Friday, 21 November 2008
ރަސްމީކޮށް ޕްރެކްޓިސް ފަށައިފި
ލިޔުނީ : ގޮމަ
ލަންދޫގެ ތާރީޙް ގައި މިހާތަނަށް ބޭއްވޭނެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތައްޓަކައި މި މުބާރާތުގައި ވާދަކުރާ ޓީމްތަކުން ރަސްމީކޮށް އިއްޔެ ޕްރެކްޓިސް ފަށައިފިއެވެ.
" ލިޔެސް ހޮލިޑޭކަޕް " އަށް ޕްރެކްޓިސް ކުރުމަށްޓަކައި ލަންދޫގެ ރަސްމީ ބޯޅަ ދަނޑު މިހާރުވަނީ ވަކި ތާވަލްއެއްގެ މަތިން ޓީމްތަކުގެ މެދުގައި ބެހިފައެވެ. މިގޮތުން ކޮށްމެ ދުވަހަކުވެސް ދެޓީމަކަށް ދަނޑު ލިބިގެން ދާނެއެވެ.
ރަސްމީކޮށް ޕަރެކްޓިސް ފެށުމުގެ ގޮތުން އިއްޔެ ޕްރެކްޓިސް ކޮށްފައިވަނީ " އެފް. ސީ އޮކާޗީ " އާއި " ވެލޯސިޓީ " ޓީމެވެ. މިދެޓީމް ޕްރެކްޓިސް ކޮށްފައިވަނީ ޕްރެކްޓިހަށް ޙާއްޞަ ކުރެވިފައިވާ ޖާރޒީ ބައެއްގައެވެ. މިއީ ލަންދޫގެ ތާރީހް ގައި މިފެންވަރުގައި ރަށުގައި ބޭއްވޭ މުބާރާތަކަށްޓަކައި ޓީމްތައް ދުރާލައި ފަރިތަކުރަން ފެށި ފުރަތަމަ ފަހަރުވެސް މެއެވެ.
މީގެ އިތުރުން ޓީމްތަކުން މިހާރު އަންނަނީ ޓީމްތަކަށް ސަޕޯރޓަރުން ހޯދުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ބައެއް ގޭގޭގެ ފާރުތަކުގައި ޓީމްތަކުގެ ލޯގޯ ކުރެހުމާއި ، ގޭގޭގައި ދިދަ ނެގުންފަދަ ކަންތައްތައް މިހާރު އަންނަނީ ކުރެވެމުންނެވެ.
ބައެއްޓީމްތަކުން މިހާރު ތައްޔާރު ވަމުން އަންނަނީ މުބާރާތައް ތަޖުރިބާ ހޯދުމަށްޓަކައި ، ބައެއްރަށްރަށުގެ ޓީމްތައް ރަށަށް ގެނެސް ޕްރެކްޓިސް މެޗުތަކެއް ޖެއްސުމަށެވެ

ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment