Wednesday, 13 August 2008
މެޗްގެ ބައެއްފޮޓޯ ( މޫސާ )ސ
ލިޔުނީ: އަޙްމަދު ދާއޫދު
ކުޅުދޫގައިއުޅޭ ތޮޅެންދުއަށް ނިސްބަތްވާ ޒުވާނުންގެ ފުޓްބޯޅަޓީމަކާއި ލަންދޫ ޒުވާނުންގެ ފުޓްބޯޅަމެޗް ވަރަށްފަސޭހަކަމާއި އެކު
އަމިއްލަދަނޑުގައި ކުޅެ 6-4 ން ލަންދޫޓީމް ކާމިޔާބުކޮށްފިއެވެ. 12/08/2008 ދުވަހު ހަވީރު ކުޅެވުނު މިމެޗްގެ ފުރަތަމަގޯލް ފެނިގެންދިޔައީ ލަންދޫޓީމްގެ ކައްބަ ނެގިކޯނަރެއް އެއްވެސް ހުރަހެއްނެތި ކުޅުދޫޓީމް ގެ ގޯލަށްވަދެގެންނެވެ. އޭގެފަހުން ކުޑައިރު ކޮޅެއްގެތެރޭގައި މެޗްގެސްކޯބަދަލުކޮށްލީ ލަންދޫ ޓީމްގެ ހުނަރުވެރި ފޯވާޑް ރެޑޭ އެވެ. އަނެއްކާ ކުޑައިރުކޮޅެއްގެ ތެރޭގައި ސްކޯބަދަލުވެގެން ދިޔައީ ލަންދޫ ޓީމަށްކުޅުނު އަރުވާލި ނަސުރުގެ ލަނޑަކުންނެވެ. މިލަނޑާއި އެކު ފުރަތަމހާފް ނިމިގެންދިޔައީ 3-0 ގައި ލަންދޫ ޓީމް ކާމިޔާބުހޯދައިގެންނެވެ.
ލަންދޫޓީމްގެ ގިނަކުޅުންތެރިންނަށް މިމެޗްގައި ކުޅެލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކޯޗް ގާނާ ގެ އިރުޝާދުގެ މަތިން ދެވަނަހާފަށް ނެރުނީ މުޅިން އެހެންޓީމެކެވެ. ފުރަތަމަ ހާފުގައި ކުޅުނު ގަދަކުޅުންތެރިން ބޭލުމަށް ފަހު އެރުވީ ބެންޗްޓީމެވެ. ފުރަތަމަހާފްވެސް އެއްވެސް ހާސްކަމެއް ނެތި ލަންދޫޓީމުން ކުޅެމުންގެންދިޔައީ މެޗްކޮންޓްރޯލް ކޮށްގެންނެވެ. ދެވަނަހާފް ފެށުންތަނާހެން ފެނިގެންދިޔައީ ސްކޯ 4-0 ށް ބަދަލުވެގެންދިޔަތަނެވެ. އެއީ ލަންދޫޓީމްގައި ގިނަވަގުތު ބޯޅަހިފަހައްޓައިގެން ކުޅެންމަޝްހޫރު ޖަވާދުގެ ވަރަށްރީތި ގޯލެއް ވައްދާލަދިނުމުންނެވެ.
ފުދޭވަރެއްގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗްގެ ސްކޯކުއްލިއަކަށް 4-2 ށް ބަދަލުވެގެން ދިޔައީ ކުޅުދޫ ޓީމުން ވަރަށްފަސޭހަގޮތަކަށް ޖެހިޖެހިގެން ކަހަލަގޮތަކަށް ލަންދޫކޮޅަށް ވައްދާލި ދެގޯލުންނެވެ. މިދެގޯލްވެސް ވަދެފައިވަނީ ލަންދޫޓީމްގެ ގޯލްކީޕަރ ޕިންޗޭގެ ފަރުވާކުޑަކަމުންކަމަށް ކުޅިބަލަންތިބި ފަރާތްތަކުން ޤަބޫލުކުރެއެވެ.
އޭގެ ކުޑަިރުކޮޅެއްފަހުން ލަންދޫ ޓީމްގެ ޒާހިރު(އިތާ) ގޯލެއްކާމިޔާބުކޮށްދީގެން 5-2 ށް ސްކޯބަދަލުވިއެވެ. ޒާހިރު ޖެހިލަންޑުގެ 5 މިނެޓެއްހާއިރު ފަހުން އަނެއްކާ ކުޅުދޫ ޓީމުންވެސް ގޯލެއްކާމިޔާބުކޮށްގެން 5-3 ށް ސްކޯބަދަލުކޮށްލިއެވެ.
ކޮންމެއަކަސް ކުޅުދޫޓީމުންވެސް ހިއްވަރުކޮށް ފާ ދޫނުކޮށް ރަނގަޅަށް ކުޅުނު މިމެޗްގެ ނަތީޖާ މެޗްނިމިގެންދިޔައިރު އޮތީ 6-4 ށް ބަދަލިވެފައެވެ. ފަހަކަށް އައިސް ލަންދޫޓީމުން ކުޅެފައިވާ ގިނަމެޗްތަކަކުން ބަލިވެފައިވާއިރު މިލިބުނީ އަނެއްކާވެސް އިތުރުކާމިޔާބީއެއްކަމަށް ލަންދޫއިންފޯއިން ފާހަގަކޮށް ލަންދޫޓީމްގެ އެންމެހައި ސަޕޯޓަރުންނަށާއި، ކޯޗުންނަށް އަދި ކުޅުންތެރިންނަށް ލަންދޫއިންފޯގެ ފަރާތުން މަރުޙަބާކިޔަމެވެ. މަރުޙަބާ ލަންދޫފުޓްބޯޅަޓީމް.

Subscribe to:
Post Comments (Atom)
1 ޚިޔާލު:
can i the full team
Post a Comment