ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 6 October 2008

ނަމޫނާ ޒުވާނާ

Email: moosa.goma@yahoo.com
ލިޔުނީ : މޫސާ ހުސެއިން ( މިހާސް )



ސާދާމިޒާޖެއްގެ ވެރި އިބްރާހިމް ދާއޫދު އެންމެން ދަންނަ ނަމުންނަމަ ޑޭވިޑްއަކީ ރަށުގެ އެންމެހައިރައްޔިތުންނާއި އަދި ޚާއްޞަކޮށް ޒުވާނުންނާއި ގުޅޭ ހުރިހާ ގޮތަކުން ނަމޫނާ ޒުވާނެކެވެ.

ޑޭވިޑްފާހަގަކުރެވިފައިވަނީ ރަށްދެކެލޯބިވާ ރަށަށް ރީތިނަމާއި ޝަރަފު ހޯދައިދެއްވުމުގައި ވަރަށްބުރަ މަސައްކަތް ތަކެއްކުރައްވަމުން ގެންދަވާ ފަރާތެއްގެގޮތުގައާއި ތަންތަން ފަރުމާކޮށް ޑިޒައިންކުރުމަށާއި ، ތަފާތު މުނާސަބަތު ތަކާއި ގުޅޭގޮތުން ތަންތަން ޑެކަރޭޓް ކުރުމާއި ތަފާތު ޕާޓީތަކަށާއި ޙަފްލާތަކަށް ކެއްކުމުގައި އަރާހުރި ޒުވާނެއްގެ ގޮތުގައެވެ.

މިފަހަކަށްއައިސް ލަންދޫގައި ޢިމާރާތްކުރެވިފައިހުރި ގިނަ ގެތަކަކީ ޑޭވިޑްގެ ފަރުމާކުރުންތަކެވެ. އަދި މީގެއިތުރުން ރަށުގައި މިފަހަކަށްއައިސް ހެދޭ ގިނަގެތަކުގައިލެވޭ ކުލަ ލުމަށާއި ކުރެވޭސީލިންގެ ތަކަށް އިންޤިލާބެއް ގެނެސްދިނީ ޑޭވިޑްގެ އުފެއްދުންތެރި ސިކުޑިއެވެ.

ޑޭވިޑްގެ ކިބައިގާއުފެއްދުންތެރި ޚިޔާލުތަކެއްހުރިކަން އެންމެފަހުން އަޅުގަނޑުމެންނަށް އެގިގެންދިޔައީ މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރަށުގައި ކުޅެވުނު ރަޙްމަތްތެރިކަމުގެ ފުޓްބޯޅަމެޗަށް އޭނާތައްޔާރުކުރެއްވި ފުރިހަމަ ޓްރޮފީ އިންނެވެ. މައިގަނޑު އެއްޗަކަށް ހަމައެކަނި ލަކުޑިބޭނުންކޮށްގެން ޑޭވިޑް ތައްޔާރުކުރެއްވި މިޓްރޮފީއަކީ ލަންދޫގައި މިހާތަނަށް ތައްޔާރުކުރެވުނު މިފަދަހަމައެކަނި ޓްރޮފީވެސް މެއެވެ.

އިތުރަށްވިދާޅުވުމަށް

0 ޚިޔާލު: