ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Saturday, 11 October 2008

އެންމެބޮޑު ތާޢީދެއް އަންނި އަށް

ް

ލިއުނީ : ގޮމަ

ަ


ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަފަހަރަށް މަލްޓިޕާޓީ އިންތިޚާބުގެ ވޯޓުލުމުގައި މިރަށުގެ ގިނަބަޔަކު ތާޢީދުކޮށްފައިވަނީ ކުރިއަށްއޮތް 5 އަހަރުދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަޤާމްގައި ގ.ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދު ( އަންނި ) ހުންނަން ފެންނަކަމަށެވެ. މިކަމަށް ވޯޓްދެއްވާފައިވަނީ ވޯޓްލީމީހުން ގެ ތެރެއިން 155 ބޭފުޅުންނެވެ.

މިއިންތިޚާބުގައި އަންނިއާއި އެންމެގާތުން ވާދަކުރެއްވީ މިއިންތިޚާބަށް ޓަކައި ކެމްޕެއިންގެ ގޮތުގައި މިރަށަށް އެންމެބޮޑުޚަރަދެއްކުރެވި ޑީއާރުޕީގެ ކެންޑިޑޭޓް މައުމޫން އަބުދުލްޤައްޔޫމެވެ. މިބޭފުޅުންވަނީ އިންތިޙާބަށް ކެމްޕެއިންކުރެއްވުމުގައި ފޮތިގަނޑުތައް ދެމުމަށާއި ފޮޓޯހިއްޕުމަށް ހަރަކާތްތެރިވެލެއްވި ކޮންމެމީހަކަށް ދުވާލަކަށް 100ރުފިޔާ ދީފައެވެ. ނަމަވެސް މިރަށުން މިބޭފުޅާއަށްލިބިލެއްވީ 97 ވޯޓެވެ.

މިއިންތިހާބުގައި މިރަށުން އެންމެ ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދީ ކެންޑިޑޭޓް ނަންބާރ 3 ޑރ. ޙަސަން ސަޢީދަށެވެ. މާކަބޮޑު ކެމްޕެއިނެތްނެތި ޑރ. ޙަސަން ސަޢީދު މިރަށުން ވަނީ %60 ވޯޓް ހޯއްދަވާފައެވެ. މުއްސަދި މަހްޖަނު ޤާސިމް އިބްރާހީމަށް މިރަށުން 22 ވޯޓުލިބުނުއިރު ދެން މިއިންތިޚާބުގައި ވާދަކުރެއްވި ޢިބްރާއަށާއި ޢުމަރަށް މިރަށުންލިބިލައްވާ ފައިވަނީ 3 ވޯޓެވެ.

އިތުރަށްވިދާޅުވުމަށްްް

0 ޚިޔާލު: