ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 22 January 2009

.ރައްޔިތުންގެ މަޖްލީހުގެ ނައިބުރައީސް ގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ހުށަހަޅުއްވާނެކަމަށް ޢަލީވަހީދު ވިދާޅުވެއްޖެ

އިއްޔެއޮތް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރ.އަތޮޅުގެ މެމްބަރ އަލްފާޟިލް ޢަލީ ވަހީދު ރައްޔިތުންގެ މަޖްލީހުގެ ނައިބުރައީސް ތ.އަތޮޅުގެ މެމްބަރ އަލްފާޟިލާ ޢަނީސާ އަޙްމަދުގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ހުށަހަޅުއްވާނެކަމަށް ރ.އަތޮޅުގެ މެމްބަރ އަލްފާޟިލް ޢަލީވަހީދު ވިދާޅުވެއްޖެއެވެ. އަލީވަހީދު ވިދާޅުވީ މަޖްލީހުގެ ނައިބުރައީސް ތ.އަތޮޅު މެމްބަރ އަލްފާޟިލާ ޢަނީސާ އަޙްމަދުގެ މައްޗަށް އިތުބާރުނެއްކަމުގެ ވޯޓެއްނަގަންޖެހެނީ މަޖްލީހުގެ ޤަވާއިދު ނިންމި ނިންމުމަކާއި ދެކޮޅަށް މަޖްލީހުގެ ނައިބުރައީސްގެ ގޮތުގައި ހުންނަވައިގެން މުޒާހަރާ ކުރެއްވުމުންވެ.

އަދި އެޖަލްސާގައި ޢަލީ ވަޙީދު، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ޗުއްޓީނެންގެވި މައްސަލާގައި ޑީއާރުޕީން ބޭއްވިމުޒާހަރާ ކުށްވެރިކުރާކަމަށް ވިދާޅުވެ ޑީއާރު ޕީ އަށްވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވިއެވެ. އަދި އިތުރަށް އޭނާވިދާޅުވީ މަޖްލީހުގެ ނިންމުމާއިމެދު ސުވާލު އުފެދުމަކީ އެމެމްބަރަކު ޤާނޫނު އަސާސީ އާއި ޚިލާފުވުންކަމަށާއި، އެގޮތުން ޢަނީސާ އަޙްމަދު އެހުންނެވީ ޤާނޫނާއި ޚިލާފުވެވަޑައިގެންފާކަމަށެވެ. އިތުބާރުނެއްކަމުގެ ވޯޓުނަގަންޖެހެނީ އެސަބަބަށްޓަކައި ކަމަށް ތަކުރާރުކޮށްވިދާލުވެ، އިތުބާރުނެތްކަމުގެވޯޓުގައި ބައިވެރިވެ ވަޑައިގަތުމަށް ހުރިހާމެމްބަރުންނަށް ޢަލީވަޙީދު ގޮވާލެއްވިއެވެ. އަދި ޑީއާރުޕީއަކީ ޣައިރު ޤާނޫނީ ޕާޓީއެއްކަމަށް ތުހުމަތު ކުރައްވާ ވާހަކަފުޅުދެއްކެވިއެވެ. ޢަލީ ވަޙީދަކީ ޑީއާރުޕީއަށް ފާޑުވިދާޅުވުމުގެ އިތުރުން ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫނު އަބުދުލްޤައްޔޫމަށްވެސް ވަރަށް ގިނައިން ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

Wednesday, 21 January 2009

ލަންދޫބަނދަރުގެ ކަނޑިންމަ އާއި ފަޅުތެރެ ތިލަކަމަށް ރައްޔިތުން ބުނެ ޝަކުވާކުރުމުން އަލުން ފުންކޮށްފި.


ލަފާފުރުމުގެ ދަތިކަން ފިލުވައިދިނުމުގެ މަޝްރޫޢުގެ ދަށުން ލަންދޫގައި ހައްދަވައިދެއްވަމުން ގެންދަވާ 200 ފޫޓް 300 ފޫޓްގެ ފަޅު ގެ ހުރިހާމަސައްކަތެއްނިންމާ ފަޅުހަވާލުކުރުމަށް ގާތްވެފައިވަނިކޮށް ލަންދޫރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމ ބަނދަރުގެ ކަނޑިންމަ އާއި ފަޅުތެރެ ތިލަކަމަށްބުނެ ޝަކުވާކުރުމުން އަލުން އަނެއްކާ އެތަންތަން ފުއްކޮށްދެއްވައިފިއެވެ.

ކަނޑިންމަ ތިލަވުމާއި ހަނިވުމުގެ ސަބަބުން މިހާތަނަށް ހިތާމަވެރި ދެހާދިސާއެއްވެސް ވަނީ މިތަނުގައި ހިނގާފައެވެ. އެއްހާދިސާއަކީ ކަންނެލި ދޯންޏެއް ކަންޑިންމައިގާއިން ބޮޑުގަލަށް އަރާ ފޫވެއްޓި ނުސަލާމަތްވާ ހާ ހިސާބަށް ދިޔުމެވެ. އަނެއްހާދިސާއަކީ ކަންޑިމައިން ވަންނަށް އުޅުމުގެ ތެރޭގައި ކަންޑިމައިގެ ދެކުނު ފައިކަށްޓަށް ނ.މާފަރު ޢަލީ މުހައްމަދު ( ތަޅާއަލީ ) ގެ ލޯންޗް އަރާ ފޫވެއްޓި އެލޯންޗް އަޑިޔަށް ދިޔުމުގެ ހާދިސާއެވެ.
އެމްޓީސީސީގެ ފަރާތުން ކުރަމުން މިގެންދާ މަސައްކަތް މުޅިންނިންމާ ތަކެތި ގެންދަން އުޅެނިކޮށް ރައްޔިތުން ގެ ބަޔަކު އެދިގެން ސާމާނު ނުގެންގޮސް މަޑުކޮށް ، މިހާރުވަނީ ފަޅުސަރަޙައްދަށް ދާން އިތުރުމަގެއްވެސް ހައްދަވާދެއްވާ އަދި އެމަގަށް ވެލިއަޅާ އެއްވަރުކޮށްދީ އަދި ޖެޓީއާއި ދިމާއިން އެއްގަމަށް އަރަށް އޮންނަ މަގުގެ ބޮޑުބަޔަކަށް ވެސް ވެލިއަޅައިދީ އެއްވަރު ކޮށްދީ ހަދާފައެވެ. އަދި މީގެ އިތުރުންވެސް ރައްޔިތުންގެ އެދުނު ބައެއްކަހަލަ ކަންތަައްތައް އެމްޓީސީސީގެ މިގްރޫޕްގެ ފަރާތުން ކޮށްދީފައިވެއެވެ. އަދިމިހާރުވެސްދަނީ ކޮށްދެމުންނެވެ.

ޕްރީސްކޫލްގެ ދެ ޓީޗަރުންނަށް އަސްފާނާއާއި، ޔުމްނާ ހަމަޖައްސައިފި.


ލަންދޫޔޫތު އެންކަރޭޖިން ސޮސައިޓީ (ލިޔެސް) ޖަމްޢިއްޔާގެ ފަރާތުން ލަންދޫގައި މިއަހަރުންފެށިގެން ޕްރީސްކޫލްގެ ޚިދުމަތް ދޭންފައްޓާއިރު ޕްރީސްކޫލްގައި ކިޔަވައިދޭނެ ޓީޗަރުންގެ ގޮތުގައި ލަންދޫ ދޫރެސް އައިޝަތު ޔުމްނާ އާއި ލަންދޫ ގަސްކަރަ އާމިނަތު އަސްފާނާ އެޖަމްޢިއްޔާގެ ފަރާތުން ހަމަޖައްސައިފިއެވެ.

ޕްރީސްކޫލްގެ ޓީޗަރުކަމަށް އިޢުލާނުކުރުމުން 10 ފަރާތަކުން ކުރިމަތިލެއްވިކަމަށާއި، މިދިހަފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖްރިބާއަށްބައްލަވާފައި މިދެކުދިން ނެންގެވީކަމުގައި ލިޔެސްގެ ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހީމް ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވިއެވެ. މޯޑު އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަދި މުސާރަހަމަޖެހިފައިވަނީ މިތަނުން އެކަކަށް ކަމަށާއި، އަނެއްޓީޗަރަށް ވެސް މުސާރަ ހަމަޖެއްސޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
މަހަކު -/2000 ރ. ގެ މަގުން މުސާރަލިބޭ ޕްރީސްކޫލްގެ ޓީޗަރުންނަށް މުސާރަދެއްވަނީ އީޑީސީ އިން ކަމަށާއި، މުސާރަދެއްވުމުގައި އީޑީސީއިން ގެންގުޅުއްވާ މިންގަޑުތަކުގެ ތެރޭގައި ކުދިންގެ ޢަދަދު ހިމެނޭކަމަށްވެސް ރައީސް މޯޑު ވިދާޅުވިއެވެ. ޕްރީސްކޫލްގެ އެންރޯލްމެންޓްގައި 50 ކުދިންނަށްވުރެ އިތުރުވުމުން ދެ ޓީޗަރުންނަށްވެސް މުސާރަދެއްވާނެކަމަށް އޭނާ ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އެހެންކަމުން މިހާރުވާނީ ޕްރީސްކޫލްގެ ރަޖްިސްްޓްރީގައި މިހާރު ތިބި ކުދިންގެ ފުރިހަމަ ޢަދަދު އީޑީސީއަށް ފޮނުއްވާފައި ކަމުގައިވެސް މޯޑު ވިދާޅުވިއެވެ.
ވަރަށްއަވަހަށް ފެށުމަށް ހަމަޖެހިފައިވާ ޕްރީސްކޫލްގެ ޚިދުމަތް ދޭންމިހާރު އެޖަމްޢިއްޔާއިން ނިންމާފައިވަނީ ލަންދު އަންހެނުންގެ ކޮމިޓީގެ އިދާރާ "ކަމަނާވެހި" ގައެވެ. ކުރިން އާމިރީ ޕްރީސްކޫލް ހިންގަމުން ގެންދިޔަ ޢިމާރާތުގައި މިއަހަރު ނުހިންގީ އެއިމާރާތުގައި އެކަށީގެންވާ ފާޚާނާއެއްނެތުމާއި ، ގިނަޢަދަދެއްގެ ބެލެނިވެރިން ގެ އެދުމުގެ މަތިން ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.
ކަމަނާވެހި ގައި ކުދިން ކުޅެލަން ނުކުމެލާނެ ހުސްބިންކޮޅެއް ނެތިގެން ޕްރީސްކޫލްގެ ޕްލޭގްރައުންޑު ހަދާފައިވަނީ ކަމަނާވެހި ގެ ކުރިމަތިން ހުންނަ ގެ ( ނާސިރާބަކުރުގެ ) ގޯތީތެރޭގައެވެ.

Tuesday, 20 January 2009

ކައުންސެލަރުން!!! ސ

ޙަފްޞީ ޢަބުދުﷲ/ލަންދޫ


އަޅުގަނޑުމެން ގުނަމުން މިދަނީ އަނެއްދިވެހިރާއްޖޭގެ އުފާވެރިދުވަސްތަކާއި، ހިތްދަތި ދުވަސްތަކެވެ. އެހެނީ
އެއްބަޔަކު އުފާފާޅުކުރަމުންދާއިރު އަނެއްބަޔަކު އަދިވެސް ތިބީ މާޔޫސްވެ، ހިތާމައިގެ ހިތްދަތި ހާލުގައެވެ. މިފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެންމެގިނައިން އިވޭ އެއް ބަހަކަށް ހަމަގައިމުވެސް " ކައުސެލަރުން " ވާނެއެވެ. އަތޮޅު ކައުންސެލަރުންނާ ރަށު ކައުންސެލަރުންނެވެ.

އަތޮޅު ކައުންސެލަރުން އައްޔަން ކުރުމަށްފަހު މިއަދު އަތޮޅުވެރިންނެއް ނެތެވެ. ނަމަވެސް ރަށުކައުންސެލަރުން އައްޔަން ކުރުމަށްފަހުވެސް ކަތީބުންނާ ބޮޑުކަތީބުންނާ ކުޑަކަތީބުންވެސް އެބަތިއްބެވެ. އެވެސް އައްޔަންކޮށްފައިވާ ބައެކެވެ. ކައުންސެލަރުންނަކީވެސް އައްޔަންކޮށްފައިވާ ބައެކެވެ. ނަމަވެސް އަޅުގަނޑަށް ވިސްނޭގޮތުގައި ކައުންސެލަރުން އައްޔަންކުރާނީ އިޞްލާޙީ ހެޔޮބަދަލުތަކަކަށެވެ. އެފަދަ ބަދަލުތަކަކަށް މަގުފަހިކުރުމަށެވެ. އެނަތީޖާ ޙާޞިލްވޭތޯ މިއީ އުފެދޭ ސުވާލެކެވެ. ނަތީޖާ ޙާޞިލްވާނެތޯވެސް ސުވާލުއުފެދެއެވެ. އަޅުގަނޑުވެސް ވިސްނުން ޙިއްޞާކޮށްލާނަމެވެ.
ޤާނޫނު އަޞާޞީގައި ބަޔާންވެގެންވާގޮތުގެ މަތީން ކައުންސިލަކުން ރަށާއި އަތޮޅުތައް ހިންގުމަކީ އަޅުގަނޑު ނުހަނު ތާއީދުކުރާކަމެކެވެ. އެހެނީ އެފަދަ ދުވަހަކުން ރަށާއި އަތޮޅުގެ އެންމެ އިސްމީހާވާނީ އެންމެ ގިނަ މީހުންގެ ރުހުން އޮތް މީހާއަށެވެ. މިހާރަށް ބަލާއިރު ކަތީބާ، ބޮޑުކަތީބާ ހިތްހަމަ ނުޖެހޭ އެތައްބަޔަކު ކޮންމެރަށެއްގައިވެސް އެބަތިއްބެވެ. އައްޔަންކުރި ކައުންސެލަރުންނާ މެދު ހިތްހަމަ ނުޖެހޭ އެތައްބަޔަކުވެސް އެބަތިއްބެވެ. އައްޔަންކުރިއިރުވެސް އެކަން އެނގިވަޑައިގަންނަވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ރަށްރަށުގެ ކައުންސެލަރުން ކަނޑައެޅުއްވުމުގައި އުނދަގޫތަކަކާ ކުރިމަތިވެފައިވެއެވެ. ނ،އަތޮޅަށް ބެލިނަމަވެސް މިލަދުއާއި، ވެލިދޫ އަދި ލަންދުއަށް ކައުންސެލަރެއް އަންޔަން ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ، ހިޔާލުތަފާތުވެފައިވެއެވެ. އެމް،ޑީ،ޕީއާއި އެޕާރޓީގެ ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި ހިޔާލުތަފާތުވެގެން ދިޔައީ އެޕާރޓީގެ އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން އެމަޤާމް ބޭނުންވުމުންނެވެ. އަދި އެއިން ކޮންމެ ބޭފުޅެއްގެ ފަހަތުގައިވެސް އިސް ބޭފުޅުންގެ ތެރެއިން ބަޔަކު ތިއްބެވުމުންނެވެ. ޕާރޓީގެ ރައީސްކަމާއި،ރިޔާސީ ކެންޑިޑޭޓްކަންވެސް ޕާރޓީގެ ތެރޭން އެތައްބަޔަކު ބޭނުންވިއެވެ. ނަމަވެސް އިންތިޚާބަކުން ނިންމެވީތީ ދައްކާނެ މާބޮޑު ވާހަކަތަކެއް ނެތެވެ. ނަމަވެސް މިފަހަރު ތަފާތެވެ. އިންތިޙާބުކުރީކީނޫނެވެ. އައްޔަން ކުރީއެވެ. ޑިމޮކްރަސީގެ އުޞޫލުން ކަންކުރާއިރު އިންތިޙާބުނުކުރީ ކީއްވެތޯއެވެ؟ ޤާނޫނުގައި ބަޔާންކޮށްފައިވަނީވެސް އިންތިޙާބުކުރުމަށެވެ. މަޖިލީހުގެ ރުހުމާ ނުލައި ކައުންސެލަރުން އައްޔަންކުރި ބީދައިން، އިންތިޙާބުކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. އެގޮތް ބަލައިގަންނަ މީހުންވެސް ގިނަވާނެއެވެ. ނަމަވެސް މައްސަލައަކީ އިންތިޙާބެއް ބާއްވައިފިނަމަ، ބައެއް ރަށްރަށުން އިދިކޮޅު ޕާރޓީތަކުގެ ކެންޑިޑޭޓުން ކާމިޔާބުހޯއްދަވާނެކަން ޔަޤީންވުމެވެ. އެފުރުޞަތުނުދީވެސް އިންތިޚާބުބޭއްވިދާނެއެވެ. އެހެނީ އެމް،ޑީ،ޕީގެ އެކްޓިވިސްޓުންގެ ތެރޭން ނަގާ ބައެއްގެ މެދުގައި ވޯޓްލެވިދާނެއެވެ. އެހެން ޕާރޓީތަކަށް ވޯޓްލުމުގެ ފުރުޞަތުވެސް ދޭން ބޭނުންނުވާނަމަ، އެމް،ޑީ،ޕީގެ މެންބަރުންނަށް ވޯޓް ދިނުމުގެ ފުރުޞަތު ހުޅުވާލެވިދާނެނޫންތޯއެވެ. އެގޮތަށް ކަންކުރިނަމަ ޕާރޓީގެ ތެރޭގައި، ޕާރޓީގެ މެންބަރުންގެ ތެރޭގައި އުފެދޭ މައްސަލަތަކާއި، އޮންނަ ގުޅުމަށް ކުރާ އަސަރު ކުޑަވާނެކަން ގައިމެވެ. ކައުންސެލަރުންގެ މައްސަލާގައި ޕާރޓީއަށް ޤުރުބާންވަމުންދިޔަ މެންބަރުންގެ ތެރޭގައިވެސް މައްސަލަޖެހެމުންދާތަން ފެންނަމުން އެބަދެއެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރު، ކައުންސެލަރުންގެ ގޮތުގައި މިއަދު ތިބީ ތައުލީމީ ބައެއް ބޭފުޅުންނާ، ލޮރީ ޑްރައިވަރުންނެވެ. އަޑުގަދަކުރާ މީހުންނާ، ރިޔާސީ އިންތިޚާބުގައި ވޯޓް ގަނެދިން މީހުންނެވެ. ރަށުއޮފީހުގައި ގޮނޑިއެއް މޭޒެއް ނެތި ކަތީބުން ރަށުތެރޭގައި އެނބުރެނީއެވެ. ރަށްފުށުގައި ބައިބައިވުން އުފެދި ދެބަޔަށް ބެހެނީއެވެ. ނަމަވެސް އެއްބަޔަކު ކައުންސެލަރުންގެ ރުހުމާ ތާއީދު ހޯދުމަށް ސަނާކިޔަނީއެވެ. މިއީ އިޞްލާޙީ ހެޔޮބަދަލުތަކެއް ފެށުމެވެ. ފަހުން ރަނގަޅުވާނެއެވެ. ތިރީސް އަހަރުގެ ނުކުޅެދޭ ސަރުކާރެއް ބަދަލުކޮށް، ކުޅެދޭ ސަރުކާރަކަށް ބަދަލުވުމަށް ކެތްތެރިވާންވާނެއެވެ. ހެޔޮވެރިކަމެއް ކުރެވޭނީ ކެތްކޮށްގެންނެވެ.

މާދަމާ އިންޓަރނެޓްގައި ޝާއިޢުކުރެވޭނެ....! ؟


ދިޔައަހަރުގެ އައިޖީސީ އެސްއީ އަދި ޖީސީއީ އޯލެވެލްގެ ނަތީޖާތައް މާދަމާ އިންޓަރނެޓްގައި ޝާއިޢު ކުރެވޭނެއެވެ. ވޭތުވެދިޔައަހަރު ލަންދޫސްކޫލްގެ ގްރޭޑް10 ގައި ތަޢުލީމް ޙާސިލްކުރަމުންދިޔަ 30 ދަރިވަރުންވާނީ މިއިމްތިހާނުތައް ހަދާފައެވެ.

2007
ވަނައަހަރު ފުރަތަމަފަހަރަށް އިންޓަރނޭޝަނަލް އެގްޒާމްތައްހަދަން ފެށުނު ލަންދޫސްކޫލްގައި މިއަހަރުވެސް ގްރޭޑް 10ގައި 20 ވަރަކަށް ދަރިވަރުން ތަޢުލީމް ޙާސިލް ކުރަމުން އެބަގެންދެއެވެ. ވޭތުވެދިޔައަހަރު ލަންދޫސްކޫލުން ޖީސީއީ އޯލެވެލް ހެދި ބައެއްދަރިވަރުން ބައިވެރިވެގެން ކޯސްތައް ފުރިހަމަކުރަމުންދާއިރު ގިނަކުދިބަޔަކު އުންމީދުކުރަމުން ދަނީ މަތީސާނަވީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.
އަޅުގަނޑުމެންގެ އެދުމަކީ ލަންދޫސްކޫލުން ވޭތުވެދިޔައަހަރު ކޭމްބްރިޖް ގެ އެގްޒާމްތައް ހެދި ދަރިވަރުން މާދަމާ ނަތީޖާތައް ލިބުމުން އިތުރަށް ކިޔެވުމުގެ ފުރުޞަތު ހޯދާ ރަށަށާއި މުޖުތަމަޢުއަށް ފައިދާހުރި ކަމެއްކުރުމަށް ޢަޒުމް ކަނޑައެޅުމަށެވެ.

މަޖޫ ކައުންސިލަރ ކަމާއި ޙަވާލުވުމުން މަޖޫގެ މަޤްޞަދު ޙާސިލްވީބާ؟

ލިޔުނީ: ކުއްޅަވައްފުތު


ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) ރިޔާސީ ކެމްޕޭނުގައި ބުނަމުން ދިޔަ އަނެއްދިވެހިރާއްޖެއަށް ދެވުނުތާ 3 މަސްދުވަސްވެސް ނުވެގެން އުޅެނިކޮށް އަޅުގަނޑުމެންނަށް ލިބިގެންމިދިޔަ ޒުވާންކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤު ( މަޖޫ ) ރަށަށްދުރުވެ ރަށުގެ އެންމެ އިސްވެރިޔާގެ މަޤާމާއި ޙަވާލުވެލައްވާހިނދު އަޅުގަނޑުމެންގެ ފަރާތުން ނުހަނު އިޚްލާޞްތެރި ކަމާއި އެކު ވަރަށް ހޫނު މަރުޙަބާއަކާއި މުބާރަކް ބާދީއެއް ދަންނަވަމެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަޖޫއަކީ އެމްޑީޕީއަށް ވެންނެވީންސުރެވެސް ދެވަރެއް ނުވެ އެމްޑީޕީއަށް ޓަކައި ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި މިއަދުވެސް ކުރައްވަމުން ގެންދަވާ އެޕާޓީގެ އެކްޓިވިސްޓެކެވެ.
ސިޔާސީ ޢާއިލާއަކަށް އުފަން އާދެ! މުޅި ނ.ލަންދޫ އެމީހަކަށް ޓަކައި ފަޚުރުވެރިވާ ނ.ލަންދޫގެ ކަތީބު އަލްމަރުހޫމް ޢަބުދުއްރައްޒާޤު މޫސާގެ 2 ވަނަ ފިރިހެންދަރިފުޅު މަޖޫ މީގެކުރިންފާހަގަވެގެން ދިޔައީ ސީޔާސީ އެއްވެސް ކަމެއްގެ ބައިވެރިވެ ނުލައްވާ ބޭފުޅެއްގެ ގޮތުގައެވެ.
މިއަދު ލަންދޫގެ އެންެމެއިސްމަޤާމާއި ޙަވާލުވެލައްވާ ޢުމުރުން 34 އަހަރުގެ މަޖޫ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވެންނެވީ މިއަދު ލަންދޫބޮޑުކަތީބު ކަމުގައި ހުންނެވި މަޖޫއާއި ދެބެންގެ ދެދަރި އަލްފާޟިލް ޙަސަން ނަޞީރުގެ ވެރިކަމުގައި މަޖޫގެ އެއްބަނޑުއެއްބަފާ ދެބޭން ނަށާއި ކުށެއްނެތް ލަންދޫގެ އެތައްދަރިންތަކަކަށް ލިބެމުން ދިޔައަނިޔާތަކަކުން އެމީހުންސަލާމަތްކުރުމުގެ މަޤްޞަދުގައެވެ. މިއަދު މަޖޫއަށް މިވަނީ މިކަންތައް ކިތަންމެ ރަގަޅަކަށްވެސް ޙާޞިލްވެފައެވެ.
ރަށުގެ ކައުންސިލަރގެ މަޤާމާއި މަޖޫޙަވާލުވާއިރު މަޖޫއަށް އޮތް ގޮންޖެހުންތައް ވަރަށްގިނައެވެ. ބައިބައިވެފައިވާ ލަންދޫގެ ރައްޔިތުންގެ އެކަތިގަނޑކަށް ހަދާ މިއަދު ހުއްޓުންއަރާފައިވާ ލަންދޫގެ ތަރައްޤީގެ ދުވެލިބާރުކޮށް މަރުހޫމް ބައްޕާފަދަ ހިންގުންތެރި އެންެމެހައި ރައްޔިތުންނާއި ގުޅޭ އޯގާތެރި، ވަފާތެރި، ވެރިއެއްކަން ސާބިތުކޮށްދޭންޖެހުމެވެ.
އެންމެހައި ރައްޔިތުންނާއިމެދު ހަމަހަމަ އުޞޫލެއްގެންގުޅޭ ރައްޔިތުންގެ އަޑު އަހައިގެން މަޝްވަރާގެ އުޞޫލުން ކަންތައްތައް ކުރެވިއްޖެނަމަ މަރުހޫމް ބައްޕާއަށް ރަށުގެ ރައްޔިތުން ދިންޤަދަރާއި އިޙްތިރާމާއި ލޯބި މަޖޫއަށްވެސް ލިބުމަކީ ދުރުގައިވާ ކަމެއްނޫނެވެ.
މިއަދު ލަންދޫރައްޔިތުންބޭނުންވަނީ ރައްޔިތުންގެ އަޑުއަހާ ، ރައްޔިތުންދެކެލޯބިވާ ، ރައްޔިތުންނާއިއަޅާލާ، ރައްޔިތުންނަށް އޯގާތެރި ރައްޔިތުންނަށްވަފާތެރި ތެދުވެރި ހިންގުންތެރި ވެރިއެކެވެ. މިފަދަ އިސްވެރިއަކަށް މަޖޫވާނެކަމަށް އަޅުގަނޑު ވަރަށްބޮޑަށް އުންމީދުކަރަމެވެ.

މިކަންހުއްޓޭނެބާ..........!؟

ލިޔުނީ: އިބްރާހީމް ފާއިޒު


ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ސިއްޙަތަށް ހުރި ވަރަށްބޮޑު ނުރައްކަލެއްކަމަށް ލިޔެފައިވާލިޔުންތައް ސިނގިރޭޓްވިއްކާ ހުރިހާތަނެއްްގައިވެސް އަދި އެނޫންވެސް ބައެއްއެހެނިހެން ތަންތަނުގައި ބަހައްޓާފައި ހުރެއެވެ. އަދި އެވަރުން ނުފުދިގެން ސިގިރޭޓްފޮށިތަކުގެ ބޭރުގައިވެސް އެމޭރުމުންއޮންނަ ޢިބާރާތްތައް " ދުންފަތް ބޭނުންކުރާމީހުންނަށްލިބޭދަރިން އައިބުވުމުގެ ފުރުޞަތު ވަރަށްބޮޑު " " ދުންފަތުން ކެންސަރުޖެހުމަށް މަގުފަހިވޭ " ދުންފަތުން ލޭހޮޅިތައްބެދި ހިތްހުއްޓޭގޮތް މެދުވެރިވޭ " މިކަންމިހެން ހުރިއިރު، ސިނގިރޭޓްބޯ މަދުނުވަނީ ކީއްވެހެއްޔެވެ؟

ކުރީގައިލިޔެވުނު ޢިބާރާތްތަކުން ދޭހަވާގޮތުން ރާއްޖޭގައިވެސް މިވަނީ ދުންފަތާއި ދެކޮޅަށް ހަނގުރާމަފެށިފައެވެ. ސުވާލަކީ މިހަނގުރާމައިގެ ސަބަބުން ދުންފަތްބޭނުންކުރާމީހުންގެ ޢަދަދު މަދުވޭހެއްޔެވެ؟ ޖަވާބުގައި ބުނެލަން އޮތީ ހަމަޔަޤީނުންވެސް މަދުނުވާ ވާހަކައެވެ. ކުރިންދުންފަތްކައި ގުޑުގުޑާފަދަ ތަކެތި ބޭނުންކުރިމީހުންވެސް މިއަދުމިވަނީ ސިނގިރޭޓްބޯންފަށާފައެވެ.
ބައެއްމީހުންދެކޭގޮތުންނަމަ ސިނގިރޭޓްބޯމީހުން މަދުނުވަނީ ސިނގިރޭޓް އެތެރެކޮށްވިއްކުމާއި، ބުއިން ސަރުކާރުން މަނާނުކުރާތީއެވެ. އެބައިމީހުން ދެކޭގޮތުގައި އެއަށްދެވިހިފާފައި ތިބޭމީހުން ކޮންމެއަގެއް ދައްކައިގެން ވެސް ދުންފަތުގެ އިސްތިޢުމާލު ކުރާނެއެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެކެވެ. ނަމަވެސް މިތަކެތި ބޭނުންކުރުންވެސް މިވަނީ އާއްމު ކަމަކަށްހަދާފައެވެ. ދެންއޮތީ ސިނގިރޭޓެވެ. ސިނގިރޭޓަކީ ހުއްދަކޮށްފައިވާ އެއްޗެކެވެ. މަނާކޮށްފައިވާ އެއްޗެތީގެ ހާލު އެގޮތަށްހުރިއިރު ހުއްދަކޮށްފައިވާ ސިނގިރޭޓްގެ ހާލުހުންނާނެގޮތް ތިޔަބޭފުޅުން ވިސްނާލައްވާށެވެ.
ސިނގިރޭޓް ބޯމީހުންބުނަނީ ސިގިރޭޓްގަންނަނީ އެމީހުންގެ އަމިއްލަފައިސާއަށެވެ. އޭގެ އިސްތިޢުމާލުކުރަނީ އެކަހެރިވެ ހުރެއެވެ. އެކަމުން އެއްވެސް މިހަކަށް އުނދަގުލެއްތުރާލެއްނުފޯރާނެއެވެ. ގެއްލުމެއްވެސް ތުރާލެއްވެސް ވާނީ އެބައިމީހުންދެކޭގޮތުގައި ހަމަ އެބައިމީހުންނަށެވެ. ކަންމިހެން ހުރިއިރު ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓިދާނެބާއެވެ.
ދުންފަތުގެ ސަބަބުން އިންސާނުންނަށް ލިބެމުންދާ ގިނަގުނަ ގެއްލުންތައް ގެ ސަބަބުން ދުންފަތް މަނާކުރާނީތޯ ނުވަތަ ނޫންތޯ މިއީ މިއަދު އުފެދިފައިވާ ވަރަށްބޮޑު ސުވާލެކެވެ.

Monday, 19 January 2009

ވަރިގިނަވަނީ އަންހެނުންގެ ސަބަބުންނެވެ.ސ
ލިޔުނީ: ދޮންސޮރުބެ


އްވެސް ޝައްކެއްނެތެވެ. ވަރިގިނަވަނީއަންހެނުންގެސަބަބުންނޭބުނެފިނަމަ ދެބަސްވެ ރުޅިއަންނާނެ ކިތަންމެބަޔަކު ތިބޭނެއެވެ. އެކަމާ އިދިކޮޅަށް ވަކާލާތުކުރާނެ އެތަކެއް ބޭފުޅުންނެއް އަޅުގަނޑުމެންގެ ތެރޭގައި ތިބޭނެއެވެ. މަދުންނަމަވެސް މިކަމާއި އެއްބަސްވެލައްވާނެ ބަޔަކު ތިބޭނެކަމީވެސް ޔަޤީންވާކަމެކެވެ. ކޮންމެ ގޮތަކަށް ކަންހުރިނަމަވެސް އަޅުގަނޑަށް ވިސްނޭ ދެތިންއެއްޗެއް ކިޔުންތެރިންނާއި ހިއްސާ ކޮށްލެވޭތޯ މަސައްކަތް ކުރާނަމެވެ.

ދިވެހިރާއްޖޭގައި ދާދިފަހަކާ ޖެހެންދެންވެސް ކައިވެނިކުރާޢުމުރު އުޅެނީ ވަރަށް ވެސް ދަށުގައެވެ. މާނައަކީ މީހުންނާ އިންނަޢުމުރު ވަރަށް ހަގުވާހަކައެވެ. ޢުމުރުން 15 – 18 އަހަރާ ދޭތެރޭ ގައި ވަރަށް ގިނަކައިވެނިތައް ކުރެވިފައިވާ ކަން ތަފާސްހިސާބުތަކުންދައްކައެވެ. އަދި މީގެތެރެއިންވެސް އަންހެން ކުއްޖާގެ ޢުމުރު މާބޮޑުތަން ޅަކޮށް ގިނަކައިވެނިތައް ކުރެވިފައިވެއެވެ. މިހެންވުމުގެ ސަބަބުން ފިރިމީހާގެ އިޙްސާސްތަކާއި ފިރިމީހާގެ ބޭނުންތައް ގިނަފަހަރަށް އޮންނަނީ އަންހެން ކުއްޖާއަށް ތަޞައްވަރު ނުކުރެވިއެވެ. އިނދެގެން 2 އަހަރު ނުވަތަ 3 އަހަރުތެރޭގައި މައްސަލަޖެހެންފަށައެވެ. ޖެހޭމައްސަލަތަކީ ފިރިމީހާގެ ސަބަބުން ޖެހޭމައްސަލަތަކެއްކަމަށް އަންހެންކުއްޖާ ތުހުމަތުކުރަންފަށައެވެ. އަންހެން ކުއްޖާގެ ސިކުނޑިޅަވީމައެވެ. މިފަދަ އެތައްމައްސަލަތަކެއް މިހާރުމިވަނީ އަޅުގަނޑުމެންގެ ތެރޭގައި ވަރިގިނަވުމުގެ ސަބަބުތަކެއްގެ ގޮތުން ޢާއްމުވެފައެވެ.
ވަރިފަށަށްއަރައި ވަރިކުރަންޖެހޭ އަނެއްމައްސަލައަކަށް ވެފައިމިވަނީ ފިރިމީހާ ރުޅިއަންނަކަންތައްތަކެއް އަނބިމީހާގެ ފަރާތުން ފެންނަންފެށުމެވެ. އެގޮތުން ފިރިމީހާ ގެއަށްއަންނައިރު ގޭގައި އަނބިމީހާނޫޅުމާއި، ގަޑިންގަޑިއަށް ކާންނުހެދުމާއި ކުދިންތިބޭނަމަ ކުދިންފެންވެރުވުންފަދަ ކަންތައް ބަރާބަރަށް ނުކުރެވުމެވެ. މިފަދަކަންތައްތަކުގެ ސަބަބެއްކަމުގައި އަންބިމީހާވެގެންދާއިރު ވަރިކުރަންޖެހެނީ އަނބިމީހާގެ ސަބަބުންކަމުގައި ނުދެންނެވޭނެތޯއެވެ.
އަޅުގަނޑުމެން ގެ ދިރިއުޅުމުގެކަންތައްތައް ރޭވިފައިހުންނަގޮތުން ގިނަފިރިން އަބަދާއި އަބަދުހެން އުޅެންޖެހިފައިވަނީ އަނބިމީހާއި ވަކިން، ގެއިންބޭރުގައެވެ. މަސައްކަތްތައް ހުންނަގޮތުން ގެއަށްއާދެވެނީ ވަރަށްމަދުންނެވެ. މިހެންކަންތައް ތައް ދިމާވާ އަނބިންނަށް މިވާގޮތަކީ ކޮންމެވެސް އެހެން އަންހެނަކާއި ފިރިމީހާއާއި އަޅުވާ ކިޔަންފަށަނީ އެވ.ެ ނަތީޖާ ވަރަށްވެސް ގޯސްވެގެންދަނީ އެވެ. ފިރިމީހާވެސް އެފަދަބޮޑުތުހުމަތުތަކެ އަނބިމީހާ އޭނައިގެ ބޮލުގައިއަޅުވާތީ އަދި ބުނާއެއްވެސް އެއްޗެއް އަނބިމީހާޤަބޫލު ނުކުރާތި އެންމެފަހުން ރުޅިއައިސްގެން އޮންނަނީ ވަރިކުރަންޖެހިފައެވެ.
މިނޫނަސް މިފަދައެތައްބައިވަރު މައްސަލަތަކެއް އަނބިމީހާގެ ސަބަބުން ޖެހި ދެމަފިރިންގެ ދިރިއުޅުމަށް އަސަރުކޮށް ވަރިކުރަންޖެހިފައިވެއެވެ. މިހުރިހާ މައްސަލަތަކާއި ސަބަބުތަކެއް ތަފްޞީލްކޮށް ބަޔާންކުރުމަކީ މާމުހިއްމު ކަމެއްކަމުގައި ނުދެކެމެވެ.
ދާދިފަހުން އަޅުގަނޑުމެންގެ މިރަށުގައިވެސް ވަނީ ތިންހަތަރު ކައިވެންޏެއް ރޫޅިގެންގޮސްފައެވެ. މިކައިވެނިތައް ރޫޅިފައިވާ ސަބަބުތަކަކީ ކޮބައިތޯ ބަލާލާއިރު މިކަންކަން ދެނެހުރި ހަމަކޮންމެ މީހަކުވެސް މިކައިވެނިތައް ރޫޅުމުގެ %100 ހިއްސާކުރަނީ އަނބިމީހާކަމުގައި އެއްބަސްވާނެއެވ.ެ މީގެތެރެއިން އެންމެފަހުން ރޫޅުނު ކައިވެންޏާއި އޭގެކުރިން ރޫޅުނު ކައިވެނީގައިވެސް އަނބިމީހަވަނީ ފިރިމީހާއަށް ޚިޔާނާތްތެރިވެފައެވެ. ވަގުފިރިން ގެންގުޅެފައެވެ. އެކިދޮގުތައްހަދާ ދީނީގޮތުން މަނާކުރެވިފައިވާ ބޮޑެތިފާފަތަކަށް އަނބިމީހާއަރައިގެންފައެވެ. މިފަދަ އެތައް ކަންތައްތަކެއް އަނބިމީހާ ތަކުރާރު ކުރުމުގެ ސަބަބުން ފިރިމީހާއަށް ވަރިކުރަން މަޖުބޫރުވެގެން ވަރިކުރީއެވެ.
ލޯމަތިން ފެންނަން ހުރި މިފަދަކަންތައްތަކުގެ ސަބަބުން ދޮންސޮރުބެއަށް ބުނެވޭނީ ދިވެހިރާއްޖޭގައި ވަރިކުރން މިޖެހެނީ ހަމަ އަނބިމީހާގެ ސަބަބުން ކަމުގައެވެ.

Sunday, 18 January 2009

މާދަމާ ތިބާއަށް ހުރީކޮންގޮތެއް ހެއްޔެވެ؟ސ

ލިޔުން ހުށަހެޅުއްވީ : ފިލޮކްސް , ޙަޤީޤީ ޙާދިސާ


އޭނާޔަކީ އަހަރެންގެ ވަރަށްގާތް އަވަށްޓެރިއެކެވެ. އަހަރެން ބައެއްދުވަސް ދުވަހު އޭނާގެ ގެޔަށްގޮސް ވާހަކަ ދައްކާ މަޖާކޮށް ހަދަމެވެ. އޭނަޔަކީ އަހަރެންގެ ރައްޓެސަކަށް ވީތީއެވެ. އަހަންނަކީ އޭނާގެ އޮފީހުގައި އުޅޭމީހަކަށް ވެސް ވުމާއިއެކުއެވެ.
އަހަރެންނަކީ އެއޮފީހަށް ވަތްތާ އެހާގިނަދުވަސް ވެފައިވާމީހެއް ނޫންކަމުން އޭނާޔަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ކުރިޔަކުން އެނގިފައެއް ނެތެވެ.

ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާލުމަށްފަހު އޭނާ ބޮޑު ހަތަރު ބަނަސް ގަނެއެވެ. އަހަރެން އެގެޔަށް ދާއިރުއަބަދުވެސް ތިބެނީ އޭނަގެ އަންހެނުންނާއި ހަތަރުއަހަރަކަށްދާ ދަރިފުޅެވެ. އެހިސާބުމީހުން އަހަރެން އެގެޔަށް ވަދެ ނިކުމެހަދާތީ އަހަރެންނާއި ދިމާޔަށް ވަރަށް ބަލަހައްޓައިގެންވެސް ތިބެއެވެ.
އަހަރެން އެގެޔަށްދާއިރު އޭނާގެ އަވަށްޓެރިއެއްވެސް އެގެޔަށް ވަދެލާ އިންނަތަނެއް ނުދެކެމެވެ. އޭނާ ކޮންމެދުވަހަކުވެސް މިގެންދާ ހަތަރުބަނަހާ މެދުވެސް އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އަހަރެން މިކަމާ އެއްދުވަހު އޮފީސް ނިއްމާލުމަށް ފަހުމީހާޔާ ސުވާލުކުރީމެވެ. ކީއްކުރަން ކޮންމެދުވަހަކު ގެންދާ ބަނަހެއްތަ؟ އޭނާވަރަށް ހެވިލާފައި ޖަވާބުދިނެވެ. އަހަރެންގެ ދަރިފުޅު ވަރަށް މީރުކޮށް ކާއެއްޗެއްމީ ދަރިފުޅުމިނުގެންގޮސް ފިއްޔާ އެދުވަހުނުވެސްކާނެ… އަހަރެން ދެންއެކަމަކާ މާބޮޑަކަށް އަޅައެއްނުލަމެވެ.
ދެންއަހަރެން ސުވާލުއުފެދުނު އަނެއްކަމަކީ އެގޭގައި ވަކިންހަދާފައި ހުރިކޮޓަރިޔަކާމެދުއެވެ. އެގެޔަށް ދާއިރުއެކޮޓަރީގައި އަބަދުވެސް ބޮތްކެއް ދިއްލާފައި ހުއްޓައިފެނެއެވެ. އޭނާއެކޮޓަރިކައިރިއަށް ދާތީ އަހަންނަކަށް ނުވެސްފެނެއެވެ. އަދިއެކޮޓަރީގެ ތެރެއިން މީހަކު ނުކުމެ އުޅެނިކޮށްވެސް އަހަރެން ނުދެކެމެވެ. މިކަމާވެސް އަހަރެންސުވާލެއް ރާވާލީމެވެ. “އޭ! ތިގޭގަ ވަކިން އެހުންނަނީނުދޯ ކޮޓަރިޔެއް؟؟ އެތަން އެއީހުސްކޮށްހުރިތަނެއްތަ؟ އެތަންމަށަށް ކުއްޔަށްދޭންވީނު!” އަހަރެން މިހެން ބުނުމުން އޭނާހިނިގަނޑެއް ޖަހާލިއެވެ.
“ދޮންކަލޯ އެއީ ކުއްޔަށްދޭ ކޮޓަރިޔެއް ނޫން އެތަނަށް ނިދަންއަންނަ ކުއްޖަކުއުޅޭނެ އޭނަހިފާފަހުރިތަނެއް އެއީ” އޭނާ ބުންޏެވެ.
“އެހެންތަ ކަލެޔާ މަ ސަމާސާ ކޮއްލީ އިނގޭ… މަށަށް އިނގޭ މިހާ ބައިބޯތަނެއްގައި ކޮޓަރިޔެއް ހުހަށްނުހުންނާނެކަން” އަހަރެން ބުނެލީމެވެ.
މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އޮފީސް ބަންދު ދުވަހެއްގައި އަހަރެން އަންހެނުންނާއިއެކު އެގެޔަށް ދިޔައީމެވެ.
އަހަރެން އެގެޔަށްދިޔަމަގު މަތީގައި ކައިރީގައިހުރި ފިހާރަޔަކަށް ވަދެ ހަތަރުބަނަސްގަތީމެވެ. އަންހެނުން ކީއްކުރާ ބަނަހެއްތޯ އެހުމުން އަހަރެންބުނީ މީއޭނާގެ ދަރިފުޅަށް ވަރަށްމީރު އެއްޗެއްކަމުގައެވެ. އެދުވަހު އެގެޔަށްގޮސް އޭނަގެދަރިފުޅަށް އަހަރެން ބަނަސް ކޮތަޅުދިއްކޮއްލާފައި ބުނީމެވެ. “ކޮއްކޯމިހިރީބަނަސް ވަރަށްމީރުވާނެދޯ” އެކުއްޖާ އަހަރެންދެކެ ވަރަށްރުޅިއައިސްފައި ހުރި ފާޑަކަށްހުރެ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންގެހިތުގައި ސުވާލުތަކެއް އެވަގުތު އުފެދުނެވެ. އެވަގުތު އޭނާގެ ބައްޕަ ހީލާފައި ބުންޏެވެ. “ތީވަރަށް ވަރުގަދަކުއްޖެއް! ބައްޕަގެންނަ ބަނަސްނޫނިއްޔަ ކަމަކުނުދާނެ ” އޭރުވެސް އެކުއްޖާ ވަރަށް ރުޅިއައިސްގެން އަހަންނާ ދިމާޔަށް ބަލަހައްޓައިގެން ހުއްޓެވެ. އެދުވަހު އެހިނގާދިޔަ ހާދިސާޔާމެދު އަހަރެން މާބޮޑަކަށް ނުވިސްނަމެވެ.
އަހަރެން ޖެހިގެން އައިދުވަހު އޭނާގެ އަތުން ޕެންޑްރައިވް އެއް ނަގަންވެގެން އޭނާގޭގައި އުޅޭނެ ގަޑިޔަކަށްވާތީ ނުގުޅައި ދިޔައީމެވެ. އަހަރެން އެގޭގެ ދޮރައަށި ހުޅުވާލިތަނާ އޭނާގެ އަންހެނުން ދުރުގައި ވަކިންހުރި ކޮޓަރީގެ ދޮރުމަތީގައި ބަނަސްކޮތަޅެއް ހިފައިގެން ހުއްޓެވެ. އޭނާޔަކަށް އަހަންނެއް ނުފެންނާނެއެވެ. އަހަރެން ކުޑަކޮށް އެތެރެޔަށް ޖެހިލިތަނާ އޭނަގެއަންހެނުން އެކޮޓަރީ ގެދޮރުހުޅުވާލާފައި އެބަނަސްކޮތަޅު އެކޮޓަރީގެ ތެރެޔަށް އެއްލާލުމަށްފަހު ބުންޏެވެ. “މިއޮތީ ކާނާ ދެންވެސް މިކައިގެން އޮވެވޭތޯ ބަލާބަލަ”
މިހިސާބުން މިވާގޮތެއް ވަރަށް ރަނގަޅަށް ބަލަން އަހަރެން ބޭނުންވިއެވެ. އަހަރެން ހިތައްއެރިއެވެ. އެކޮޓަރީގައި އަނެއްކާ މިމީހުން ގެންގުޅޭ ޖަނަވާރެއް އޮތީބާވާއެވެ. ؟ އަހަރެންވަގުތުން އެގޭގައިހުރި ބަގީޗާގަސްތަކުގެ ތެރެޔަށް ތިރިވެނިވެލީމެވެ.
މިއަންހެނާ ކޮތަޅުއެއްލައިލުމަށްފަހު އެނބުރިއައިއިރު އޭނާގެ މޫނުމަތީގައި ރުޅިވެރިކަމުގެ އަސަރު އިންތިހާއަށް ހުއްޓެވެ. އެއަންހެނާ ދުވަހަކުވެސް އެހާރުޅިއައިސްފައި ހުއްޓައި އަހަރެން ނުދެކެމެވެ. މަޑުމަޑުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ގޮސް އެމީހުންގެ ކޮޓަރިޔަށްވަނެވެ.
އަހަރެން ވަރަށް ނިވާވަމުންގޮސް މިބަނަސްކޮތަޅު އެއްލިކޮޓަރި ބަލާލީމެވެ.
ޞުބުޙާނަ ﷲ އެވެ! އަހަރެންގެ ހަޔާތުގަ ވެސް އެފަދަމަންޒަރެއް ނުދެކެމެވެ. ކޮޓަރިތެރެއިން ދުވިވަހުން އަހަންނަށް ހޮޑުނުލެވުނީ ކިރިޔާއެވެ. އިންސާނުންގެ ނަޖިހުގެ ވަހެވެ! މުޅިކޮޓަރިތެރޭގައިވަނީ މަކުނުވާފުރާފައެވެ. ކޮޓަރީގެތެރޭގައި ބައެއްކަހަލަ ބޭނުންނުކުރާ ފޮށީތަކާއި މޭޒުކަހަލަ އެއްޗެހި ހުއްޓެވެ. އަހަރެން ހިތްވަރުކޮށްލާފައި ނޭފަތުގައި އަތްއަޅައި ކޮޓަރީގެ ތެރެޔަށްބަލަހައްޓައިގެން ހުރީމެވެ. ދެލޯވަޅުވަދެފައިވާ މުސްކުޅިއަންހެނަކު އެސްފިޔަޖަހާނުލައި އަންނާދިމާޔަށް ފެންކަޅިވެފައިވާ ޙާލު ބަލަހައްޓައިގެން އޮތެވެ. ގައިގައިވާހެދުމުގެ ކުލަވެސްވަކިކުރަން ނޭގެއެވެ. ކިލަޔާ ނަޖިހާ ތަތްތެޅިފައި އޮތުމުންނެވެ. އެއަންހެނާ އޮތްއެނދުގެ ކައިރީ ބިންމަތިގައި ދެބާލީސް ވެއްޓިފައި އޮތެވެ. މީހާވަނީ ހިކިއަނަރޫފަ ވެފައެވެ.
އެއަންހެނާ ކަޅިޖަހާނުލައި ޤަބުވެފައިވާހާލު ދެލޯބޮޑުވެފައި އޮވެ އަހަންނާދިމާޔަށް ބަލަހައްޓައިގެން އޮތެވެ. އެމީހާގެ ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ.
އަހަންނަށް އެތަނުގައި ވަސްދުވާކަން ފަހުން އިހުސާސްވެސް ނުވެއެވެ. އެއަންހެންމީހާ މަޑުމަޑު އޮވެ އެނދުގެ މަގަތަށްޖެހިއްޖެއެވެއެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ކުއްލިޔަކަށް އެނދުގެ އެއްފަރާތުގައި އަތްއަޅާއި ބިންމައްޗަށް ތިރިވިއެވެ. އެނދުގެ ކައިރީގައި އޮތްބަނަސް ކޮތަޅުނަގައި ހުޅުވާލިއެވެ. އަދިބިމުގައިވާ ކިލާތަކާއި އެކުވެފައިވާ ހާލު ބަނަސް ކާންފެށިއެވެ. ކައިރީގައި އޮތްފެންފުޅިއެއް ނެގިއިރު އޭގައިމައްޗެއްވެސް ޖަހާފައެއްނެތެވެ.
އެއަންހެނާ އޭގެއިން ފެންބުޔެވެ.
ކިޔުންތެރިންނޭވެ. އަހަންނަށްވެސް ހުރެވުނީޤަބުވެފައެވެ. އޭނަގެ އެހާލަތައް ހަމްދަރުދީވެވި ދުއްވައިގަނެވުނީވެސް މާލަހުންނެވެ.
އެއަންހެނާގެ އެންމެފަހުގެ ކެއުން އެކެއީ އަހަރެންގެ ކުރިމަތީގައެވެ. އެންމެފަހުގެ ފެންފޮދު އެބޮވުނީ އަހަރެންގެ ކުރިމަތީގައެވެ. إِنَّا لِلَّهِ وَ إِنَّا إِلَيهِ رَاجِعُونَ
އެއަންހެނާ މިދުނިޔޭ ހަޔާތާއި ވަކިވެގެން ދިޔަހާލަތެވެ.
އެކުވެރީންނޭވެ. ! މިވާހަކައިގެ ދިގުކަމުން ހުލާސާއެއް އަހަރެން ކިޔުންތެރިންނަށް ހުށައަޅާލީއެވެ.
އެކުވެރިންނޭވެ! އަހަރެންނަށް ފަހުން ހަޅޭއްވެސް ލަވައިގަނެވުނެވެ.
އެކުވެރީންނެވެ. މިދުނިޔޭގެ ހަޔާތާއި ވަކިވެގެން އެދިޔައީ އަހަރެންގެ އޮފީހުގެ އެކުވެރިޔާގެ ބަލާބޮޑުކުރި އޭނާގެ މަންމައެވެ. މިފަދަ ޙާލުގައި އޭނާ އެގެންގުޅުނީ އޭނާގެ މަންމައެވެ. އޭނާ ވިހެއި އޭނާގެ އަމިއްލަ މަންމައެވެ. އަނބިމީހާ ރުއްސުމަށްޓަކައި އެ މަންމައަށް މިފަދަ ނިކަމެތި ޙާލެއް ޖެއްސީއެވެ.
އެކުވެރިންނޭވެ! އޭގެ ފަހުން އަހަރެން އޭނާއާ ގުޅުންކަނޑާލީމެވެ. އަމިއްލަ މަންމައާ ދޭތެރޭ މިހާ އިޙާނެތިކޮށް ހިތި މީހަކާ އެކީ އުޅެވޭނީ ކިހިނެތްތޯއެވެ.
ފަހުން އޭނާގެ އަވައްޓެރިން ބުނެދިން ގޮތުގައި އެމީހުންވެސް ތިބީ އެގެޔަށް ވަންނަން ނުކެރިފައެވެ. ސަބަބަކީ އެފިރިހެންމީހާގެ އަންހެނުންނާ ހެދިއެވެ. އޭނާގެ ޒީލަގަދަކަމާހެދިއެވެ.
އެކުވެރިންނޭވެ! މިފަދަވާހަކަތަކުން އަހަރެމެން އިބްރަތެއް ހާސިލްކުރަމާ ހިނގާށެވެ! މިއީ ޙަޤީޤީ ޙާދިސާއެކެވެ.
އެކުވެރިންނޭވެ! ހަނދުމަކުރައްވާށެވެ! މައިންބަފައިންނަށް އޯގާތެރިވެ އެބައިމީހުންނަށް ހެޔޮކޮށް ހިތުމަށް އިސްލާމްދީނުގައި އަހަރެމެންނަށް އަންގަވާފައި ވަނީ ވަރަށްވެސް މަތީ ދަރަޖައަކަށެވެ. އެދެމީހުން، ޚާއްޞަކޮށް މަންމައަށް ހެޔޮކޮށް ހިތުމަށް ﷲ ވަނީ އަހަރެމެންނަށް އަމުރު ކުރައްވާފައެވެ.

ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
“އެއިލާހަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނު ވެރި އިލާހު ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުން ކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ، އެ ދެމީހުންނަށް “އުފް” ވެސް ނުބުނާށެވެ. (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!”
“އަދި އޯގާތެރިކަމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވާފާނދޭވެ!” {އަލް އިސްރާއު24-23}ސ
އެކުވެރިންނޭވެ! ﷲ ގެ ރުހިވޮޑިގަތުން ވަނީ މައިންބަފައިންގެ ރުހުމުގައެވެ. އެއިލާހުގެ ކޯފާ ވަނީ އެމީހުންގެ ނުރުހުމުގައެވެ. އަދި ދަންނާށެވެ! މިއަދު ތިބާގެ މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރާ ގޮތަށް މާދަމާ ތިބާގެ ދަރިން ތިބާއާ ދޭތެރޭ ކަންތައް ކުރާނެއެވެ. އެހެންކަމުން މައިންބަފައިންނަށް އިޙްސާންތެރިވާށެވެ.
މާދަމާ ތިބާއަށް ހުރީކޮންގޮތެއް ހެއްޔެވެ.!!!!ސ

Saturday, 17 January 2009

"Will increasing the incomes of all increase the happiness of all?"

Written by: philox

Few years back a group of economists conducted a study in which they compared the happiness levels of societies across the world. One of the questions they raised was “will increasing the income of all increase the happiness of all?” When we think about it, most of the time we relate people’s financial well-being with happiness. If this is true, the happiest people in the world would be the wealthy population.


Addressing this issue at a micro level, you may expect your happiness level to increase a little bit, if there is a bit increase in your monthly income. With the rise in income, probably you would be able to afford more leisure, fancy goods, or a nice home. Will any additional rise in income increase your level of happiness? According to those economists, happiness often depends on relative income as well. If your income doubles, and at the same time, incomes of your neighbor and friends triples, then it may not increase your happiness level. If your income doubles, while incomes of all the others remain the same, then will you feel happier? Depending on the answers that we give these questions, it may be true that increasing the income of all may not increase the happiness of all.

We may bring political reform with it provide us many civil liberties. We need economic reforms, with it should provide a livelihood. We also need social reforms, so that we can achieve the kind of ‘happiness’ that I’m talking about.

We may establish a society based on good democratic principles and even progress economically. However, economic progress not necessarily means improvement in living standard. With a rise in income level, there must be mental happiness, and the emotional well-being of the people in the country. Economic development if achieved at the expense of a wealthy society with high suicide rates, increased crimes, and broken families, then increasing the incomes alone may not the improve the happiness of all

މާފުށީޖަލްގައި ޤައިދީންކުރަމުން ގެންދިޔަ ހަޅުތާލުހުއްޓާލައިފި.


ޤައިދީއަކު މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނީ މާފުށީޖަލްގައި ޤައިދީން ކުރަމުން ގެންދިޔަ ހަޅުތާލު ހުއްޓާލައިފިކަމުގައެވެ. އެމީހުން ހަޅުތާލުހުއްޓާލީ މިކަމުގައެންމެ އިސްކޮށް ޙަރަކާތްތެރިވީ މީހުން އިއްޔެ ފޭދޫފިނޮޅަށް ބަދަލުކުރުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިފަހަރު ކާންފެށީވެސް އެއްވެސް ޝަރުތަކާއި ނުލައިކަމުގައިވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން މަޖްލީސް މިހާރުޗުއްޓީގައި އޮތުމުން ކަންތައް ތަކެއް ލަސްވަމުންދަނީކަމަށް އެމީހުން ޤަބޫލުކުރާކަމަށާއި ، އަލުން އާމަޖްލީހެއް އިންތިޚާބުވުމުން ކަންތައްތައް ރަގަޅުވެގެންދާނެކަމަށް އުންމީދުކުރާކަމުގައިވެސް އޭނާ ބުންޏެވ.ެ
އަދި މީގެއިތުރުން ސަރުކާރުން ކޮށްދޭނެކަމަށްބުނާ ބައެއް ކޮންދެމުންގެންދާކަމަށާއި، އެގޮތުންމިސްކިތް ބޮޑުކުރަން ފަށާފައިވާ ކަމަށްވެސް އޭނާބުންޏެވެ. ނަމަވެސް މިހާރުގައިދީން ނަށް ލިބޭކެއުންރަގަޅުނޫންކަމަށާއި، އެންމެންނަށް ވާވަރަށް ކާންނުލިބޭކަމަށްވެސް އޭނާ އިތުރަށްކިޔައިދެމުން ބުންޏެވެ. އަދި ޖަލްގައި ހުންނަ ފިހާރައިން ތަކެތިއަގުބޮޑުކަމުން އެތަކެތި ގައިދީންނަށް ނުގަނެވޭކަމަށާއި، މިފިހާރަ ބިޑަށްލާނެކަމަށް ސަރުކާރުން ބުނެފައިވާކަމަށް ޤައިދީން ބުނާކަމަށް ވެސް އޭނާ ހާމަކުރިއެވެ.
މީގެއިތުރުން ރޭގެވަގުތެއްގައި ޖަލްގައިހުންނަކުޑަގޮޅީގެ ގައިދީއަކު ދަންޖެހެން މަސައްކަތްކޮށްފައިވާކަމަށާއި، ނަމަވެސް މިކަންހުއްޓުވާ އެގޮޅީގައި ތިބިމީހުން އޭނާ އެގޮޅިއަށް އޭނާ ވައްދާފައި ވާކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ. މިގޮޅިއަކީ ހޯމްމިނިސްޓްރީން ނައްތާލަން އެދިފައިވާ ގޮޅިއެކެވެ.
މިފަހަރު ގައިދީން ކުރިހަޅުތާލުގައި އެމީހުންޑިމާންޑްކޮށްފައިވަނީ ޤާނޫނީ ހަމަތަކުން އެމީހުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށެވ. އަދި އެމީހުންއެދެނީ އަފޫޢާއްމު ދީ ދޫކޮށްލުން ނޫންކަމަށާއި، އެމްޑީޕީއިންކުރިވަޢުދާއި އެއްގޮތަށް އެމީހުން ރިހިބެލިޓޭޝަން ސެންޓަރަށް ގެންގޮސް ފަރުވާދީގެން މުޖްތަމަޢުއަށް ފައިދާކުރަނިވި ބައެއްގެގޮތުގައި މުޖްތަމަޢުއަށްނެރެދިނުން ކަމުގައި ޤައިދީން ބުނެފާވެއެވެ.

ދިވެހިޤައުމީޕާޓީން ބޭނުންވަނީ ދެންހޮވޭ ރައްޔިތުންގެ މަޖްލީހަކީ ޢިލްމީ މަޖްލީހަކަށް ހަދަން – ޑރ.ޙަސަން ސަޢީދު


ދިވެހިޤައުމީޕާޓީން ބޭނުންވަނީ ދެންހޮވޭ ރައްޔިތުންގެ މަޖްލީހަކީ ވަރަށް ޢިލްމީ އަދި އެކި އެކި ކަންކަމުގައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީކޮށް ސަރުކާރަށް ޕްރެޝަރ ކުރެވޭފަދަ މަޖްލީހަކަށް ހަދަން ކަމަށް ޑރ.ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ. ޗެމްބަރސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑރ.ޙަސަން ސައީދާއި، ޑރ.މުޙައްމަދު ޖަމީލާއި، ޑރ. ޝަހީދުދެއްވި ނޫސްކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޑރ.ޙަސަން ވިދާޅުވީ އަންނަ ޢާޢްމު އިންތިޚާބުގައި ގައުމީޕާޓީގެ ފަރާތުން 20 ނުވަތަ 15 ގޮނޑި ކާމިޔާބު ކުރައްވަން މަސައްކަތް ޕުޅު ކުރައްވަމުން ދާކަމަށާއި، އަދި ޕާޓީގެ ލީޑަރޝިޕްގައިމަސައްކަތް ކުރުމުންގެންދާ ގިނަމީހުންނަކީ މަތީތަޢުލީމު ޙާސިލްކުރަމުން ގެންދާ ފަސްބައިގާ ކިލަނުބުކަމެއްނެތް މީހުންކަމުގައި ޑޮކުޓަރ ޙަސަން ވިދާޅުވިއެވެ.

ޤައުމީޕާޓީގައި ހަތަރު ނައިބުޒަޢީމަކު ޙަރަކާތްތެރިވަމުންދާއިރު އޭގެތެރެއިން އެކަކަކީ ޒުވާނުންގެ ގޮފީގެ ރައީސަށްވާންޖެހޭނެކަމަށާއި ދެންހުންނެވި ނައިބަކީ އަންހެނުންގެ ގޮފީގެ ރައީސާކަމަށާއި، ތިންވަނަބޭފުޅަކަށްހުންނަވާނީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވެރިޔާކަމުގައިވެސް ޑޮކްޓަރ ޙަސަން ވިދާޅުވިއެވެ.

Thursday, 15 January 2009

Communities can take part in the effort to put a stop to drug abuse.

Written by: HASSAN SAEED (thihthi)

The illegal or harmful use of drugs is a major threat to our nation and to future generations. Drugs are substances that are becoming more common in our communities as each day goes by. The demand for drugs is also increasing daily. People need to act and play a part in the combating of drugs starting in their own homes. Every individual needs to be aware of the consequences of drug abuse and to help spread the word starting at young ages. All parts of local and national communities need to unite the strengths of professional expertise, generational wisdom, and individual commitment to combat the drug problem as they strive together toward a healthier nation.

Communities can take part in the effort to put a stop to drug abuse by organizing groups of prevention experts and community volunteers whose mission is to help assure a healthier and safer world through drug prevention efforts by providing statistics and accurate information on the abuse of substances. There should also be a higher number of organizations that provide expertise on drug strategies. Everyone who seeks help against drug abuse should be able to find it regardless of where they are located.
There also needs to be enforcement in stronger laws and meaningful legal penalties that hold users and dealers accountable for their actions. The fear of facing the consequences might even prevent some of those who planned to handle drugs. Organizations against drug abuse need to support efforts to prevent availability and use of drugs, and oppose policies and programs that accept drug use. They also need to support national treaties and agreements, including national authorizations and penalties against drug trafficking, and oppose attempts to weaken national drug policies and laws.

ލަންދޫސްކޫލްގެ ސްކޫލްބޯޑު އުފެއްދުމަށް ބޭނުންވާ މަޢުލޫމާތު ބެލެނިވެރިންނަށް ދީފި


ލަންދޫސްކޫލްގެ ސްކޫލްބޯޑު 2009 ވަނައަހަރަށް އެކުލަވާލުމަށް ވާންޖެހޭތައްޔާރީތައްވުމަށާއި، މިބޯޑު ހިންގަމުން އައި ޤަވާއިދަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ގެންނެވި ބަދަލުތަކާއި ބެލެނިވެރިންނަށް ދޭންެޖެހޭ ކަމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު އެސްކޫލްގައި ބާއްވައިފިއެވެ.
ވަރަށްގިނަ ބާރުތަކާއި އިމްތިޔާޒު ތަކެއް ލިބި މިނިވަން މުއްސަސާއެއްގެ ގޮތުގައި އަދި ޤާނޫނީ ހައިސިއްޔަތެއްވެސް ލިބިދީގެން ސަރުކާރުގެ ހުރިހާ ސްކޫލެއްގައިވެސް މިއަހަރު އުފެއްދުމަށް ހަމަޖެހިފައިވާ ސްކޫލްބޯޑަކީ ސްކޫލުގެ އިސްވެރިއަކަށް ބަހައްޓާނެ ބޭފުޅަކު ހަމަޖެއްސުމުގައްޔާއި، ސްކޫލްގެ އިސްމަޤާމްތަކަށް މުވައްޒަފުން ހަމަޖެއްސުމުގައި މުހިއްމު ދައުރެއްއަދާކުރާނެ ބަޔަކަށް ވެގެންދާނެކަމަށް ލަންދޫސްކޫލުން މިއަދު ބެލެނިވެރިންނަށް މަޢުލޫމާތު ދެއްވަމުންބެލެނިވެރިންނަށް އޮޅުންފިލުވައިދެއްވިއެވެ.

މީގެކުރީގެ އަހަރުތަކުގައި ސްކޫލްބޯޑުގެ މެމްބަރުން ކުރައްވާފައިވާ ބުރަ އަދި އެހާމެ ޛިންމާބޮޑު މަސައްކަތްތަކަށް ޝުކުރުއަދާކުރައްވަމުން މިބައްދަލުވުމުގައި އެސްކޫލުން ހާމަކުރެއްވީ ވޭތުވެދިޔަ އަހަރުތަކުގައި ބޯޑުގެމެމްބަރުންނަށް އެއްވެސް އިނާޔަތެއް ނުވަތަ އެލަވަންސެއް ލިބިފައިނެތްކަމުގައިވިޔަސް މިއަހަރުންފެށިގެން ބޯޑުގެ މެމްބަރުނަށް އެކަށީގެންވާ އެލެވަންސެއް ސަރުކާރުންދެއްވާ ގޮތަށް ހަަމަޖެހިފައިވާ ކަމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް ފޮނުވައްވާފައިވާ ސްކޫލްބޯޑުއެފެއްދުމާއި ބެހޭ ޤަވާއިދުގައިވާ ކަމަށެވެ.
ކުރިމަތިލާ މީހުންގެ މެދުގައި ބޭއްވޭ އިންތިޚާބަކުން ( ސިއްރުވޯޓަކުން ) އަލަށް މިއުފައްދާބޯޑަށް މެމްބަރުން އިންތިޚާބުކުރަން ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން 5 ބޭފުޅުންނާއި ، ޓީޗަރުންގެ ތެރެއިން 2 ބޭފުޅުންގެ އިތުރުން މިނިސްޓްރީއިން ކަނޑައަޅުއްވާ 2 ބޭފުޅުންނާއި ، ޕީޓީއޭ ގެ ނައިބުރައީސާއި، ސްކޫލްގެ އިސްވެރިޔާއާއި އަދި ސްކޫލްގެ ކެޕްޓަނާއި އެކު ޖުމުލަ 13 މެމްބަރުން ކަމަށްވެސް އެބައްދަލުވުމުގައި ލަންދޫސްކޫލުން މަޢުލޫމާތުދެއްވިއެވެ.
މި 13 މެމްބަރުންގެ ތެރެއިން ބެލެނިވެރިންގެތެރެއިންނަގާ 5 މެމްބަރުންނާއި، ޓީޗަރުންގެ ތެރެއިން ނަގާ 2 މެމްބަރުންނަކީ ސިއްރުވޯޓުން އިންތިޚާބުކުރާ 7 ބޭފުޅުންނެވެ. އަނެއް 6 ބޭފުޅުންނަކީ އޮޓޮމެޓިކުން ބޯޑަށް އަންނަ ބޭފުޅުންކަމުގައި މިނިސްޓްރީގެ އާ ޤަވާއިދުގައިވާކަމަށް ވެސް ލަންދޫސްކޫލުން ހާމަކުރެއްވިއެވެ.
ލަންދޫސްކޫލަކީ ވޭތުވެ ދިޔަ 4 އަހަރުދުވަހުވެސް މެދުކެނޑުމެއްނެތި ސްކޫލްބޯޑުހިންގާ ، ކުދިންގެ އަޚްލާޤާއި ސްލޫކު ސީދާ އެބޯޑުގެ ދަށުން ބައްލަވާ އަދި ސްކޫލު ހިންގުމަށްބޭނުންވާ ފަންނީ މަޝްވަރާ ދެއްވާ ވަރަށް ހީވާގި ސްކޫލުބޯޑެއް އޮންނަ ސްކޫލެކެވެ. އަދި އެސްކޫލުން މަޢުލޫމާތުދެއްވާ ގޮތުގައި ލަންދޫސްކޫލްގައި ޕީޓީއޭ އުފައްދަވާ ކޮންމެ ދެއަހަރުން އެއްއަހަރު ޕީޓީއޭގެ އެގްޒެކްޓިވް ކޮމިޓީ އެއް އިންތިޚާބުކޮށް ޕީޓީއޭ ހިންގަމުން އަންނަތާ މީ 19 ވަނައަހަރެވެ. ވޭތުވެދިޔަ 18 އަހަރުދުވަހުގެ ތެރޭގައި ޕީޓީއޭގެ ފަރާތުން އެސްކޫލަށް ވެދެއްވާފައިވާ އަގުބޮޑުޚިދުމަތް ތައް އެސްކޫލުން އަބަދުވެސް ޝުކުރުވެރިކަމާއިއެކު ފާހަގަކުރައްވާކަމަށް ލަންދޫސްކޫލުން ވިދާޅުވެއެވެ.

Wednesday, 14 January 2009

ގިނަބަޔަކު ހީކުރިގޮތާއި ޚިލާފަށް

ލަންދޫ ކައުންސިލަރގެ މަޤާމަށް މަޖޫ ހަމަޖައްސަވައިފި


ލަންދޫ ކައުންސިލަރުގެ މަޤާމަށް ލަންދޫ ރަސްފަރު މަޖުދުﷲ ޢަބުދުއްރައްޒާޤު ސަރުކާރުން މިއަދު ހަމަޖައްސަވައިފިއެވެ. ކައުންސިލަރުގެ މަޤާމަށް ކުރިން ހަމަޖެހޭނެކަމަށް ގިނަޔަކު ޤަބޫލުކުރަމުން އައީ ސީދާ ތިމަންނަ ރަށުގެ ކައުންސަލަރކަށް ދާނަމޭ ފާޅުގައި ބުނަމުން އައި ލަންދޫ ބުލޫކިޔާގެ އަލްފާޟިލް ޖައުފަރު ރަޝީދެވެ. ނަމަވެސް އެކި ގޮތްގޮތަށް ތަފާތު ބަހުސް ތައް ރަށުތެރޭގައި މިކަމާއިމެދު ކުރެވެމުން މިދާ ދަޑިވަޅުގައި ކުއްލިއަަކަށް އިވިގެންދިޔަ ޚަބަރަކީ މަޖޫ މިމަޤާމަށް ހަމަޖެހިގެން ދިޔަ ޚަބަރެވެ. އެހެންކަމާއި އެކު ލަންދޫއިންފޯއިން އޭނާއަށް އިސްވެ މަރުޙަބާކިޔަމެވެ.

ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ނ.އަތޮޅުތަޢުލީމީމަރުކަޒުން ޙާސިލްކުރެއްވި އަލްފާޟިލް މަޖްދުﷲ ޢަބުދުއްރައްޒާޤަކީ މާލޭއިންގްލިޝް ސްކޫލުންވެސް ތަޢުލީމު ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ލަންދޫ މިއަދު މިދެކޭ ތަރައްޤީގެ ބާނީ ކަމުގައިބެލެވޭ މުޅިއަތޮޅަށާއި، ރާއްޖެއަށް ޤައްޒާފީ ގެ ނަމުން މަޝްހޫރުވެފައިވާ ލަންދޫގެ ކުރީގެ ކަތީބު އަލްމަރުޙޫމް ޢަބުދުއްރައްޒާޤު މޫސާގެ ދެވަނަ ދަރިފުޅު މަޖުދުﷲ ފާހަގަ ކުރެވިފައިވަނީ އެމްޑީޕީ އަށް ވެންނެވީންސުރެން މިއަދާއި ހިސާބަށް އެމްޑީޕީ އަށް ޓަކައި ވަރަށް އިޙްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
ރަށުގެ އެކިކަންކަން އިސްލާޙްކުރެއްވުމަށް ކުރެއްވެން ހުރި ކަންތައް ތަކަކީ ކޮބައިތޯ ބައްލަވާ އެފަދަމަސައްކަތްތަކުގައި އުޅުއްވާ އަދި އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރައްވާ ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ނަޝީދަށް ވޯޓްހޯއްދެވުމަށް ރަށުގައިވެސް އަދި މާލޭގައިވެސް ވަރަށްބުރަމަސައްކަތް ތަކެއްކުރައްވާފައިވާ މަޖުދުﷲ އަކީ މިހާރު މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިދިޔަ އަލްޙާ ޢީދުބަންދުގައި ޢާއިލާއާއި އެކު އީދުޗުއްޓީ ހޭދަކޮށްލެއްވުމަށް ރަށަށް ވަޑައިގަތެވެ.
ލަންދޫ ބޮޑުކަތީބު އަލްފާޟިލް ޙަސަންނަޞީރު އާއި ދެބެންގެ ދެދަރި ލަންދޫ ރަސްފަރު އަލްފާޟިލް މަޖްދުﷲ ޢަބުދުއްރައްޒާގު ފަހަކަށްއައިސް ފާހަގަކުރެވިފައިވަނީ ދީންވެރި މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. އަދި މަޖޫއަކީ ކުޑައިރުއްސުރެވެސް މިއަދާހަމައަށް ވެސް ރައްޓެހިންނަށް ހެޔޮ ގާތްތިމާގެ މީހުން ނާއިގުޅޭ އޯގާތެރި ބޭފުޅެކެވެ.
ރަށުކައުސިލަރުގެ މަޤާމަށް އަލަށް މަޖޫހަމަޖެހިގެންދިޔުމުން ލަންދޫއިންފޯގެ ފަރާތުން މަޖޫއަށް ތަހްނިޔާއާއި މުބާރަކުބާދީ އަރިސްކުރަމެވެ. އަދި މަޖޫގެ ދުރުވިސްނުމާއި، ހިންގުތެރި ވެރިކަމުގެ ދަށުން ލަންދޫގެ އެންމެހައިކަންތައްތައް މިހާރަށް ވުރެ ފުރިހަމަ ވެގެންދާނެކަމަށް ލަންދޫއިންފޯއިން އުންމީދުކުރަމެވެ.

Tuesday, 13 January 2009

ކެނދިކުޅުދޫސްކޫލްގެ ޕްރިންސިޕަލް ޢަބުދުﷲ އަޙްމަދު ކެމްޕޭން ދަތުރުފުޅެއްގައި ލަންދޫއަށް ވަޑައިގެންފި


ކުރިއަށް އޮތް ޢާޢްމު އިންތިޚާބަށް ނ.އަތޮޅުގެ ތިންދާއިރާއިން ކުރެ ނ.ކެނދިކުޅުދޫ ހިމެނޭ އިރުމަތީ ބިތަށް ރައްޔިތުންގެ މަޖްލީހުގެ މެމްބަރުކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވާ ނ.ކެނދިކުޅުދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަބުދުﷲ އަޙްމަދު އިއްޔެ ލަންދުއަށް ކެމްޕެއިން ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
މިއިންތިޚާބުގައި މިހާތަނަށް މާޅެންދޫ އާއި ހެނބަދޫ ފިޔަވާ މިބިތުގައި ހިމެނޭ 5 ރަށުން ކޮންމެރަށަކުންވެސް މަދުވެގެން އެއްބޭޅަކު ކުރިމަތިލައްވާނެކަމަށް ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިފައިވެއެވެ. މިހާތަނަށް އެނގިފައިވާ ގޮތުން ލަންދޫއިން ވެސް ދެބޭފުޅަކު މިއިންތިޚާބުގައި ވާދަކުރައްވާނެކަމަށް އެންގިފައިވެއެވެ.

އަލްފާޟިލް ޢަބުދުﷲ އަޙްމަދަކީ މިހިސާބުގެ ވަރަށް ގިނަބަޔަކު ދަންނަ މަޝްހޫރު މޫނެކެވެ. އެބޭފުޅާގެ މަޝްހޫރުކަމާއި ހުނަރުވެރިކަން އިތުރަށް ހާމަވެގެން ގޮސްފައިވަނީ 2006 ވަނައަހަރު ކެނދިކުޅުދޫ ސްކޫލް ހިންގަވަން ވެރިއެއްގެ ގޮތުގައި އެބޭފުޅާ ހުންވައިގެން އެސްކޫލްގެ ދަރިވަރުން ޖީސީއީ އިމްތިޙާނު ތަކުން ހޯދި މަތިވެރި ކާމިޔާބީއެވެ. ޢަބުދުﷲ އަޙްމަދު ގެ ހީވާގި މަސައްކަތް ޕުޅާއި އެކު މިހާރު ކެނދިކުޅުދޫ ސްކޫލްގައި ވަނީ ގްރޭޑް 11 އަދި 12 ވެސް އުފައްދާފައެވެ.
އަދި މިހާތަނަށް އެނގިފައިވާ ގޮތުން ލަންދޫ މާޅެންދޫ ހެނބަދޫ ކެނދިކުޅުދޫ ކުޑަފަރި މިފަސްރަށުން ބޭފުޅުން ކުރިމަތިލައްވާ އިރު މިއިންތިޚާބު ޔަޤީންކަމާއި އެކު ކާމިޔާބުކުރެއްވޭ ވަރުގެ ޝަޚްޞިއްޔަތެއް ކުރިމަތިލައްވާނެކަމަކަށް ގިނަމީހުން ނުބުނެއެވެ. ކޮންމެ މީހަކުވެސް ބޮޑަށް ބުރަވަނީ އެމީހެއްގެ ރަށުމީހާއަށް ވޯޓުދިނުމަށެވެ. އަދި ރަށުން އެކަކަށްވުރެ ގިނަމީހުން ކުރިމަތިލައްވައިފިނަމަ މެމްބަރުކަމަށް އެންމެ ޤާބިލް ފަރާތަކަށް ވޯޓުދިނީމާ ހުންނާނީ ރަގަޅަށް ކަމަށް ބައެއްފަރާތްތަކުން މިހާރުވެސް ބުނަމުން ދެއެވެ.
އިންތިޚާބު ކާމިޔާބުކުރައްވާނީ ކޮން ކެނޑިޑޭޓެއްކަން އެނގިގެން ދަންނަވަން އެގެނީ އިންތިޚާބަށް ފަހުގައި ދޮގެއްތޯއެވެ.

ލަންދޫގައި ޕްރީސްކޫލްގެ ޚިދުމަތް މިއަހަރު ދޭނީ "ލިޔެސް" އިންކަމަށް ހާމަކޮށްފި



ލަންދޫ ގައި ޕްރީސްކޫލްގެ ޚިދުމަތް މިއަހަރުން ފެށިގެން ދެން ދޭނީ ލަންދޫޔޫތު އެންކަރޭޖިން ސޮސައިޓީން ކަމުގައި އެޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހީމް ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވައިފިއެވެ. މިއަދު ހެނދުނު ގެ ވަގުތެއްގައި ލަންދޫއިންފޯއަށް ދެއްވި ބަސްދީގަތުމެއްގައި ލިޔެސް ޖަމްޢިއްޔާގެ ރައީސް ލަންދޫސްކޫލްގެ ޕްރައިމަރީޓީޗަރ އަލްފާޟިލް މުޙައްމަދު އިބްރާހީމް ވިދާޅުވީ ފުރަތަމަ ފަށައިގަންނައިރު ކިޔަވައިދެއްވަން ފައްޓަވާނީ މިދިޔައަހަރު އާމިރީނާސަރީ ކްލާސް ހިންގި ޢިމާރާތުގައި ، ހަމަ އެތާނގެ ތަކެތީގައި، ފަރނީޗަރާއި އެހެނިހެން ތަކެތި ބޭނުންކުރައްވައިގެންނެވެ.

މުޙައްމަދު އިބްރާހީމް އިތުރަށް ވިދާޅުވީ ޖަމްޢިއްޔާގެ ފަރާތުން ނާސަަރީކްލާސް މިއަހަރުން ފެށިގެން ކުރިއަށް އޮތްތާންގައި ހިންގަން މިފައްޓަވަނީ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާއިވެސް މަޝްވަރާކުރެއްވުމަށް ފަހު މިޚިދުމަތް ލަންދޫގައި ދޭންމެފަށަނީ އެކަށީގެންވާ ފެންވަރެއްގައި މިޚިދުމަތް ދެއްވޭނެކަމުގެ ވަރަށްބޮޑު އުންމީދު އޮވެގެންކަމުގައެވެ.
ޕްރީސްކޫލްގައި ކިޔަވައިދެއްވާނެ ޓީޗަރުން ހޯދަވާނީ އެކަމަށް ޢިއުލާނުކޮށްގެން ކުރިމަތިލާ ކުދިންގެ ފެންވަރު ވަޒަން ކޮށް ކަމަށް އެކަށީގެންވާ ކުދިންގެ ތެރެއިން ކަމަށްވެސް ލިޔެސްގެ ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އަމިއްލަ ޢިމާރާތަކަށް ޕްރީސްކޫލް ބަދަލުކުރުމަށް މަސައްކަތް ފައްޓަވާނެ ވާހަކަވެސް ވިދާޅުވިއެވެ.
މިއަދުންފެށިގެން މިމަހުގެ 18 ގެ ނިޔަލަށް ރަޖިސްޓްރޭޝަނުގެ ކަންތައް ނިންމުމަށް ހަމަޖެހިފައިވާ ޕްރީސްކޫލްގެ ޚިދުމަތަށް ބޭނުންވާ ދަރިވަރުން ނަންނޯޓު ކުރުމުގެ ކަންތައް ލިޔެސް ޖަމްޢިއްޔާއިން މިއަދުން ފެށިގެން ކުރިއަށް ގެންދަވާނެކަމަށާއި ، ނަންނޯޓްކުރުމުގައި ވަކިޢުމުރަކަށް ނުބައްލަވާ ކަމަށާއި ބޭނުންވެލައްވަނީ ވީހާވެސް ގިނަކުދިން ކަމުގައި ވޭތުވެދިޔަ އަހަރުވެސް ޖަމްޢިއްޔާގެ ރައީސްކަން ކުރެއްވި އަދި މިއަހަރުގެ ވެސް ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

Monday, 12 January 2009

ލަންދޫގައި ތިބީ 65 އަހަރުން މަތީގެ 36 މީހުންކަމުގައި ސަރވޭޓީމުން ބުނެފި


ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް، އެންމެ ގިނައިން ވިދާޅުވި އެއްވާހަކަފުޅަކީ ޢުމުރުން ދުވަސްވީ މީހުންނަށް އެލަވަންސެއް ދެއްވާނެވާހަކައެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅުން މިއަދަކު މާދަމާއަކު މިޤައުމުގައި ތިބި ޢުމުރުންދުވަސްވީ މީހުންނަށް އެވިދާޅުވި އެލަވަންސް ލިބެންފަށާނެއެވެ.
ލަންދޫގައި ތިބި މީހުންގެތެރެއިން އެލަވަންސް ލިބެންޖެހޭ މީހުންނަކީ ކޮބައިތޯ ބެލުމަށް ލަންދޫ އޮފީހުން ސަރވޭ ޓީމެއް އެކުލަވާ ލައްވާ މިއަދުވަނީ އެފަދަމީހުންގެ ލިސްޓެއް ނަންގަވާ ފައެވެ. ސަރވޭ ޓީމުގެ ލިސްޓްގައި ވާގޮތުން މިވަގުތު ލަންދޫގައި ތިބީ އެލަވަންސް ލިބެންޖެހޭ36
މީހުންނެވެ.
ސަރވޭޓީމުގެ ބޭފުޅެއް ކަމުގައިވާ ލަންދޫ ދޫރެސް އަލްފާޟިލް ޢަބުދުﷲ އަމްޖަދު ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވިގޮތުގައި މިމަސައްކަތުގައި ލަންދޫގެ ގޭގެއިން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވާފައިވެއެވެ. އަދި ވަކިންޚާއްޞަކޮށް ޢުމުރުން ދުވަސްވީ ބޭފުޅުން ގެ ފަރާތުން ލިބިފައިވާ އެއްބާރުލެއްވުމަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ. އަދި އިތުރަށް އަމްޖަދު ކިޔައިދެއްވިގޮތުގައި ޢުމުރުން ދުވަސްވީ ބޭފުޅުންގެ ތެރެއިން ޢުމުރުން 65 އަހަރާ ގާތްކުރާ މީހުން ޢުމުރު ހަމަނުވާތީ ވަރަށްބޮޑަށް ދެރަވެގެން އުޅުއްވިއެވެ. އަދި އެފަދަބައެއްބޭފުޅުން ގެ އައިޑީކާޑު ޞައްޙަނޫންކަމަށްވެސް އެފަދަ ބޭފުޅުން ތުހުމަތު ކުރައްވާ ކަމަށްވެސް އަމްޖަދު ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވިއެވެ.
ލަންދޫއިންފޯއިން އެދެނީ މި އެލަވަންސް ދާއިމީ ގޮތެއްގައި ޝަރުތުހަމަވާ އެންމެހައި ބޭފުޅުންނަށް ލިބިގެން ދިޔުމެވެ.

Sunday, 11 January 2009

ބިމާއި،ގޮނޑުދޮށް ހެޔޮގޮތުގައި ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއްބާއްވައިފި.


ލަންދޫޔޫތުއެންކަރޭޖިން ސޮސައިޓީއާއި ، ލިވްއެންޑް ލާރން ، އާއި އަދި ލަންދޫއޮފީހާއި ގުޅިގެން ބިމާއި،ގޮނޑުދޮށް ހެޔޮގޮތުގައި ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމުގެ 11 ގަޑިއިރުގެ މަސައްކަތު ބައްދަލުވުމެއް ލަންދޫގައި ބާއްވައިފިއެވެ.

ލަންދޫއޮފީހުން އިންތިޒާކޮށްގެން ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތުދެއްވުމަށް ލިވްއެންޑްލާންގެ ބޭފުޅުން ލަންދޫއަށް ވަޑައިގެން މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވިއެވެ. މިދިޔަ ހުކުރު ދުވަހާއި އެދުވަހުގެ ރޭ ލަންދޫ އަންހެނުންގެ ކޮމިޓީގެ އިދާރާ ކަމަނާވެހީގައި ބޭއްވުނު މިބައްދަލުވުމުގައި ރަށުގެ ސަރުކާރުހުރިހާ މުއައްސަސާތަކުންނާއި، އާއްމުންގެ ތެރެއިން ބޭފުޅުންނާއި ، ރަށުގެ ކަމުވޮށިވެގެންވާ ބައެއް ބޭފުޅުން އަދި ސްކޫލްގެ މަތީކްލާސްތަކުގެ ބައެއް ދަރިވަރުން ވެސް މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވެރިވެލެއްވިކަމަށްމަޢުލޫމާތުލިބިފައިވެއެވެ.
މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިން ވަނީ ރަށުގެ ވަރަށް ގިނަސަރަޙައްދު ތަކެއް ބަލާ ސަރވޭ ކޮށްވެސް ހަދާފައެވެ.
މިމަސައްކަތު ބައްދަލުވުމުގައި ބައިވެރި ވެލެއްވި އެއްބައިވެރިއަކު ހާމަކުރެއްވި ގޮތުގައި މިފަދަ މަސައްކަތު ބައްދަލުވުން ތަކަކީ ރަށަށާއި މުޅި މުޖުތަމަޢުއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ މަސައްކަތު ބައްދަލުވުން ތަކެކެވެ. ނަމަވެސް މިފަދަ ބައްދަލުވުން ތަކުން ނިންމާ ކަންތައްތަކާއި ދެއްވާ މަޢުލޫމާތުތައް ޢާއްމު ދިރުއުޅުމުގައި ބޭނުންކުރާ ފަރާތްތައް މަދުވުމުން ގިނަފަހަރަށް އޮންނަނީ މިފަދަކަންކަމުގެ އަސްލު މަޤްޞަދުޙާޞިލު ނުވެކަމަށް އޭނާ ހާމަކުރެއްވިއެވެ.
ލަންދޫއިންފޯއިން އެދެނީ މިފަދަ ގިނަބައްދަލުވުން ތަކާއި މަޢުލޫމާތު ދިނުމާއި ލިބިގަތުގެ އެކި ސެޝަންތައް ލަންދޫގައި އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެން ދިޔުމެވެ.

Saturday, 10 January 2009

LANDHOO MAABUDHUGE (HAIKA).

Written by: Alive Still


As we all know, Maldives before was a Budhisam religion. But it was changed to Islam. Still we find the temples in the Islands. But these places are not taken care of so as it has to be. The places keep on getting destroyed. I am trying to say is, these places are really helpful for our tourism because the guest comes to know the life style of Maldivians. At the same time to get the hospitality from us. In the above picture you can see the temple.

Landhoo has large ruins from the historical Maldivian Buddhist era. On the northwest side of the Island, there is an ancient mound known as "Maabadhige Haithka" by the local people. This is the ruins of a Buddhist Stupa. The diameter of the mound is 292 feet and the height is 28 feet. The remains in this Island are probably the single most important Buddhist ruins in the Northern region of the Maldives. Now it looks like a sand small mountain but it has really old trees even at the top. It is said that, this place was used by a babarian king in the olden days. But now it does not looks likes a much of a temple. The person who explained this place to me was an old guy. He said, in his grand fathers time it was called haika because it has another small six places other then the main one surround the place, but they are really small like veli funi( in the picture you can see the big one). I Hope people who will read this will put an effort to see this place. Believe me it’s a nice place to go and see for our own eyes.

Friday, 9 January 2009

ލަންދޫގައި ރޭ އަލިފާނުގެ ޙާދިސާއެއް ހިނގައިފި


ރޭ ގާތްގަޑަކަށް 11:30 އެހާކަށްހާއިރު ލަންދޫ އަތިރީމިސްކިތުގެ ހުޅަނގުން އޮންނަ ކުނިއަޅާ ގޮނޑުގައި އަލިފާން ރޯވެއްޖެއެވެ. ރައްޔިތުން ނިކުމެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގާތްގަޑަކަށް 12:00 ގައެވެ. މިއަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށްވެސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އަލިފާން ރޯވެފައިވާ ސަރަޙައްދުގައި ހުރި ބައެއްރުއްގަހުގެ ފަންތަކާއި ފަތްތައް ހިސާބަކަށް އަދާފައިވެއެވެ.

އަލިފާން ގަނޑުނިއްވަން ދިޔަ ގިނަމީހުން ތުހުމަތު ކުރާގޮތުގައި މިއީ ބަޔަކު ގަސްތުގައި ރޯކޮށްފާވާ އަލިފާނެކެވެ.
ގިނަބަޔަކު ޤަބޫލުކުރާގޮތުގައި އަލިފާން ރޯކުރި މިސަރަޙައްދަކީ ފަޅުކޮނުމާއިގުޅިގެން އަލިކޮށްސާފުކުރުމަށް ވަރަށްގިނަރައްޔިތުން އެެދެމުންދާ ސަރަޙައްދެކެވެ. ނަމަވެސް އަމިއްލަ މީސްމީހުންގެ ރުއްގަސް މިސަރަޙައްދުގައި ހުރެފާ އެތަކެތި ކެނޑުމުގެ ހުއްދަ އެތަކެތީގެ ވެރިން ނުދޭތީ އަދި މިތަން ސާފުކުރެވިފައިވާނުވަނީ އެވެ.
ގިނަބަޔަކު މިސަރަޙައްދު ސާފުކުރަން ބޭނުންވެފާތިއްބާ މިތަންސާފުކުރުމުގެ މަސައްކަތް ނުފައްޓާ ޖެޓީއާއިދިމާއިން އަރައިގެން އަންނަން އޮން މާވެވުމަގު ކިޔާ މަގުގެ ވެލިގަނޑު އެއްވަރުކޮށް ގާނަގާ ހެދުމަށް ޓަކައި ރައްޔިތުން ނަށް ގޮވާފާ އޮތް އޮތުން މިއަލިފާނާއި ކޮންމެވެސް ގުޅުމެއް ހުރިކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

Thursday, 8 January 2009

ރަށުކައުންސިލަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާއިރު....... ސ

ލިޔުނީ : އަޙްމަދު ދާއޫދު


އެނގިވަޑައިގަންނަވާނޭފަދައިން ، މުޙައްމަދު އަމީންވެރިކަމުގެދުވަސްވަރުގައި ވެސް އޭގެ ކުރިންވެސް ރަށުގެ އެންމެއިސްވެރިއަކަށް ހުންނަވަނީ ކަތީބު ގެ މަޤާމްގައި ހުންނަވާބޭފުޅެކެވެ. ވަރަށްކުރީގެ ތާރީޚެއްގައި ( ކަތީބުން ހަމަޖެއްސެވުމުގެ ކުރީގައި ) ރަށުގެ އެންމެއިސްވެރިއަކީ ރަށުގެ މުދިންމީހާކަމުގައި ވެގެންދިޔަ ދުވަސްވަރެއްވެސްގޮސްފައިވެއެވެ. ކޮންމެއަކަސް ރަށުގެ ވެރިކަމުގައި އެންމެ ގިނަދުވަސްވީ ބަޔަކީ ކަތީބުންކަމުގައި އެއްބަސްނުވާނޭ ހަމައެކަކުވެސް ހުންނާނެއެކޭ ނުދެންނެވޭނެއެވެ.

ކަތީބުންގެ މަޤާމް އުވާލައްވާ ބައެއްކަތީބުންނަށް ޕްރަމޯޝަން ދެއްވާ ކައުންސިލަރުންގެ މަޤާމްއުފައްދަވާ ރަށުގެ އެންމެއިސްވެރިއަކީ ކައުންސިލަރު ކަމުގައި އަދުގެ ސަރުކާރުން މިހާރުމިދަނީ ހަމަޖައްސަވަމުން ނެވެ. ޒަމާނުއްސުރެ ކިޔަމުން އައި ކަތީބު ގެ ނަން ކައުންސިލަރަށް ބަދަލުކޮށްގެން ކިޔަން ފަސޭހަނޫން ބަޔަކު ކޮންމެ ރަށެއްގައިވެސް ތިބޭނެކަން ކަށަވަރެވެ. އެހެންނަމަވެސް ދިވެހިންނަކީ މާ ބޯހަރުބަޔަކަށްނުވާތީ އެމީހުންނަކީ އެއިރެއްގެ ސަރުކާރަކުން ނިންމެވިކޮންމެގޮތެއް ވަރަށްބޮޑަށް ރުހިގެން ޤަބޫލުކުރާބައެކެވެ. މިއައިބަދަލުވެސް އުދަނގުލުންނަމަވެސް ބަލައިގަންނާނެކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއްނޫނެވެ.
ޙަޤީޤަތުގައި އަޅުގަނޑުގެ ބޭނުމަކީ ، ލަންދޫގެ ކައުންސިލަރުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާނަމަ ހަމަޖެއްސެވުމުގެ ކުރިން ވިސްނާވަޑައިގަންނަވަން ޖެހޭ ކަންތައްތަކެއް ހުރީތީ އެކަންތައް ތަކުގެ ވާހަކަ ކަމާބެހޭ ބޭފުޅުންގެ ސަމާލުކަމަށް ގެނައުމެވެ. މަޢުޟޫޢު އާއި ގެން ކުރިއަށްދާއިރު މާޒީގައި ލަންދޫގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ޕުޅުތައް ލަންދޫރައްޔިތުން ބަލައިގެންފައިވާ ގޮތުގެމައްޗަށް ވެސް ބަލައިލަން އެބަޖެހެއެވެ.
ލަންދޫގައި ކަތީބުންގެ ގޮތުގައި މާގިނަބަޔަކު މަސައްކަތް ކުރައްވާފައި ނުވިނަމަވެސް އެކިދުވަސްވަރު އެކި ބޭފުޅުން ކަތީބު ކަމުގައި ރަށުގެ އިސްވެރިންގެ ގޮތުގައި ލަންދޫގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ނުވަތަ ރައްޔިތުންނަށް އަމުރު މަޢުރޫފު ހިންގުމުގައި އުޅުއްވިއެވެ. އެބޭފުޅުންގެ މަސައްކަތް ޕުޅުތައް މާޒީގައި ރައްޔިތުން ބަލައިގެންފައިވަނީ އެދުވަސްވަރެއްގައި އެހުންނެވި ކަތީބެއްގެ ސިޔާސަތާއި ޢަމަލުފުޅުތައް ރައްޔިތުންނާއި ދޭތެރޭ ބެހެއްޓެވި ގޮތެއްގެ މައްޗަށް ކަމަށް ވަނީ ވެފައެވެ. އެގޮތުން ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑަށް ތިމާއާއި ތިމާގެ އާއިލާގެ މީހުންގެ ބޭނުންތަކާއި އެދުން ތައް ކުރިއަށްނެރެ ވެރިކަންކުރެއްވި ކަތީބުންނަށް އަބަދުވެސް އުޅުއްވަން ޖެހިލެއްވީ މުޅިވެރިކަމުގެ ޙަޔާތުގައިވެސް ރައްޔިތުންގެ ފަރާތުން އަންނަ ގަޅިތަކުން ސަލާމަތް ވެވޭތޯ ރައްކައުތެރި މަގެއް ހޯދުމުގެ މަސައްކަތުގައެވެ. އެފަދަބޭފުޅުންނާއި ބެހޭޝަކުވާ ތައް ރައްޔިތުންގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ކެނޑިނޭޅިއޮހެމުން ގޮސްފާވެއެވެ.
އެއާ ޚިލާފަށް ރައްޔިތުންނާއި ދޭތެރޭ ވިސްނާ ރަށުގެ ޢާއްމުފަރުދުންގެ ކަންތައްތަކާއި ބޭނުންތައްފުއްދައިދިނުމަކީ އެމީހާގެ ވާޖިބު ކަމުގައި ދެކިގެން ކަތީބުކަން ކުރެއްވި ވެރިން ވެސް މާޒީގައި ވެގެންގޮސްފައިވެއެވެ. އެފަދަ ބޭފުޅުންނާއި ދޭތެރޭ ރައްޔިތުންގެ ލޯތްބާއި ކުލުނު ލިބިގެން ގޮސްފައިވަނީ އިންތިހާދަރަޖައަށެވެ. ލަންދޫގައި ކަންތައް ތައް ވެގެންގޮސްފައިވަނީ މިދެންނެވި ގޮތުގެ މަތިންކަމަށް މިކަންކަން ދެނެހުރި އެންމެހައި ރައްޔިތުން ޤަބޫލުކުރާނެއެވެ.
ދެންއޮތީ އަލަން މިހަމަޖައްސަވާ ކައުންސިލަރުގެ ކަންތައްތައް ހުންނާނީ ކިހިނެއްބާއޭ ކިޔާ ކުރެވޭ ސުވާލެވެ. ކަތީބުގެ ނަމުން ކައުންސިލަރގެ ނަމަށް ބަދަލުވިޔަސް، ކަމަކީ ހަމައެއް ކަމެކެވެ. އިންނަވާނީ ހަަމަ ކުރީގެ ކަތީބުންވެސް އިންނެވި ގޮނޑީގައެވެ. އެހެންކަމަށްވާނަމަ އެބޭފުޅަކު ރައްޔިތުންގެ ޚާދިމަކަށް ވާންޖެހެއެވެ. ކިލަބު ކަމެއްނެތް މާޒީއެއް (ޕްރޮފައިލެއް) އޮތްބޭފުޅަކަށްވާންޖެހޭނެއެވެ. އެއީ އެވެނިކަމެއް ، މިވެނިކަމެއް ކުރައްވާ ބޭފުޅެކޭ ކިޔައިގެން ނުރުހުމުގެ އިނގިލި އެބޭފުޅަކާ ދިމާއަށް ދިއްކުރުމުގެ ފުރުޞަތު އޮތް ބޭފުޅަކަށް ވެގެންނުވާނެއެވެ. ޒަމާނުގެ ތަޢުލީމުގެ ކޮންމެވެސް މިންވަރެއް އެންމެ ކުޑަމިނުން ލިބިފައިހުރި ބޭފުޅަކަށްވާންޖެހޭނެއެވެ. ސޮސައިޓީގައި ޤަދަރު ވެއްޓޭފަދަ ޒަމާނީ ސްޓައިލްގެ ބޭފުޅަކަށްވެގެން ނުވާނެއެވެ. މިފަދަ މަޤާމެއް އަދާކުރެވޭ ވަރުގެ ސިއްހަތެއް ހުރިބޭފުޅަކަށް ވާންޖެހޭނެއެވެ. ޢާއިލާގެ މީހުންގެ ނުވަތަ ރައްޓެހިންގެ ނުފޫޒު އެބޭފުޅަކަށް ފޯރުކޮށް ޤާނޫނާއި ޤަޥާޢިދުގެ އިމުން ބޭރުވާ ފަދަ މިނިވަންކަމެއް ނެތް ފިނޑި ބޭފުޅަކަށް ވެސް އެބޭފުޅަކު ވެގެންނުވާނެއެވެ. ޤާނޫނާއި ޤަވާޢިދު ތަންފީޒުކުރުމުގައި ވަކިފަރާތެއް ކުއްވެރި ވެދާނެތީ ބިރުގަނެ އަމިއްލަނަފްސަށް އިތުބާރު ނެތް ( ކޮންފިޑެންސް ) ގެއްލިފައިވާ ބޭފުޅަކަށް ވެގެންނުވާނެއެވެ. ޒަމާނީ ތަޢުލީމުގެ ތެރޭގައި ނުހިމެނުނަސް އެންމެކުޑަމިނުން ކަށުކަމާކެމީގެ ކަންތައްތަކާއި، އިމާމުވެ މިސްކިތުގައި ނަމާދުކޮށްލެވޭ ވަރުގެ ދީނީ ތަޢުލީމެއް ހުރި ބޭފުޅަކަށްވެސް އެބޭފުޅަކު ވާންޖެހޭނެއެވެ. ބޮޑެތި ޖަލްސާތަކުގައި ތަޤްރީރުތައް ނުކުރެއްވުނަސް އެންމެކުޑަމިނުން ރައްޔިތުންނާއި މުޚާޠަބުކޮށް ވާހަކަދައްކާލެވޭ ފަދަ ޝަޚުސިއްޔަތަކަށް އެބޭފުޅަކު ވާންޖެހޭނެއެވެ. މާލެނޫނަސް ރާއްޖެތެރޭގެ ރަށްރަށަށްވެސް މިހާރަކަށްއައިސް އެކިއެކި ވަފުދުތައް ( ބިދޭސީބޭފުޅުން ) އެކިއެކި ޤައުމުތަކުން އަންނަމުންދާ އިރު ތަރުޖަމާނަކާއި ނުލައި އެފަދަ ބަޔަކާއި މުއާމަލާތު ކޮށްލެވޭވަރުގެ އިނގިރޭސި ފެންވަރެއް ހުރި ބޭފުޅަކަށް ވެސް އެބޭފުޅަކު ވާންއެބަޖެހެއެވެ. އަދި ހަމައެއާއި އެކު މިހުރިހާޝަރުތު ތަކެއް ހަމަވިޔަސް އެބޭފުޅަކީ ރައްޔިތުންގެ މަޤުބޫލުކަން ކޮންމެވެސް މިންވަރަކަށް ލިބިފައިވާ ބޭފުޅަކަށްވެސް އެބޭފުޅަކު ވާންޖެހޭނެއެވެ.
އާދޭހެވެ. ޤަބޫލުކުރަމެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެކިބޭފުޅުންގެ ވިސްނުމާއި ފިކުރު ތަފާތުވެދާނެއެވެ. އެއީކީ މައްސަލައެއްނޫނެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ ޚިޔާލާއި ތިޔަބޭފުޅާގެ ޚިޔާލު އެއްގޮތް ވާކަށް ކޮންމެހެން ލާޒިމެއްނޫނެވެ.
ރަށުކައުންސިލަރަކަށް ހަމަޖައްސަވާ ބޭފުޅަކުގެ މިޝަރުތުތައް ފުރިހަމަނުވާނަމަ ކުރިމަގުގައި ބޮޑެތިމައްސަލަތަކެއް ކުރިމަތިނުވެ ނުދާނެކަމީ ޝައްކެތްވެސް އޮތްކަމެއްނޫނެވެ. އެހެނަސް ކައުންސިލަރގެ މަޤާމަށް ހަމަޖައްސަވާނެ ބޭފުޅަކު އެނެމެރަގަޅަށް އެނިގިލައްވާނީ އެކަމަށް ސަރުކާރުން ހަމަޖައްސަވާފައި ތިބޭ ބަޔަކަށެވެ. ތަކުރާރުކޮށް އަޅުގަނޑަށް ދެންނެވޭނީ މިއީ އަޅުގަނޑުގެ ވިސްނުން ންހުރިގޮތްކަމުގައެވެ.

Wednesday, 7 January 2009

ލަންދޫކައުސިލަރަކަށް ޖައުފަރު ރަޝީދު ހަމަޖައްސަނީ ........ ސ

އަވަސްޚަބަރު

ލާމަރުކަޒީއުސޫލުން އަތޮޅުތައް ހިންގުމުގެ އޮނިގަނޑުގެ ދަށުން އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލަރުންގެ މަޤާމަށް މިހާރު ދަނީ އެކިބޭފުޅުން ހަމަޖައްސަވަމުންނެވެ. އެގޮތުން ލަންދޫ ކައުންސިލަރަގެ މަޤާމަށް ލަންދޫ ބުލޫކިޔާގެ އަލްފާޟިލް ޖައުފަރު ރަޝީދު ހަމަޖައްސަވާ ގޮތަށް ސަރުކާރުގެ ކަމާބެހޭ ބޭފުޅުން ނިންމަވައިފިކަމުގައި ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިއްޖެއެވެ. މިމަޤާމަށް ހަމަޖެއްސުމަށް ޖައުފަރު ރަޝީދުގެ އިތުރުން ލަންދޫ ބުލޫހެވަން އަލްފާޟިލް މުފީދު ޙުސެއިން އާއި ލަންދޫ ރަސްފަރު އަލްފާޟިލް މަޖްދުﷲ ޢަބުދުއްރައްޒާޤުގެ ނަންވެސް ހުށަހެޅިފައިވާ ކަމަށް އެމްޑީޕީގެ ލަންދޫގޮފީގެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.

މިޚަބަރު ލިބުމާއި ގުޅިގެން ލަންދޫ އިންފޯގެ ފަރާތުން ސީދާ ޖައުފަރު ރަޝީދުއާއި ފޯނުން ގުޅައިގެން މިޚަބަރުގެ ތެދުދޮގު ކަށަވަރުކުރީމެވެ. ރަޝީދު ވިދާޅުވީ ދެތިންމީހަކު އެބޭފުޅާއާއި އިދިކޮޅު ޚިޔާލު ހުރިކަމުގައިވިޔަސް ރަށުގެ މެޖޯރިޓީ ތާއީދާއި އެކު ރަށުކައުންސިލަރގެ މަޤާމްގައި ލަންދޫ ގައި މަސައްކަތް ކުރައްވާނީ މިފަހަރު އެބޭފުޅާކަމަށެވެ. އަދި މިހާރު ވަނީ އެމްޑީޕީގެ ކަމާބެހޭ ބެހޭފުޅުން އެބޭފުޅާއާއި މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވާ އެބޭފުޅާ އެކަން ޤަބޫލުކުރެއްވިކަން ސަރުކާރަށް އަންގަވާފާ ކަމަށް ވެސް ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވަމުންއިތުރަށް ރަޝީދު ވިދާޅުވިއެވެ. އަދި ރަށުކައުންސިލަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވެސް ބައިވެރިވެލައްވާ ރަށުރައްޔިތުންގެ ތާއީދާއި އެކު އެމަޤާމް ދިފާޢުކުރައްވާނެކަމުގައިވެސް އޭނާ އިތުރަށް ވިދާާޅުވިއެވެ. އެބޭފުޅާއާއި އެކު އިންތިޚާބުގައި ވާދަކުރަން ތިއްބެވި ބޭފުޅުންވެސް އެނގިލައްވާ ކަމަށާއި ، އިންތިޚާބު ގައި ފުލްގެރެންޓީއާއި އެކު ދެންތިބި ބޭފުޅުން ބަލިކުރައްވާނެކަމަށްވެސް ރަޝީދު ފޯނުން ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ރަޝީދުއަށް ކައުންސެލަރެއްގެ ވާޖިބު އަދާކުރެއްވިދާނެތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ މިހާރުގެ ކަތީބު ނަޞީރުއާއި ، ރަށުގެ އެހެނިހެން ކަމުވޮށިންގެ އެއްބާރުލެއްވުން ލިބޭނެކަމަށާއި، އެބޭފުޅުންގެ އެހީތެރިކަމާއި އެކު މަޤާމް ގެ މަސްއޫލިއްޔަތު އެންމެފުރިހަމައަށް އަދާކުރެއްވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަށުކައުންސިލަރުގެ މައިގަނޑު ޛިންމާއަކީ ސަރުކާރުން އަންގަވާ ކަންތައްތައް ރަށުގައި ތަންފީޒު ކުރުމުގެ އިތުރުން ރަށުގެ ހުރިހާ މުއައްސަސާ ތަކެއް ހިނގާ ނުހިނގާ ގޮތް ބައްލަވާ އެތަން ތަން ހިންގުމުގައި ދެއްވަން ޖެހޭ ލަފަޔާ މަޝްވަރާ ދެއްވާ ގެންނަންޖެހޭ ބަދަލުތައް ގެންނަވާ ރަށުގެ އެންމެހައި ކަންތައް ތައް މަސްލަހަތު ހުރިގޮތެއްގައި ހިންގެވުމެވެ. އެގޮތުން ސްކޫލު، ހެލްތުސެންޓަރ، ރަށުކޯޓް ފަދަ މުއައްސަސާ ތަކަށް ފުރިހަަމައަށް ކައުންސިލަރގެ ބާރާއި ނުފޫޒު ފޯރު ކުރެއްވޭނެކަމަށް ވެއެވެ.
މިހާރުގެ ކަތީބު ނަޞީރު އާއި ވަރަށް ގާތް ގުޅުމެއް އޮންނަކަމަށް ލަންދޫގެ ގިނަބަޔަކު ޤަބޫލުކުރާ ޖައުފަރު ރަޝީދަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުއަށް ތާއީދުކޮށް ، ވޯޓް ހޯއްދެވުމަށް ވަރަށް ގަދައަށް ލަންދޫގައި ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ.

Tuesday, 6 January 2009

ލަންދޫގައި އަލަށްހުޅުވާކެފޭ

މިމަސްނިމުމުގެ ކުރިންވެސް ކެފޭ ހުޅުވޭނެކަމުގެ އުންމީދެއްނެތް – ޑޭވިޑް


ލަންދޫގައި ފުރަތަމަފަހަރަށް ހުޅުވޭ ސައިހޮޓާ ނުވަތަ ކެފޭ ހުޅުވުމަށް މީގެ ދުވަސްކޮޅެއްކުރިން ލަންދޫ ޗާންދަނީގެ އިބްރާހީމް އަބޫބަކުރު ވަނީ މަސައްކަތްތަކެއްފަށާ އެމަސައްކަތްތަކުގެ ދަށުން ޢިމާރާތުގެ ބޮޑުބައެއްވެސް މިހާރު ނިންމާފައެވެ. މިހާރު ހަމައެކަނި ކުލަޔާއި ދަވާދުލުން ފިޔަވާ ހުރިހާމަސައްކަތެއްވެސް ހުރީ ގާތްގަޑަކަށް ނިމިފައެވެ.

މިދިޔަ ބޮޑުޢީދަށް ހުޅުވުމަށް ކުރިން ޓާގެޓް ކޮށްފައިވާ މިހޮޓާ ނުހުޅުވި މިހާލަސްވެގެންމިދަނީ ކީއްވެތޯ މިހޮޓާ ހިންގުމުގައި މުހިއްމު ދައުރެއްއަދާކުރާނެ ލަންދޫ ގްލްބާކާގެ އިބްރާހީމް ދާއޫދު (ޑޭވިޑް) އާއި ސުވާލުކޮށްލުމުން އޭނާ ބުނުއްވީ މަސައްކަތް ނުނިމި ލަސްވާ އެންމެބޮޑު ސަބަބަކީ ލޭބަރުންގެ ދަތިކަން ކަމަށެވެ. އަދި މިހާރު މިދާ ސްޕީޑްގައި ޢިމާރާތުގެ މަސައްކައް ގެންދެވޭނަމަ ކުރިއަށް އޮތް ދެހަފްތާއެއްހާދުވަހުގެ ތެރޭގައި ޢިމާރާތުގެ މަސައްކައް މުޅިންނިންމާލެވޭނެކަމަށެވެ. ޢިމާރާތުގެ މަސައްކަތް މުޅިންނިމުނަސް އަދި ހޮޓާ ހުޅުވެން ނެތްކަމަށް ވެސް އޭނާ ބުނުއްވިއެވެ. ސަބަބަކީ ފަރނީޗަރ ގެންނަން ޙަވާލުކޮށްފައިވާ ފަރާތުން އެތަކެތި އަދިވެސް ނުގެނެސްލަސްވަމުން ދިޔުންކަމަށް ބުނުއްވިއެވެ. ގޮނޑިޔާއި މޭޒް ގެންނަނީ އައުޓްޑޯރ ގައި ބޭނުންކުރާ ވައްތަރުގެ ތަކެތި ކަމަށާއި އެތަކެތި ގެންނަނީ ސީދާ އިންޑިޔާއިން ގަނެގެންކަމަށް ވެސް އޭނާ ބުނުއްވިއެވެ.
މިޢިމާރާތުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޙަވާލުކޮށްފައިވަނީ ލަންދޫގެ ކޮންސްޓްރަކްޝަން ގްރޫޕެއްކަމުގައިވާ ރިހިވެލި އާދަމްމޫސާގެ ގްރޫޕާއެވެ.
މިޒަމާނުގެ ފެންވަރަށް ޑިޒައިންކުރެވިގެން ހުޅުވަން ގާތްވެފައިވާ މިހޮޓާ ހުޅުވުމުން ލަންދޫގެ ތަރައްޤީގެ އައު ހަރުފަތަކަށް ވާސިލްވެވުނީ ކަމަށް ލަންދޫއިންފޯއިން ދެކެމެވެ.

Monday, 5 January 2009

މުރިނގު ޚާލިދުގެ ދެވަނދޯނި ބަނދެ ނިމިއްޖެ


މިވަގުތު ލަންދޫގައި ތިބި އެންމެ މުއްސަނދި މީހުންގެ ލިސްޓް ނަގާނަމަ ، ލަންދޫގެ މަޝްހޫރު ވިޔަފާރިވެރިޔާ ނ.ލަންދޫ މުރިނގު އަލްފާޟިލް ޚާލިދު އަބޫބަކުރު ގެ ނަން އެލިސްޓްގެ އެންމެމަތީގައި ޖަހާލުމަކުން މިހާރު ޚާލިދު ދަންނަ މީހުންގެ ހިތުގައި ސުވާލުތަކެއް އުފެދިގެނެއް ނުދާނެއެވެ. ޚާލިދުގެ އަންހެނުންގެ ބައްޕަގެ މާލެދަތުރުކުރާ އުޅަދެއްގައި ފަޅުވެރިއަކަށް ފުރަތަމަވެސް ނިކުތް ޚާލިދު މިހާރުމިވަނީ އަމިއްލަވިޔާފާރިއެއް ރަށުގައި ޤާއިމްކޮށް އެވިޔާފާރި ފުޅާކޮށް ، ޑައިވިންދޯންޏަކާއި ، މަސްދޯންޏެއް އަމިއްލައަށް ރަށުގައި ބަނދެ އެތަކެތީގެ ނަފާ އެންމެއެދެވޭގޮތުގައި ހޯދަންފަށާފައެވެ.

އަދިވެސް ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ލަންދޫގެ ވިޔާފާރި ސެކްޓަރ ކޮންޓްރޯލް ކުރަނީ ޚާލިދެވެ. ޚާލިދުގެ މުރިނގު 1 ، މުރިނގު 2 ، އަދި މުރިނގު 3 ން ( ތިންފިހާރައިން ) ގަންނަން ނުލިބިއްޖެ އެއްޗެއް ލަންދޫ ގެ އެހެންފިހާރައަކުން ގަންނަން ލިބޭނެއެކޭ ނުދެންނެވޭނެއެވެ.
ވިޔާފާރީގައި މިހާބޮޑުކުރިއެރުމެއް ހޯދާފައިވާ ޚާލިދު އަބޫބަކުރު ކުއްލިއަކަށް ދޯނިބަނެދެގެން އޮޑިދޯނިފަހަރު ދުއްވުމުގެ ޚިޔާލު ގެނެސް މިމަސައްކަތް ފެށުމާއިގުޅިގެން ޚާލިދުގެ ޢާއިލާގެ ތެރޭގައި ވަނީ ވަރަށްބޮޑެތި މައްސަލަތަކެއް ޖެހި އެއްބަޔަކު އަނެއްބަޔަކާއި ހިތްހަމަނުޖެހުން ކޮންމެވެސް ވަރަކަށްފާޅުވެސް ކޮށްހަދާފައެވެ. އަދި ޚާލިދުގެ ފުރަތަމަ ދޯނިބަންނަން ފަށާ މުޅިން ނިމުމަކާއި ހިސާބަށް ނުގޮސްއުޅެނިކޮށް ޚާލިދުގެ ޢާއިލާގެ ތެރޭގައި މިޖެހުނު މައްސަލައާއި ގުޅިގެން ދެވަނަދޯންޏެއް ބަންނަ ޚިޔާލު އައިސްގެން ފުރަތަމަދޯނި ހަމަނިމުމާއިގުޅިގެން ޖެހިޖެހިގެން ކަހަލަގޮތަކަށް މިވަނީ ދެވަނަދޯނިވެސް ބަނެދެނިންމާލައިފައެވެ.
ފަހުން މިނިންމިދޯނީގެ ވަޑިންގެ މުސާރައަށް އެކަނިވެސް ލައްކައަކަށްވުރެ ގިނަރުފިޔާ ޚަރަދުވެއްޖެކަމަށް ޚާލިދާއި ޙަވާލާދީ އޭނައިގެ އަންހެނުން ބުނެއެވެ. ފުރަތަމަދޯނިވެސް ނިންމާލިހާ ފަސޭހަކަމާއި އެކު މަސައްކަތަށް އެއްވެސް މަޑުޖެހުމެއްނެތި ދެވަނދޯނިވެސް މިހާރު އެވަނީ ނިންމާފައެވެ. މާދަމާއަކު އަނެއްދުވަހަކު ބާލާނެއެވެ.
އަޅުގަނޑުމެން އެދެނީ މިފަދަހީވާގިމަސައްކަތްތެރިންގެ މަސައްކަތަށް އެއްދުވަހުން ކުރިއެރުމާއި ބަރަކާތް މިންވަރުކޮށްދެއްމުވެ.

Sunday, 4 January 2009

ފަންގިވިންނަފަރާތްތަކުގެ ފަން ވިއްކޭނެގޮތެއްނެތިގެން ތިބެންޖެހިފައި

ލިޔުނީ : އަޙްމަދު ދާއޫދު


ޢާއްމުކޮށް ލަންދޫއަންހެންވެރިން އާމްދަނީ ހޯދުމަށް ކުރާމަސައްކަތަކީ ފަންގިވިނުމޭ ބުންޏަކަސް މުޅިންދޮގަކަށް ނުވާނެއެވެ. މަސައްކަތް ކުރާޢުމުރުގެ އަންހެނުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ފަންގިވިދެގެން އާމްދަނީހޯދާ މީހުންނެވެ. ފަންބޮޑިއެއް -/15 ރ. އަށް ވިއްކީ މީގެ 15ވަރަކަށް އަހަރުކުރިންކަމުގައިވިޔަސް މިއަދު މިވަނީ-/45 ރ. އަށް ފަންބޮޑިއެއްގެ އަގު އަރާފައެވެ. އެހެންކަމުން އާމްދަނީ ހޯދުމުގެ ގޮތުން ކުރަންއެންމެރަގަޅު އެއްމަސައްކަތަކީ ފަންގިވިނުންކަމުގައި މިއަދު މިވަނީ ލަންދޫ އަންހެނުން ބަލައިގެންފައެވެ.

ފަންގިވިނުމޭ ބުންޏަކަސް މިއީވެސް ވަރަށްބުރަމަސައްކަތެކެވެ. މިކަމުގެ ބުރަކަން އެންމެރަގަޅަށް އިޙްސާސް ކުރެވޭނީ ހަމަ މިމަސައްކަތުގައި އުޅޭމީހުންނަށެވެ. ވަލަށްވަދެ ފަންހޮވައިގެން ، ބޮނބިފާކޮށް ރޯނުވަށައިގެން ކުރާމިމަސައްކަތުގައި އެންމެ ސްޕީޑް ހަލުވި މީހުންނަށްވެސް ޢާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް ވިދެވެނީ އެންމެގިނައިންވެސް 3 ބޮނޑިފަނެވެ. އެހެންކަމަށްވާއިރު މަހެއްގެ މައްޗަށް މިމަސައްކަތުން ލިބޭއާމްދަނީގެ ނިސްބަތް ސަރުކާރު ގެ އާދައިގެ ވަޒީފާއެއް އަދާކުރާމީހަކަށް ލިބޭއާމްދަނީ އާ އަޅާ ކިޔާލުމަކީ ގޯހެއްކަމުގައި ނުދެކެމެވެ.
ކަންމިހެން ހުރިނަމަވެސް ދެރަކަމަކީ މިފަދަބުރަމަސައްކަތުން އުފައްދާ ފަންކޮޅު ވިއްކޭނެގޮތެއް ނެތިފައި މިއަދުގިނަބަޔަކު ލަންދޫގައި ތިބެންޖެހިފައިވުމެވެ. އަދަކީ މިމަސައްކަތުން އާމްދަނީހޯދާ ބައެއްމީހުންގެ ޝަކުވާތަކުގެ އަޑުއިވުނު ފުރަތަމަދުވަހެއްވެސް ނުމެނޫންމެއެވެ. ފަންވިއްކަން ގޮސްފާ އައި އަންހެނަކު ބުންޏެވެ. " އަހަރެން ފަންހިފައިގެން ބަނދަރަށް ދިޔައީ ހެނދުނު 9 ޖެހިތަނާ . މިހާރު މިއޮއްގެން ޢަޞުރަށް ގޮވަނީ . މިވަރުންވެސް މިއައީ ނުވިކިގެން ފަންކޮޅުހިފައިގެން ގެއަށް " މިގޮތަށް ނުވިކިގެން ފަންކޮޅުހިފައިގެން ފުދޭވަރެއްގެ ގިނަބަޔަކު ގެއަށް އައި އިރު މިއަދު ފަންގަންނަން އައި ށ.ފީވަކު ދޯނީގެ ކެޕްޓަނާއި އަޅުގަނޑުސުވާލުކޮށްލީމެވެ. އޭނާ ބުނުއްވީ ހަމައެކަނީ ލަންދޫންވެސް މިއަދު 1100 އަށްވުރެ ގިނަބޮނޑިފަންގަނެފައި އެދޯނީގައިވާނެކަމުގައެވެ.
އެހެންކަމަށްވާއިރު ފަނުގެ ޑިމާންޑް އެއްދުވަހުން އަނެއްދުވަހަށް ދައްވިޔަނުދީ އެއްވަރެއްގްއި ހިފެހެއްޓޭތޯ ބެލުމަކީ އަޅުގަނޑުމެން ފަންއުފައްދާ މީހުން ވިސްނަންވެއްޖެކަމެއްކަން ކަށަވަރެވެ. ފަންގަންނަށް ބަޔަކު އަންނައިރަށް ކުރިއަށްނުކުމެ ފަނުގެ އަގުދައްކޮށްދޭނަމޭ މަށަށް ވާނޭ ކޮންމެބޮނޑިއަކުން 2 ރުފިޔާދޭން ކިޔައިގެން ޑީލްހެދުމުގެ ބަދަލުގައި ރަށުގެ އެންމެދެރަނިކަމެތި މީހާގެ މަތިން ވެސް ހަނދާންކުރުން މާބުއްދިވެރިވާނެއެވެ.

ލިޔެސް ޖަމްއިއްޔާއިން ފުރަތަމަ ފަހަރަށް މާލޭގައި ބައްދަލުވުމެއް ބާއްވައިފި

ޚަބަރު: ޚަފްޞީ ޢަބުދުﷲ




ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީން ފުރަތަމަ ފަހަރަށް މާލޭގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން އޮތީ ރޭ އެފް،އޭ،އެމް ހައުސްގެ މީޓިންގ ރޫމްގައެވެ. މާލޭގައި މިވަގުތު ތިބި ޖަމްއިއްޔާގެ މެންބަރުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވެވެން ތިބި ހުރިހާ މެންބަރުންވެސް މިބައްދަލުވުމުގައި ބައިވެރިވިއެވެ.

މީގެއިތުރުން ޖަމްއިއްޔާއަށް ހެޔޮއެދޭ ބައެއް ފަރާތްތައްވެސް ބައިވެރިވިއެވެ. އިއްޔެ މެންދުރުފަހު ކުއްލިގޮތަކަށް އިންތިޒާމްކުރި މިބައްދަލުވުމުގެ ބޭނުމަކީ ޖަމްއިއްޔާގެ ގިނަ މެމްބަރުންނަކީ މާލެއާއި މާލެކައިރި ރިސޯރޓްތަކުގައި ހަރަކާތްތެރިވާ ބަޔަކަށްވާތީ އެމީހުންނަށް ކޮށްދެވޭނީ ކޮންކަންތައްތަކެއްތޯ މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ރަށުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، ދަނޑުވެރިކަން ރަށަށް ތަޢާރަފްކުރުމާއި، ޕްރީ ސްކޫލާއި، ޤުރުއާން ކްލާހެއްގެ މުޙިންމުކަން ހިމެނެއެވެ. މީގެއިތުރުން ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގުމާއި، ވެވް ނުވަތަ ކުޅި ހިމާޔަތްކުރުމާއި، ފަންޑެއް ހުޅުވުމާގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. މީގެތެރެއިން ބައެއް ކަންތައްތައް މިހާރުން މިހާރަށް ފެށުމަށް މެންބަރުން ވަނީ ނިންމާފައެވެ.
ކޮންމެ މަހަކުވެސް ހުރިހާ މެންބަރުންނާ، ޖަމްއިއްޔާއަށް ހެޔޮއެދޭ ފަރާތްތަކަށް ހުޅުވާލައިގެން މިފަދަ ބައްދަލުވުމެއް މާލޭގައި ބޭއްވުމަށާއި، މީގެއިތުރުން މާލޭގައި ހަރަކާތްތެރިވާ ހިންގާ ކޮމިޓީގެ އިތުރު ބައްދަލުވުމެއް މަހަކު އެއްފަހަރު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސަތާރަ މެންބަރުން ބައިވެރިވި މިބައްދަލުވުމަށްފަހު، ހާބަރު ކަޑާގައި ރެފްރެޝްމަންޓެއްވެސް ވަނީ ބާއްވާފައެވެ.

ލިޔެސް ޖަމްއިއްޔާގެ މަޞްއޫލް މެންބަރުގެ އެނބުރި އައުން
ސ- އަހަރެންވެސް ރަށަށް ކަންތައްތަކެއް ކޮށްދޭން ޖެހޭނެކަމަށް ޤަބޫލުކުރަން - އިމާދު

ލިޔުނީ: ޙަފްޞީ ޢަބުދުﷲ


ލަންދޫގައި މިވަގުތު ހުރި އެންމެ ތައުލީމީ ޒުވާނަކީ ކާކުތޯ ސުވާލުކޮށްފިނަމަ އެމީހަކަށް ވާނީ ނ.ލަންދޫ އަލިމަސްގޭ އިމާދު އަބޫބަކުރެވެ. ލަންދޫގައި ފުރަތަމަ ފަހަރަށް މަތީ ޘާނަވީ ނިންމި އިމާދު އަބޫބަކުރު ރަށަށް އެންމެ ފަހުން ދިޔަ ދުވަހެއް އަޅުގަނޑު ހަނދާނެއް ނެތެވެ. ނަމަވެސް އޭނާ ރަށުގެ ޚަބަރުތައް ހޯދައެވެ. ރަށުގެ މައުލޫމާތުތައް އެއްކުރެއެވެ.

މިކަން އަޅުގަނޑަށް ކަށަވަރުވީ ލިޔެސް ޖަމްއިއްޔާއިން މާލޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ، ހުށައެޅި ހިޔާލުތަކުންނެވެ. އޭނާ ވިދާޅުވިއެވެ. ލަންދުއަކީ އޮންނަ ތަނެއްކަމެއް ރާއްޖޭގެ ގިނަ މީހުނަކަށް ނޭންގެއެވެ. ލަންދޫގައި މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު އުޅޭތީ ކަންބޮޑުވާކަން ފާޅުކޮށް ދާދިފަހުން އެފަދަ އަމަލެއް ބަޔަކު ކޮށްފައިވާކަމުގެ ޚަބަރު ލިބިފައިވާކަން ހާމަކުރިއެވެ. ރަށަށް ދަނޑުވެރިކަން ތަޢާރަފްކޮށް ހޭލުންތެރިކުރުވަން ވެއްޖެ ކަމުގެ ހިޔާލު ފާޅުކުރިއެވެ. މިފަދަ އެތައް ހިޔާލެއްދީ މެންބަރުންނަށް ހިތްވަރުދެއްމުން ވިދާޅުވީ އަހަރެންނަށްވެސް ރަށަށް ކަންތައްތަކެއް ކޮށްނުދެވޭތާ ދުވަސްތަކެއް ވެއްޖެކަމަށާ، ނަމަވެސް އަހަރެންނަކީވެސް ރަށުގެ ޒުވާނަކަށްވެފައި ކަންތައްތަކެއް ކޮށްދޭން ޖެހޭކަމަށް ޤަބޫލުކުރާކަމަށެވެ. އަދި އެކަމަށް މަސައްކަތްކުރަން ނިންމައިފިކަމަށް އިމާދު ވިދާޅުވިއެވެ. ޕޮލިސް ސަރވިސްގައި އިސް މަޤާމެއް އަދާކުރައްވަމުންދާ އިމާދު އަބޫބަކުރު ވިދާޅުވީ ކުރިން ޖަމްއިއްޔާގެ މަޞްއޫލް މެންބަރެއްގެ ގޮތުގައި ހުރެ ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތްކޮށް، ކަންތައްތަކެއް ކޮށްދެވިފައިވާނެކަމަށެވެ. ނަމަވެސް އެއީ ލިޔެސް ޖަމްއިއްޔާ އެހެން ނަމެއްގައި އޮތް އިރުއެވެ.
ލިޔެސް ޖަމްއިއްޔާއާއެކު ރަށަށް އިތުރު ޚިދުމަތްތަކެއް ކޮށްދެން ބޭނުންކަމަށާއި، އެކަމަށް މަސައްކަތްކޮށް އަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވާނެކަމަށް އިމާދު ވިދާޅުވިއެވެ. އެގޮތުން ޖަމްއިއްޔާއަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްކޮށްދޭނެކަމަށް ވިދާޅުވިއެވެ. ލިޔެސް ޖަމްއިއްޔާއިން މާލޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ، ޒުވާނުންގެ އަތްމައްޗަށް ޖަމްއިއްޔާ ދޫކޮށްލުމަށްވެސް މަސައްކަތްތަކެއް ކޮށްދީފައިވުމުން އިމާދު އެނބުރި އައީކަމަށް ޤަބޫލުކުރެވެއެވެ.ލިޔެސް ގެ ޒުވާން ތައުލީމީ މަޞްއޫލް މެންބަރުގެ އެހީތެރިކަމާއެކު މިޖަމްއިއްޔާ އިތުރު ހަރުފަތްތަކަކަށް އަރާނެކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.

ލިޔެސްޖަމްއިއްޔާއިންލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ހަމަޖައްސައިފި.

ޚަބަރު: ޙަފްޞީ ޢަބުދުﷲ



ލންދޫޔޫތް އެންކަރޭޖިންގ ސޮސައިޓީން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖައްސައި، އެމަސައްކަތް ފަށައިފިއެވެ. ރޭ މާލޭގައި ބޭއްވި އެޖަމްއިއްޔާގެ ފުރަތަމަ ބައްދަލުވުމުގައި މެންބަރަކު މިހިޔާލު ހުށައެޅުމުން ހުރިހާ މެންބަރުންގެ އިއްތިފާޤުން މިކަން ކުރިއަށް ގެންދަން ވަނީ ފާސްވެފައެވެ.

އެގޮތުން މިކަމަށް ކޮމިޓީއެއް ނަގައި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް ތައްޔާރުކުރުމަށް އެއްހަފްތާގެ މުއްދަތެއް ވަނީ ދީފައެވެ. އެއަށްފަހު ތެލެސީމިއާ ސެންޓަރާއި ރަސްމީކޮށް ވާހަކަ ދެއްކުމަށްފަހު ވަކި ދުވަހެއް ކަނޑައަޅާގޮތަށް ޖަމްއިއްޔާގެ މާލޭ ދާއިރާއިން ވަނީ ހަމަޖައްސާފައެވެ.
މެންބަރުންގެ ވިސްނުން ބޮޑަށް ހުރީ ދިގު މުއްދަތަކަށް މިޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށެވެ. އެއީ އެއްދުވަހެއްގަ ގިނަ މެމްބަރުންނަށް ލޭދިނުމަށް ނާދެވޭނީތީއެވެ. މުއްދަތެއް ކަނޑައަޅާނީ ލޭ ހަދިޔާ ކުރަން ތިބި މީހުންގެ ލިސްޓެއް އެކުލަވާލެވުމުންނެވެ.
މިއީ ޖަމްއިއްޔާގެ މަޤްޞަދުތައް ފުރިހަމައަށް ހާޞިލްކުރުމަށާއި، ކުޅިވަރުގެ އިތުރުންވެސް ޤައުމީ ފެންވަރުގައި ޖަމްއިއްޔާއަށް ކޮށްދެވޭނެ ކަންތައްތައް ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

ލިޔެސް ޖަމްއިއްޔާއިން ދަނޑުވެރިކަމުގެ ކޯހެއް ފަށާ، ޑްރަގާ ދެކޮޅަށް މަސައްކަތް ފަށަނީ
.
ޚަބަރު: ޙަފްޞީ ޢަބުދުﷲ


ލަންދޫގައި މިހާރު ހަރަކާތްރިވަމުން އަންނަ ލިޔެސް ޖަމްއިއްޔާއިން ރަށަށް ދަނޑުވެރިކަން ތަޢާރަފްކޮށް ފުޅާކުރުމަށް ކޯހެއް ހިންގާގޮތަށް ހަމަޖައްސައިފިއެވެ. މާލޭ ދާއިރާއިން ހިންގާ މިކޯހުގައި ކިޔަވައިދޭނެ މީހަކު މިހާރު ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މަސައްކަތް ފެށުމުން ގަސްކާނާ ފޯރުވައިދޭނެކަމަށްވެސް ލަންދޫގެ ހެޔޮއެދޭ ފަރާތެއްކަމަށްވާ މާހާ މުހަންމަދު އަބދުﷲ ވަނީ ވިދާޅުވެފައެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިކަމަށް ޝައުޤުވެރިވާ ބަޔަކު ރަށުގައި ތިބިތޯ ބެލުމުގެ މަސައްކަތް ދާދިއަވަހަށް ފެށޭނެއެވެ.
މީގެއިތުރުން ލަންދޫގައިވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ކޮންމެވެސް ވަރަކަށް އުޅޭތީ މިކަން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރާގޮތަށް ޖަމްއިއްޔާގެ މާލޭދާއިރާއިން ވަނީ ހަމަޖައްސާފައެވެ.މިކަން ހުއްޓުވުމަށް ކުރާނެ ކަންތައްތަކެއްވެސް މިހާރުވަނީ އެކަށައަޅާފައެވެ. ޖަމްއިއްޔާގެ ހިންގާކޮމިޓީއާ މަޝްވަރާކުރުމަށްފަހު އެކަންތައްތައް ހާމަކުރާގޮތަށް މާލޭދާއިރާއިން ވަނީ ހަމަޖައްސާފައެވެ.

Saturday, 3 January 2009

މާފަރުސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސަވައިފި

ޚަބަރު: އަޙްމަދު ދާއޫދު



ދިރާސީ އައުއަހަރުގެ ކިޔެވުން ޖެނުއަރީ 11 ގައި ފެށޭއިރު ނ.މާފަރު ސްކޫލް މިއަހަރު މިފަށަނީ އަނެއްކާވެސް އައު ޕްރިންސިޕަލަކާއި އެކުގައި ކަމުގައި މާފަރުސްކޫލުން މަޢުލޫމާތުދެއްވައެވެ. މާފަރު ސްކޫލަށް އަލަށް ހަމަޖެއްސެވީ އަލްފާޟިލް އިޤްބާލު ޙަމީދު ފ.ނިލަންދޫ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. މަޖީދިއްޔާސްކޫލުން ތަޢުލީމް ޙާސިލްކުރެއްވި އިޤްބާލު ޅ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް މަސައްކަތް ކުރައްވާފައިވާކަމަށް އިޤްބާލުއާއި ޙަވާލާދީ މާފަރުސްކޫލުން މަޢުލޫމާތުދެއްވައެވެ.

އެކްޓިންގ އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައި މާފަރުސްކޫލަށް އިޤްބާލު ހަމަޖެއްސެވީ މިދިޔައަހަރު އެސްކޫލު ހިނގާދިޔަގޮތާއި މާފަރުގެ ގިނަބަޔަކު ހިތްހަމަނުޖެހި އެސްކޫލްގެ އިސްބައެއްބޭފުޅުންގެ ޝަކުވާތަކެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހަޅާފައިވުމާއި ގުޅިގެންނާއި، މިދިޔައަހަރުގެ ކުރީކޮޅު އެސްކޫލަށް އިސްވެރިއެއްގެ ގޮތުން ށ.ކޮމަންޑޫ ބޭފުޅަކު މިނިސްޓްރީއިން ހަމަޖައްސަވާ އެބޭފުޅާގެ އެކޮމަޑޭޝަނުގެ ކަންތައް މާފަރުން މާ އެދެވޭ ގޮތެއްގައި ހަމަނުޖެއްސިގެން އެބޭފުޅާ މާފަރުގައި ހުންނަވަން އުޛުރުވެރި ވެގެން ކަމަށް ޤަބޫލުކުރެވެއެވެ.
މިފަހަރު އާ ޕްރިންސިޕަލް ހުންނަވާނެ ގެއެއްގެ ގޮތުގައި މަހަކު -/3000 ރ. އަށް ހަމަޖެހިފައިވަނީ މާފަރު "ބަނދަރު" ( ކުރީގެ މާފަރުސްކޫލްގެ ސްޕަވައިޒަރ އަލްފާޟިލް އަޙްމަދު ޝުޖާޢު ) ގެ ކަމުގައި މާފަރު ސްކޫލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވޭނީ ރައްޔިތުން ނުކުމެގެންނެވެ

ލިޔުނީ : އަޙްމަދު ދާއޫދު


އަޅުގަނޑުމެންގެ މިމުޖްތަމަޢުއަކީ ނިސްބަތުން ވަރަށް މަދުމީސްކޮޅެއް ދިރިއުޅެމުންގެންދާ މުޖްތަމަޢުއެކެވެ. ތެދުތެދަށް ދަނަނަވަންޏާ ދެންނެވޭނީ މި މުޖްތަމަޢުގައި ނަގާކިޔާ މިއުޅެނީ ހަމަދެތިން ހަތަރު ޢާއިލާއެކެވެ. މުޅިރަށުގައިވެސް މިއުޅެނީ ހަމައެންމެ ޢާއިލާއެކޭ ވެސް ބައެއް ހާލަތްތަކުގައި ދެންނެވިދާނެއެވެ.

އެހާވެސް މީސްކޮޅުމަދުވެފާ އެކަކު އަނެކެއްގެ ދެނެގަތުމާއި އެއްބައިވަންނަތަކަން ބޮޑެވެ. އެހެންކަމަށްވާއިރު މިކުޑަކުޑަ މުޖްތަމަޢު އިން މަސްތުވާތަކެތިބޭނުން ކުރާމީހުންގެ ޢަދަދު ފުހެނުލެވި އެއްދުވަހުން އަނެއްދުވަހަށް އޭގެވަބާގައި ޖެހެމުންދާ ކުދިން އިތުރުވެގެންމިދަނީ ކީއްްވެގެންތޯ މިހާރު ވިސްނަންވެއްޖެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެ.
މިއަދު މަސްތުވާތަކެތީ ގެ މައްސަލައަކީ ހަމައެކަނި ވަކިރަށެއްގައި އޮތް މައްސަލައެއްނޫންކަންއަޅުގަނޑަށްވެސް އެނެގެއެވެ. މަސްތުވާތަކެތީގެ އުދަނގޫ ކޮންމެވެސް ގޮތަކުން ނުފޯރާ އެއްވެސް ދިވެއްސަކު ނުހުންނާނެއޭ މިއީ ވަރަށް ގިނަމީހުން މިހާރު ބުނަމުން ދާ ވާހަކައެކެވެ. ނަމަވެސް އަޅުގަނޑަށް ވިސްނޭގޮތުގައި މިކަމަކީ އެންމެން އެކުވެ އެކައްޗެއް ކިޔައިގެން މަސައްކަތް ކޮށްލަނިކޮށް ސަލާމަތް ވެވިދާނެ ވަބާއެކެވެ.
ކޮންމެރަށެއްގައިވެސް މަސްތުވާ ތަކެތި ބޭނުންކުރާމީހުންނަކީ މިއަދު ލޭބަލު ކުރެވި އެންމެންގެމެދުގައި ވަރަށްފާޅުކަންބޮޑުގޮތެއްގައި އެނގިގެންވާ ބައެކެވެ. ހަމައެކަނި ލަންދުއަށް ވިސްނާލަމާތޯއެވެ. މިރަށުގައި މަސްތުވާތަކެތި ބޭނުންކުރަނީ ކޮންކޮންމީސްމީހުންނެތްތޯ ކުޑަކުއްޖަކު ކައިރީގައި އަހާލިޔަސް ހަމަ ޖެހިލުމެއްނެތި ވަރަށް ފަސޭހައިން އެލިސްޓް ކިޔާލަދެއެވެ. އެހެން އެވަނީ އެކަން ކުރަނީ ޢާއްމުގޮތެއްގައި އެއްބަޔަކަށް ވެފައި ، ދެދުވަހުން އެއްދުވަހު ކަހަލަގޮތަކަށް "ބޮއެގެން" މުޅިރަށުގައި ( ރަށްކުޑައަށްލައިގެން )އެބަޔަކު އުޅެމުންދާތީ ނޫން ދެން އެހެން ކޮންސަބަބަކާ ހުރެބާއެވެ.
މިމީސްމީހުން މިއަދު މިތަކެތި ބޭނުންކޮށްގެން ވަރަށް މިނިވަންކަމާއި އެކު އުޅެމުންދާއިރު އެއްވެސް މީހަކަށް މިމީސްމީހުންގެ ޝަކުވާ ކަމާބެހޭ ފަރާތްތަކުގައި ކުރަންނުކެރުމަކީ ވެސް މިއަދު ހިތާމަކުރަންޖެހިފައިވާ ކަމެކެވެ. އަދި މަދުފަހަރެއްގައި ޝަކުވާއެއް ކުރިއަސް ތާކުންތާކުނުޖެހި ޝަކުވާ ކުރިމީހާގެ މުޅިދިރިއުޅުންވެސް ދުއްވާލާވަރުގެ ގެއްލުންތައް ދެމުން ދާކަމީވެސް ހިތާމަކުރަން ޖެހިފައިވާ ޙަޤީޤަތެކެވެ.
ކޮންމެރަށެއްގައިވެސް މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔާފާރިކުރާމީހުން އެނގިފާޅުވެގެންވާއިރު ރައްޔިތުންނުކުމެ އެފަދަމީހުން ހިފާ ފުލުހުންނާ ޙަވާލުކޮށްގެންގެންނޫނީ މިކަންހައްލުކުރޭވޭނެ އެއްވެސް ގޮތެއް ނެތެވެ. އެފަދަ މީހުންނަށް ފާޅުގައި ނޫނެކޭ ބުނުން ނޫން އެހެންއެއްވެސް ގޮތެއްނެތެވެ. މައިންބަފައިންނާއި ބަލަދުވެރިންވެސް އެމީހުންގެދަރިން މަސްތުވާތަކެތި ބޭނުންކުރާކަމަށް ލޭބަލުކުރެވިފައިވާ މީހުންގެ ގާތަށް އެކުދިން ދިޔަނުދީ ހިފެހެއްޓުންނޫން ގޮތެއްނެތެވެ.
އެންމެން އެކައްޗެއް ކިޔާ ބިރުކަނޑާލައިފާ ނުކުމެގެންނޫނީ މިކަމެއް ހައްލެއްނުވާނެއެވެ.

ކެމްޕޭނު ދަތުރެއްގައި އަޝްރަފް ލަންދުއަށް ވަޑައިގެންފި


ޢާއްމުއިންތިޚާބުގެ ކުޑަފަރި ހިމެނޭ ޒޯނަށް ކުރިމަތިލައްވާނެކަމަށް ކުރިންވެސް ވަރަށް ގިނަބަޔަކު ޤަބޫލުކުރަމުން އައި ކުޑަފަރި އަޝްރަފް ޢަބުދުއްރަޙީމް ކެމްޕެއިން ދަތުރެއްގައި ލަންދުއަށް ވަޑައިގެންފިއެވެ. މިއިންތިޚާބުގައި ލަންދޫއިން ވެސް ދެބޭފުޅަކު ކުރިމަތިލައްވާނެކަމަށް އިޢުލާން ކުރައްވާ މިހާތަނަށް ވަނީ ކެމްޕެއިން ކުރައްވާފައެވެ.

ލަންދޫ މާހާ މުހައްމަދު ޢަބުދުﷲ (ތާކިހާމުޙައްމަދު) އާއި ލަންދޫ ލޯކަށި އިބްރާހީމް ޙުސައިން ( ލަންދޫ އިބްރޭ ) ލަންދޫއިން ކުރިމަތިލެއްވިޔަސް އަޝްރަފް މެންކަހަލަ މަޝްހޫރު ބޭފުޅުންނަށް ލަންދޫއިން ފުދޭވަރެއްގެ ގިނަޢަދަދެއްގެ ވޯޓުލިބިދާނެކަމަށް ބެލެވެއެވެ. ސަބަބަކީ އަޝްރަފްގެ ޢާއިލާއަށް ނިސްބަތްވާ ބައެއްމީހުން ލަންދޫގައި ވެސް ތިބިކަމެވެ.
ލަންދޫއިން ދެބޭފުޅުން ކުރިމަތިލައްވާ އިރު ކޮންމެމީހަކުވެސް ރަށުމީހާއަށް އިސްކަންދިނުމުކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ސަބަަބަކީ މާޒީގައި ކަންކަން ވެގެންގޮސްފައިވާ ގޮތަށްބަލާއިރު މަޖްލީހުން ގޮޑިއެއްގައި އިށީދެވިއްޖެނަމަ ދެން ގިނަފަހަރަށް ކައިރީގައި އުޅުން މީހުން އޮންނަނީ ހަނދާންނެތި މުޅިން އެހެންބަޔަކު ގާތްވެފައެވެ.
ރަށުމީހަކު ހޮވިއްޖެނަމަ ހަމަގައިމުވެސް ރަށުގެ ނަން މެމްބަރުގެ ނަމުގެ ކުރިއަށް އަންނާނެއެވެ.