ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 20 November 2008


ވަތަނިޔާގެ އެންޓަނާ ޖެހުމަށް ބިން ސާފުކުރަން ފަށައިފި


ލިޔުނީ : މޫސާ ހުސެއިން ( މިހާސް ) / ނ. ލަންދޫ



ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ މޯބައިލް ފޯނުގެ ޚިދުމަތް ދޭންފެށި މުއާސަލާތީ ކުންފުނިކަމުގައިވާ ވަތަނިޔާއިން މިރަށުގައި ޖެހުމަށް ހަމަޖެހިފައިވާ އެންޓަނާ ދަޑި ޖެހުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ޢަމަލީގޮތުން މިއަދު ފަށައިފިއެވެ.
މިރަށު ސަހަރާގެ އިރުމަތީ ކޮޅު ، އުތުރުފަރާތު ކަނާ ދިމާލުން މަގުގެ އަނެއްފަރާތުގައި ( ބެރިބެދި ގަސް ދޮށަށް ވާގޮތައް ) ބެހެއްޓުމަށް ހަމަޖެހިފައިވަނީ ވަތަނިޔާއިން ހަރުކުރާ ދެވަނަ ސައިޒުގެ އެންޓަނާ ދަޑިއެއް ކަމުގައި ލަންދޫ އިންފޯއަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިއެއްޓަނާ ބެހެއްޓުމަށްޓަކައި ވަތަނިޔާއަށް ދޫކުރެވިފައިވަނީ 50 ފޫޓް 40 ފޫޓް ގެ ސަރަހައްދެއް ކަމަށާއި އަދި އެންޓަނާ ހަރުކުރުމަށްޓަކައި އަޅާބުޑުގެ ބޮޑުމިނަކީ 33 ފޫޓް 33 ފޫޓް ކަމަށްވެސް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވެއެވެ.


މި އެންޓަނާގެ ބުޑު އެޅުމަށްޓަކައި ބޭނުންވާ ހުރިހާ ސާމާނެއް މިނެގޭ ހަފުތާގެ ތެރޭގައި ރަށަށް ގެނެވޭނެ ކަމުގައިވެސް އަޅުގަނޑުމެނަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި އެންޓަނާ ހަރުކޮށް ހުރިހާ މަސައްކަތެއް ނިމިމިއެންޓަނާގެ ބޭނުން ކުރިޔަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ވަތަނިޔާގެ ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ވަތަނިޔާއިން މަޢުލޫމާތު ދެއްވައެވެ.
މިއީ މިޚިދުން މިހިދަށްވެސް އަޅުގަނޑުމެން ނުހަނު ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއްކަން ފާހަގަކޮށް ރާއްޖޭގެ މުޢާޞަލާތީ ޚިދިދުމަތް ކުރިއެރުވުމަށް ވަތަނިޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ވަތަނިޔާއަށް ޝުކުރުވެރި ވަމެވެ.

0 ޚިޔާލު: