ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Saturday, 27 September 2008

التوبةالنصوح

(މިއީ ދީނުގެމަގު 5 އެޕްރީލް 1995 ގައި އައްޝެއިޚް ޢުޘްމާން ޢަބުދުﷲ ލިޔުއްވާފައިވާ ލިޔުމެކެވެ. )

ރަމަޟާންމަހަކީ ތިމާގެ ޢަމަލުތައްސީދާކޮށް ތަޢުބާ ވުމަށް ލިބޭއަގުހުރި ދުވަސްތަކެކެވެ.ތިމާއަށް އެޅިފައިވާކަތިފިޔަވަޅުތައް ހަދާންކޮށް ތައުބާވެ ހިދާޔަތުގެމަގަށް ރުޖޫޢުވުމަށްލިބޭ ރަނގަޅު ފުރުޞަތެކެވެ. ބުއްދިވެރިންނަކީ، މިފަދަ ދުވަސްތައް ހެޔޮގޮތުގައި ބޭނުންހިފާ މީހުންނެވެ. އާޚިރަތުގައި ތިމާއަށް ފައިދާހުރި ޢަމަލުތައް ދަނެ އިސްކުރާ މީހުންނެވެ.

ތަޢުބާގެ މާނައަކީ، ފާފައިން ހިދާޔަތުގެ މަގަށް އެނބުރި ރުޖޫޢުވުމެވެ. ޝައްކެއްނެތެވެ. އެރުޖޫޢުވުން ވާނީތިމާގެ އުރެދުން ތައް ހަނދާންކޮށް ހިތާމަ ކުރުމާއި އެކު އެފަދަ އުރެދުމަކަަށް އެނބުރިނުދިއުމަށްޢަޒުމުކޮށް ކަށަވަރު ކުރުމާއިއެކުގައިއެވެ. އިންސާނުންނަކީ ކުށްކުރެވޭނެ ބައެކެވެ. އެއުރެންގެ ޠަބީޢަތުގައި އެކަންވެއެވެ.

އިތުރަށްވިދާޅުވުމަށް

0 ޚިޔާލު: