ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 6 October 2008

ރަށުގެ މޫނުމަތީގައި ޖަހާފައިހުރި ބިހި



Email: moosa.goma@yahoo.com
ލިޔުނީ : މޫސާ ހުސެއިން ( މިހާސް )




ވޭތުވެމިދިޔަ ދެތިންހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރަށަށް ޒިޔާރަތްކުރާ ކޮންމެމީހަކަށްވެސް ފެނިގެންދާނީ ރަށުގެ މޫނުމަތިން ނެރާ ދިމާ ގޮނޑުދޮށަށްއެހިލާފައިވާ ހަލާކުވެވީރާނާވަމުންދާ މަސްދޯންޏެކެވެ.

އަޅުގަނޑަށް މަޢުލޫމާތުލިބިފައިވާ ގޮތުގައި މިއީ ޅ.ނައިފަރަށް އުފަން މިއަތޮޅުމާފަރުގައި ދިރިއުޅުއްވި އަލްމަރުޙޫމް ޢަބުދުލްބާރީ ( ބާރީބެ ) ގެއަތުން ލަންދޫނިޝާން ޔޫސުފް އާދަމް ގަނެގެން ގެނެސްފައިވާ ދޯންޏެކެވެ. ޔޫސުފު އާދަމް ގަނެގެން ގެންގުޅެނިކޮށް މީނާއަށް މިދޯނިނުދުއްވިގެން ދެން މިދޯންޏާ ޙަވާލުވީ ލަންދޫ ރަންކޮކާގޭ ޖަމާލު އައްޔޫބެވެ.

ޖަމާލު މިދޯނި ދުއްވަމުން ދަނިކޮށް ޔޫސުފު އާދަމާއި ދޯނި ވިއްކިފަރާތާއި ޖެހުނުމައްސަލައަކާއި ގުޅިގެން މިދޯނިދުއްވުން ވަގުތީގޮތުން މަނާކުރުމާއި ގުޅިގެން މީގެ ދެތިންހަތަރު އަހަރުކުރިން ރަށުގެ މޫނުމައްޗަށް އެހެލިގޮތަށް އިއްޔެއާއި ހިސާބަށް މިދޯނިހުރީ ރަށުގެ މޫނުމަތީގައި ޖަހާފައިހުރި ވަރުގަދަ ބިއްސެއްގެ ގޮތުގައެވެ.

އިތުރަށްވިދާޅުވުމަށްްް

0 ޚިޔާލު: