަރުކުރުމާއި ކޯޓައްގެންދިޔުމަށް ފުށޫއަރާ އެއްވެސްމާއްދާއެއް އިސްލާޙްކުރެވުނު ގާނޫންއަސާސީއަކުވެސް ހިމެނިފައެއް ނުވެއެވެ. ޝަރުއީ ކޯޓްތައް މުސްތަގިއްލުކުރެވިފައި ވީނަމަވެސް ބަންޑާރަ ނައިބަށް ފެނިލައްވައިފިނަމަ ކިތައްމެ ބޮޑު ޖަރީމާއެއް ހިންގާފައިތިބި ބަޔަކުކަމުގައިވިޔަސް ފަންސަވީސް މާލަމަށް އަރުވާ ވަގުތީ ސުލްޙަ އިއުލާންކޮށް ވީއްލާ ދައުލަތުން އުފުލަންޖެހޭ ދައުވާ އަނބުރާ ގެންނަކަމުގައިވާނަމަ ކިތަންމެ މޮޅު ގާނޫންއަސާސީއެއް ހެދިކަމުގައިވިޔަސް ކިތަންމެ ހެޔޮ ސަރުކާރެއް ވެރިކަމަށް ގެނައިކަމުގައިވިޔަސް އޭގެ މަންފާއެއް ނުކުރާނެއެވެ. (ނުނިމޭ

0 ޚިޔާލު: