ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 5 March 2009

ލަންދޫއިންފޯ ވެބްސައިޓް އިފްތިތާޙް ކުރުމާއެކު މި ބްލޮގް މިހިސާބުން ކުރިއަށް ގެންދިއުން ހުއްޓާލި ވާހަކަ ދަންނަވަމެވެ

ލަންދޫއިންފޯ.ކޮމް އިފްތިތާޙް ކުރުމާއެކު 26 ޖުލައި 2008 ( މިނިވަންދުވަހު ) ފެށި ލަންދޫއިންފޯ.ބްލޮގްސްޕޮޓް.ކޮމް މިހިސާބުން ކުރިއަށް ގެންދިއުން ހުއްޓާލި ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ލަންދޫއިންފޯގެ ފެށުމަކީ މި ބްލޮގު ކަމަށްވެފައި ކިޔުންތެރިން މި ބްލޮގަށް ދެއްވި ތަރުހީބަށާއި މިބްލޮގް ފަރުމާކޮށްދެއްވިފަރާތަށް ނުހަނު އިޚްލާޞްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ. ﷲ ގެ ވާގިފުޅާއެކު ދިވެހިރާއްޖޭގެ ޤައުމީދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ( ޤައުމީދުވަހު ) ލަންދޫއިންފޯ ވަނީ ލަންދޫގެ ފުރަތަމަ އޮފިޝަލް ވެބްސައިޓްގެ ގޮތުގައި ދުނިޔެއަށް ނޭވާލާފައެވެ. އަދި ލަންދޫއިންފޯގެ ޓީމުން އުންމީދުކުރަނީ މިމަސައްކަތުގައި ލަންދުއަށް ހެޔޮއެދޭ ލަންދޫގެ ހީވާގި ތަޢުލީމީ ޤާބިލްދަރިން އަޅުގަނޑުމެންނާއި އެއްބާރުލުން ދެއްވާ އެހީތެރިވެދެއްވާނެކަމަށެވެ.
ވޭތުވެދިޔަ މުއްދަތުގައި ލަންދޫއިންފޯއަށް ލިޔުންތައް ފޮނުއްވެވި ފަރާތްތަކާއި އަދި ލިޔުންތައް ބެއްލެވި ފަރާތްތަކަށް ނުހަނު ގިނަގުނަ ޝުކުރު އަރިސްކުރަމުން ކުރިމަގުގައިވެސް އެފަދަ ލިޔުންތަކަށް މަރުޙަބާކިޔާނެވާހަކަވެސް މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.
މިބްލޮގް މިއަދާހިސާބަށް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސް އޮފިޝަލް ވެބްސައިޓަކަށް ބަދަލުކުރުމުގެ ހޮޔޮނަސީބު ދެއްވި ކަމަށްޓަކައި އުފާކޮށް ﷲ އަށް ޙަމްދުކޮށް ޝުރުދަންނަވަމެވެ. – މަސްއޫލު ވެރިޔާ

ލަންދޫ އިންފޯ ވެބްސައިޓްގެ އެޑްރެހަކީ
www.landhooinfo.com


1 ޚިޔާލު:

sandhirstjain said...

Harrah's Philadelphia Casino & Racetrack to Open
The hotel and casino will open at Harrah's Philadelphia 전라남도 출장마사지 in the coming 천안 출장샵 months, and 부산광역 출장마사지 Harrah's Philadelphia Casino & 목포 출장안마 Racetrack 순천 출장샵 will open the hotel