ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Saturday, 6 September 2008

ލިޔުނީ : މޫސާ ޙުސެއިން / މިހާސް
mail:moosa.goma@yahoo.com




އެއީ މީގެ 20 އަހަރު ކުރިއެވެ. އަޅުގަނޑުވެސް އޭރު އުޅެނީ ކިއަވާށެވެ. މާކަކުޑައެއްނޫނެވެ. ރަނގަޅަށް ވާނުވާ ހަނދާންހުރެއެވެ. އޭރުރަށުގެ ތަޢުލީމީ ހާލަތުހުރިގޮތުން އަޅުގަނޑަށް ކިޔަވަންއުޅެން ޖެހުނީ އަތޮޅުގެ ނަމްބަރ1 ގެ ގޮތުގަައި ބެލެވެމުން އައި އެއް ސުކޫލުކަމުގައިވި ނ. އަތޮޅުމަދަރުސާގައެވެ. އެދުވަސްވަރު ސަރުކާރުބަންދުވަނީ ބުރާސްފަތި އަދި ހުކުރު މިދެދުވަހަށެވެ. އެދުވަަސްވަރު ބަންދުދުވަހެއް އަތުވެއްޖެނެމަ އެއްގޮތަކަށްވެސް ރަށަށް އައިސް ނުލައި ހިތްހަމައެއް ނުޖެހެއެވެ. މިގޮތުން އަޅުގަނޑަށް ރަށަށްއާދެވުނު ދުވަހެކެވެ.
އަޅުގަނޑަށް ފެނިގެންދިޔައީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. ރަށުގައިހުރި މުޅިރާއްޖެ އަށް މަޝްހޫރު އާޘާރީބިނާކަމުގައިވި މާބުދުގެ ކޮނުމަށްޓަކައި ބަޔަކު ހަރަކާތްތެރި ވަމުން ދިޔަމަންޒަރެވެ.
އަޅުގަނޑު ކިތަންމެ ކުޑަނަމަވެސް މިކަމަށް ވަރަށް ޝައުގު ވެރިވިއެވެ. ކަންތައްތައް ވާނުވާ ބަލާލުމުގެ ޝައުޤުއޮތްލެއްބޮޑުކަމުން އެތަނަށްދިޔައިމެވެ.މިމަސައްކަތް ކުރުމަށްޓަކައި ލަންދުއަށް އައިސްއުޅުނު ޓީމުގެ އިސްވެރިއަކަށް ހުންނެވީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކޮށްދެއްވާ މިހާރު މިދުނިޔެ ދޫކުރައްވާފައިވާ އަލްމަރުޙޫމް ހ.ހާޖަރާގެ އިބްރާހީމް ލުޠުފީއެވެ.

0 ޚިޔާލު: