Monday, 6 October 2008
މިފަހަރު ވޯޓްނެގުމުގައި ލަންދޫގައި ޙަރަކާތްތެރިވަނީ ކޮންބައެއްބާ؟
ރިޔާސީ އިންތިޚާބުގެ ވޯޓްނެގުމަށް 2 ދުވަހަށް ވެފައިވާއިރު މިފަހަރުގެ ވޯޓުނެގުމުގެ މަސައްކަތާއި ވޯޓުގުނުމުގެ މަސައްކަތުގަައި ލަންދޫގައި ޙަރަކާތްތެރިވަނީ ކޮންބައެއްކަން ވަރަށްގިނަބޭފުޅުންން އޮޅުންފިލުވަންބޭނުންވާނެކަން ޔަޤީނެވެ. ދާދިފަހުން ބޭއްވި ނިޒާމީ ވޯޓުނެގުމުގެ މަސައްކަތުގައިވެސް އުޅުއްވި ބޭފުޅުން މިފަހަރުގެ ކޮމިޓީގައިވެސް ހިމެނޭނެބާއޭ ވަރަށް ގިނަބޭފުޅުންގެ ހިތުގައި ސުވާލުއުފެދުމަކީ މިދުވަސްވަރު އެކަށީގެންވާ ކަމެއްކަމަށް އަޅުގަނޑުދެކެމެވެ.
މިފަހަރު ގެ ވޯޓިންގ ކޮމިޓީގައި ހިމެނެނީ ކޮންބޭފުޅުންނެތްތޯ ސާފުކޮށްލުމަށް އަޅުގަނޑު ބޭނުންވެގެން ރަށުގެ ކަމުވޮށިވެގެންވާ ބޭފުޅަކު ކައިރީ ސުވާލެއް ދަންނަވާލީމެވެ. ދިމާވީ ވަރަށް ވެސް ރަގަޅަށެވެ. އަޅުގަނޑަށް ސުވާލު މިކުރެވުނީ ހަމަކުރަންވީ ފަރާތާކަން އެގުނީ އެބޭފުޅާ ދެއްވިޖަވާބުންނެވެ. އެބޭފުޅާ ވިދާޅުވީ މިފަހަރުގެ ވޯޓުނެގުމާއި ވޯޓުގުނުމުގައި އެންމެއިސްކޮށް ޙަރަކާތްތެރިވެލައްވާ އެއްބޭފުޅަކީ އެބޭފުޅާކަމުގައެވެ. އަދި އޭގެ އިތުރުން ލަންދޫގައި ވޯޓުނެގުމުގެ ޙަރަކާތްތަކުގައި އުޅުއްވާނެ ފަރާތްތައްވެސް އެބޭފުޅާ ވިދާޅުވެދެއްވިއެވެ. އެބޭފުޅާ ވިދާޅުވިދެއްވި ގޮތަށް އެއްވެސް ބަދަލެއްނުގެނެސް ތިރީގައި ލިޔެލެވޭތޯ އަޅުގަނޑު ބަލާނަމެވެ . ހަމައެކަނި ކިޔުންތެރިންނާއި މިފަދަމަޢުލޫމާތު ތައް ހޯދަން ބޭނުންފުޅުވާނެ އެންމެހައި ބޭފުޅުންނަށް ޓަކައެވެ.
2 ޚިޔާލު:
u coppy from (http://artupton.com/newtom/newsflashes/images/voting_booth.gif) dho
Post a Comment